ޖޮއާއޯ ފެލިކްސް ޗެލްސީ އަށް، ގެލަގާގެ ޑީލް އެތުލެޓިކޯ އަށް ނިންމާލެވޭނެ

Aug 20, 2024, 4:19 AM
ޖޮއާއޯ ފެލިކްސް ޗެލްސީ އަށް، ގެލަގާގެ ޑީލް އެތުލެޓިކޯ އަށް ނިންމާލެވޭނެ

ލަންޑަން (އޮގަސްޓް 20) - މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ކުޅުނު ޕޯޗުގީސް އެޓޭކަރު، ޖޮއާއޯ ފެލިކްސް ގަންނަން އެތުލެޓިކޯ މެޑްރިޑާ އެކު އަގަކަށް ޗެލްސީން އެއްބަސްވިއިރު، ޗެލްސީގެ ކޮނާ ގެލަގާ، އެތުލެޓިކޯ އަށް ވިއްކާލުމުގެ ޑީލް ނިންމަން ފުރުސަތު ފަހިވެއްޖެ އެެވެ.

މީގެ 10 ވަރަކަށް ދުވަސް ކުރިން، ގެލަގާ ވަނީ އޭނާގެ އޭޖެންޓާ އެކު، މެޑްރިޑަށް ދަތުރުކޮށްފަ އެވެ. އެއީ، 40 މިލިއަން ޑޮލަރުގެ ޑީލެއްގައި އެތުލެޓިކޯ އަށް ބަދަލުވާށެވެ. ފަސް ދުވަހު، މެޑްރިޑްގައި މަޑުކުރުމަށް ފަހު، ގެލަގާ، އެނބުރި ޗެލްސީ އަށް އަންނަން ޖެހުނީ، އެތުލެޓިކޯ އާއި ޗެލްސީގެ މެދުގައި އެއްބަސްވާން ޖެހޭ ކަންކަން ހަމަނުޖެހި ހުރުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ގެލަގާ، އެތުލެޓިކޯ އަށް ބަދަލުވުމުގެ ކަންކަން ހުއްޓުނީ، ޗެލްސީން އެތުލެޓިކޯގެ ފޯވާޑް ސަމޫ އޮމޮރޮޑިއޯންގެ ގަންނަން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ޗެލްސީ އާއި އެތުލެޓިކޯ އިން ނިންމީ ގެލަގާ އާއި އޮމޮރޮޑިއޯންގެ ޑީލުގެ ލިޔެކިޔުންތައް އެކުއެކީގައި ނިންމަން ކަމުގައިވާއިރު، ފަހު ވަގުތު އޮމޮރޮޑިއޯން ބޭނުންވާ ކަންތައްތަކެއްގެ ޔަގީންކަން ޗެލްސީ އަށް ނުދެވުމުން އެ ޑީލް ހުއްޓުނީ އެވެ. އަދި އޭގެ އަސަރު ގެލަގާގެ ޓްރާންސްފާ އަށް ވެސް ކުރީ އެވެ.

ގެލަގާގެ ޑީލް ނިންމުމަށް އޮތް ފުރުސަތަކީ، ޖޮއާއޯ ފެލިކްސް ޗެލްސީ އަށް ވިއްކާލާ ޑީލްގެ ތެރެއިންނެވެ. ރިޕޯޓްތައް ބުނާގޮތުން، އެތުލެޓިކޯ އާއި ޗެލްސީން ވަނީ 40 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ފީ އަކަށް ޖޮއާއޯ ފެލިކްސްގެ ޑީލް ކުރިއަށްގެންދަން ނިންމައިފަ އެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް މީގެ ކުރިން ކުޅުނު ޖޮއާއޯ ފެލިކްސް، ޗެލްސީއާ އެކު، ހަ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ގެލަގާ، އެތުލެޓިކޯއާ އެކު ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދަން ވަނީ ތައްޔާރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox