ކޮމްޕެނީގެ ފުރަތަމަ މެޗުން ބަޔާނަށް ފަސޭހަ މޮޅެއް

Aug 17, 2024, 4:54 AM
ކޮމްޕެނީގެ ފުރަތަމަ މެޗުން ބަޔާނަށް ފަސޭހަ މޮޅެއް

މިއުނިކް (އޮގަސްޓް 17) - ވިންސެންޓް ކޮމްޕެނީގެ ކޯޗުކަމުގައި ބަޔާން މިއުނިކުން ކުޅުނު ފުރަތަމަ މެޗުގައި، ޖަރުމަނު ކަޕުން ބަޔާނުން އުލްމް އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

މިދިޔަ ސީޒަނުގައި ބާންލީ އަށް ކޯޗުކޮށްދިން މެންޗެސްޓާ ސިޓީގެ ކުރީގެ ކެޕްޓަން، ކޮމްޕެނީ، ބަޔާނާ ހަވާލުވީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެެވެ. ޕްރީ ސީޒަނުގައި ބަޔާނުން ވަނީ ކޮމްޕެނީއާ އެކު، ޖުމްލަކޮށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޖަރުމަނު ކަޕްގައި ރޭ ދެ ވަނަ ޑިވިޝަންގެ އުލްމްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާނުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފައިވެ އެވެ.

Advertisement

ބަޔާނުން ވަނީ ފުރަތަމަ 15 މިނިޓް ތެރޭ ދެ ލަނޑު ޖަހައިފަ އެވެ. މި ލަނޑުތައް ޖެހީ ތަޖުރިބާކާރު ފޯވާޑް، ތޯމަސް މުލާ އެވެ. މުލާގެ ދެ ވަނަ ގޯލަަށް ފުރުސަތު ތަނަވަސްކޮށްދިނީ ސާޖް ގްނާބްރީ އެވެ. މެޗުގައި ބަޔާނުން ޖެހި އަނެއް ދެ ގޯލު ޖެހީ މެޗުގެ ފަހުކޮޅުގަ އެވެ.

މެޗުގެ 79 ވަނަ މިނިޓްގައި ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ކިންގްސްލީ ކޯމަން އެެވެ. މިއީ ބަޔާނާ މި ފަހަރު ކުޅުނު މައިކަލް އޮލީސޭ ދިން ބޯޅައަކުން ކޯމަން ޖެހި ގޯލެކެވެ. އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ބަޔާންގެ ފަހު ގޯލު ޖެހީ ހެރީ ކޭން އެވެ. މި ލަނޑު ޖަހަން ފުރުސަތު ހޯދައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މުލާ އެވެ.

މިދިޔަ ސީޒަނަކީ ބަޔާނުން 2012 ވަނަ އަހަރުގެ ފަހުން، ތަށްޓެއް ނުހޯދައި ސީޒަނެއް ނިންމާލި ފުރަތަމަ ފަހަރެވެ. ބަޔާނަށް 2019-20 ވަނަ ސީޒަނުގެ ފަހު، ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލް ފަހަނައަޅައި ދެވޭގޮތެއްނުވެ އެވެ. އެހެންކަމުން، މި ފަހަރު އެ ޓީމާ ހަވާލުވެ، ކޮމްޕެނީ އަށް މި އޮތީ ޗެލެންޖިން މަސައްކަތެކެވެ.

ބަޔާނާ ދެކޮޅަށް ކުޅުނު އުލްމް ވަނީ މިދިޔަ ސީޒަނުގައި ދެއްކި ކުޅުމާ އެކު، 23 އަހަރު ފަހުން، ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox