ޕެރަލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ ރައްޒާގާއި ފާތުން

Aug 16, 2024, 4:55 AM
މިދިޔަ އަހަރުގެ އައިއޯއައިޖީގައި މެޑަލް ހޯދުމަށް ފަހު ފާތުން އާއި ރައްޒާގު، އެ ދެ އެތުލީޓުންގެ ގައިޑްރަނާސްއާ އެކު.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މިދިޔަ އަހަރުގެ އައިއޯއައިޖީގައި މެޑަލް ހޯދުމަށް ފަހު ފާތުން އާއި ރައްޒާގު، އެ ދެ އެތުލީޓުންގެ ގައިޑްރަނާސްއާ އެކު.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

މި މަހު ފްރާންސްގެ ޕެރިހުގައި ކުރިއަށްގެންދާ ޕެރަލިމްޕިކްސްގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ފާތިމަތު އިބްރާހިމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު ހޯދައިފި އެވެ.

އެންމެ ފަހުން، ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ، ރައްޒާގާއި ފާތުން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ، މި ދެ އެތުލީޓުންނަށް، ޕެރިހުގައި ކުރިއަށްދާ ޕެރަލިމްޕިކްސްގެ ފުރުސަތު ލިބުނީ، ރާއްޖޭގެ ރޭންކިން އަށް ބަލާއިރު ކުރީގައި އޮތުމުންނެވެ.

މިއީ، ފާތުންގެ ދެ ވަނަ ޕެރަލިމްޕިކްސް އެވެ. އެ ގޮތުން، މީގެ ކުރިން، ޖަޕާނުގެ ޓޯކިޔޯގައި 2021 ގައި ބޭއްވި ޕެރަލިމްޕިކްސްގައި ފާތުން ވާދަކޮށް، ރާއްޖޭގެ ކުޅިވަރު ތާރީހުގައި، ފުރަތަމަ ފަަހަރަށް ޕެރަލިމްޕިކްސްގައި ވާދަކުރި ޓީމުގައި ހިމެނުމުގެ ޝަރަފް ހޯދި އެވެ.

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، އެތުލެޓިކްސްގެ ޓްރެއިނިން ހަދަން ފެށި، ރައްޒާގު ފުރަތަމަ ފަހަރަށް ގޭމްސްއެއްގައި ވާދަކުރީ، މިދިޔަ އަހަރު މަޑަގަސްކަރާގައި ބޭއްވި އައިއޯއައިޖީގަ އެވެ.

އައިއޯއައިޖީގައި ވާދަކޮށް ހޯދި ކާމިޔާބީ އަށް ފަހު، ރައްޒާގާއި ފާތުން ވަނީ މުޖުތަމައު އަށް މުހިންމު މެސެޖެއް ދީފަ އެވެ. އެއީ، އެ ދެ އެތުލީޓުން ފަދަ އިތުރު ހުނަރުހުރި އެތުލީޓުން އެކިއެކި ކުޅިވަރުތަކަށް ނެރެ، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ދޭ މިންވަރު އިތުރުކޮށްދިނުމަށެވެ.

ޕެރިހުގައި މި ފަހަރުގެ ޕެރަލިމްޕިކްސް ކުރިއަށްދާނީ އޮގަސްޓް 28 އިން ސެޕްޓެމްބަރު 8 އަށެވެ. ރާއްޖޭގެ ކޮންޓިންޖެންޓް ފުރަން ހަމަޖެހިފައިވަނީ، މި މަހުގެ 20 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox