ސީސީ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތް: ފިނޮޅާއި ރޯޔަލްގެ ފެށުން ރަނގަޅު

Aug 24, 2024, 7:19 PM
ޯރޯޔަލް އާއި އަަވަނި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ރައްޔާން ފޮޓޯސް

ޯރޯޔަލް އާއި އަަވަނި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ރައްޔާން ފޮޓޯސް

ބ. އޭދަފުށީގެ ކްލަބް ކޮމްބިނޭޝަން (ސީސީ) އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި ފިނޮޅު މޯލްޑިވްސް އާއި ރޯޔަލް އައިލެންޑް ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެ އެވެ.

ހަ ރިސޯޓް ވާދަކުރާ މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅެވުނެވެ. އެ ގޮތުން އަށް އޯވަރަށް ކުޅޭ މި މުބާރާތުގައި، މިއަދުގެ މެޗުތަކުގައި ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެެވެ.

މިއަދު ފުރަތަމަ ކުޅުނީ، ފިނޮޅު ކުޅޭނީ އަނަންތަރާއާ އެވެ. އަނަންތަރާ އިން ވަނީ އަށް އޯވަރުގެ ތެރޭ، ހަ ވިކެޓަށް 96 ލަނޑު ހަދައިފަ އެވެ. ފިނޮޅު މޮޅުވީ އަށް އޯވަރުގެ ތެރޭގައި، ހަތަރު ވިކެޓަށް 131 ލަނޑު ހަދައިގެން، 35 ލަނޑުންނެވެ. މިއީ، މި ފަހަރުގެ މުބާރާތުގެ އިނިންސެއްގައި މިހާތަނަށް އެންމެ ރަނގަޅު ސްކޯ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިނޮޅުގެ ޖަޔަސަންތާ އެވެ.

ދެ ވަނަ މެޗަކީ ގްރޫޕް ބީގެ މެޗެކެވެ. ބައްދަލުކުރީ، ރޯޔަލް އައިލެންޑް އާއި އަވަނި+ފަރެސް އެވެ. ރޯޔަލް އިން 27 ލަނޑުން މި މެޗު ކާމިޔާބުކުރިއިރު، އަށް އޯވަރުގެ ތެރޭގައި، ފަސް ވިކެޓަށް 114 ލަނޑު ހެދި އެވެ. އަވަނި އަށް އަށް އޯވަރުގެ ތެރޭގައި ހަތަރު ވިކެޓަށް ހެދުނީ، 87 ލަނޑެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކީ، ދެ އޯވަރުން ތިން ވިކެޓް ނެގި، އަވަނީ ޓީމުގެ ތައުފީގު އެވެ.

މުބާރާތުގައި މާދަމާ ފުރަތަމަ 15:00 ގައި ދުސިތު ކުޅޭނީ ރޯޔަލްއާ އެވެ. ދުސިތު ވަނީ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ސޮނޭވާފުށި ބަލިކޮށްފަ އެވެ. މާދަމާ، 16:30 ގައި ފަށާ މެޗުގައި، މިލައިދޫ ކުޅޭނީ ފިނޮޅުއާ އެވެ. މިލައިދޫ ވަނީ ފުރަތަމަ މެޗުގައި އަމިއްލަ މޯލްޑިވްސް އަތުން ބަލިވެފަ އެވެ.

މި މުބާރާތަކީ ނިސްބަތުން ރިސޯޓް ގިނަ އަތޮޅެއް ކަމަށްވާ ބ. އަތޮޅުގައި ރިސޯޓްތަކުގެ މެދުގައި ބޭއްވޭ ހަމައެކަނި ކްރިކެޓް މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox