ރިޒާންގެ ކުޅުމާއި އަމްޕަޔަރުކަމުގެ ކެރިއަރުގެ ދުވެލި އެކުގައި، ފަހަތުގައި ބޮޑު އުންމީދެއް

ރިޒާންގެ ކުޅުމާއި އަމްޕަޔަރުކަމުގެ ކެރިއަރުގެ ދުވެލި އެކުގައި، ފަހަތުގައި ބޮޑު އުންމީދެއް

އާންމު ގޮތެއްގައި ކުޅުމުގެ ކެރިއަރު ކުރިއަށްގެންދަމުން، ކުޅުންތެރިއަކު މަގުކޮށާ އެއް ކަމަކީ، ކޯޗިން އަށެވެ. އެއީ ވެސް، ކެރިއަރުގެ ފަހު އަަހަރުތަކުގައި ވިސްނަން ފަށާ ކަމެކެވެ. އެކަމަކު، ގައުމީ ކްރިކެޓް ޓީމުގެ އިބްރާހިމް ރިޒާންގެ ކެރިއަރު ރަނގަަޅަށް ނުފެށެނީސް ވެސް، އޭނާ އިހުތިޔާރުކުރީ ތަފާތު މަގެެކެވެ. ތަފާތު ސަބަބެއް އޮތުމާ އެކު ކުޅުމުގެ ކެރިއަރާ އެކު އަމްޕަޔަރަކަށްވާން ވެސް ނިންމީ އެވެ. މިހާރު، ރިޒާން އެ ހުރީ އަމްޕަޔަރުކަން ކުރުމުގެ ތެރެއިން އެ ހުރީ ހަރުފަތަކަށް ފަހު ހަރުފަތެއް ފަހަަނައަޅައި، ތަފާތު ހިސާބެއްގަ އެވެ.

ދާދި ފަހުން، ރިޒާން ވަނީ މެލޭޝިއާގައި ކުރިއަށްދިޔަ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ އަމްޕަޔަރު ޓިއުޓާ ކޯސް، ލެވަލް ވަން ފުރިހަމަކޮށްފަ އެވެ. އޭނާ އަކީ މި ވަގުތު ކުޅުމުގެ ކެރިއަރު ކުރިއަށް ގެންދިއުމުގައި ސާބިތުވެ ހުރެ، މި ކޯސް ފުރިހަމަ ކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

އައިސީސީގެ އަމްޕަޔަރުކަމުގެ މި ސެޓްފިކެޓް ލިބުމާ އެކު، ރިޒާން އަށް ރާއްޖޭގައި، އަމްޕަޔަރު ޓްރެއިނިން ކޯސް ކުރިއަށް ގެންދެވޭނެ އެވެ.

ރިޒާން (ވ) މެޗެއްގެ ތެރެއިން އަމްޕަޔަރުކަން ކުރަނީ.--- ފޮޓޯ: ސީބީއެމް

މި މަހު 30 ވަނަ ދުވަހު އުމުރުން، 27 އަހަރު ފުރޭ ރިޒާން، "އަދަދު ސްޕޯޓްސް" އަށް ބުނީ، އޭނާ އަމްޕަޔަރު ކުރާތަން މިހާރު ޔަގީނުން ވެސް 10 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. މާނަ އަކީ، އުމުރުން، 17 އަހަރުގައި، އޭނާ އަމްޕަޔަރުކަން ކުރުން ފެށިފައިވާ ކަމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން މައުލޫމާތު ދޭ ގޮތުގައި، 2010 ވަނަ އަހަރުން ފެށިގެން، ރިޒާން އަކީ އެކްޓިވް އަމްޕަޔަރެކެވެ. އެހެންކަމުން، އަމްޕަޔަރުކަން ކުރުމުގެ ފާސް ރިޒާނަށް ލިބިފައި މި ވަނީ، އޭނާގެ ޔޫތު ކެރިއަރު ދުވަސްވަރުގަ އެވެ.

ކެރިއަރު ފެށުުނު ގޮތާ ބެހޭގޮތުން ރިޒާން ބުނީ، އެކަން ވެސް ދިމާވީ ކުޅުމުގެ ތެރެއިން ކަމަށެެވެ.

"އިންޓްރެސްޓް (ޝައުގުވެރިކަން) އުފެދުނީ ހަމަ ކުޅުމުގެ ތެރޭގައި، އަސްލު ބޭނުންވީ (ކްރިކެޓްގެ) ގަވާއިދު އެނގެން، މި ކުޅޭ ކުޅިވަރަކީ ކިހިނެއްވާ އެއްޗެއްތޯ، ފަންޑަމެންޓަލްސް އެނގެން ބޭނުންވީ، ހުރިހާ ގަވާއިދެއް އެނގޭ ކުޅުންތެރިޔާ އަށް ވާން އަސްލު ބޭނުންވީ، އެގޮތަށް އިންޓަރެސްޓްވީ، ދެން، އޭގެއިން ލޯސް (ގަވައިދުތައް) އެނގެން ބޭނުންވީ،" ގައުމީ ޓީމުގައި ހިމެނިގެން އެކި މުބާރާތްތަކުގައި ކުޅެފައިވާ ރިޒާން ބުންޏެވެ.

ޝައުގުވެރިކަން ހުރުމާ އެކު، ރާއްޖޭގައި ބޭއްވި އަމްޕަޔަރު ކޯހެއްގައި ބައިވެރިވާން ރިޒާން ނިންމީ ވެސް ސަބަބުތަކެއް ހުރުމުންނެވެ. އަދި ރިޒާންގެ އަމިއްލަ ނަފްސާ މެދު މީހެއް ކުރި އިތުބާރަކާއި ޔަގީންކަމަކާ އެކު އެވެ.

"މިތާގަ ބޭއްވި އަމްޕަޔަރު ކޯހަކަށް އެޕްލައި ކުރި ހިސާބުން، ކުމާރު އޭރު ހުންނާނީ، ކިޔަވައިދޭން، ކުމާރު ދެން ބުނީ، ރިޒާންގެ އެބަހުއްޓޭ އެ ޓެލެންޓް، އަމްޕަޔަރުކަން ކުރުމުގެ،" ރިޒާން ކިޔައިދިނެވެ.

ރިޒާން: ރާއްޖޭގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ޒުވާން އަމްޕަޔަރު.--- ފޮޓޯ: ސީބީއެމް

"ވަރަށް ޕޭޝަންސް، ހަމްބަލް މީހެއްތާ އަމްޕަޔަަރަކީ، ދެން ރުޅި އައިސް ހުންނަން ޖެހޭ މީހެއް ނޫން، ރުޅި އަންނަ މޫމަންޓްސްތަކުގައި ކުޅުންތެރިން ކާމް ކުރާ މީހެއް ކަހަލަ ގޮތަކަށޯ ިރިޒާން ފެންނަނީ، ދެން، ޕްރެޝަރު ހާލަތްތަކުގައި ރިޒާން ވަރަށް ރަނގަޅަށޭ ހޭންޑަލް ކުރަނީ. ދެން، އޭނަ (ކުމާރު) ވަރަށް ބޮޑު ރޯލެއް އަދާކުރި އަސްލު، އަމްޕަޔަރިން އަށް ރިޒާން ގެންދަން،"

ކްރިކެޓަށް އެކި ގޮތްގޮތުން މިހާރު ވެސް ހިދުމަތްކޮށްދެމުން އަންނަ ރިޒާން ވަނީ، އެކި ފޯމެޓްތަކުގެ މުބާރާތްތަކުގައި އަމްޕަޔަރުކަން ކޮށްފަ އެވެ.

"ބޭނުންވި، އެންމެ ޔަންގް، ލެވަލް ޓޫ ނިންމާ އަމްޕަޔަރަށް ވާން، ލެވަލް ޓޫ އަށް ދިޔައިރު، ޕާކިސްތާނަށް ދިޔައިރު، 2019 ހެން ހަނދާން ވަނީ، އެ ބޭނުންވި އެކަން ކުރަން، ލެވަލް ވަންގެ ޓިއުޓާ ކޯސް މި ހެދީ މެލޭޝިއާ އިން. ބޭސިކް ލެވަލް ވަން، އޭސީސީ/އައިސީސީ ލެވަލް ވަން، ލެވަލް ޓޫ، ލެވަލް ޓޫ އޮންނަ މީހަކަށް މި ލިބެނީ، ޓިއުޓާ ކޯހުގެ ލެވަލް ވަން އަށް ދާން. ލެވަލް ވަން ޓިއުޓާ ކޯސް ނިންމާ މީހުންނަށް އެޑްވާންސް އެއްޗަށް ދެވޭނީ. ރާއްޖޭގެ ބޭސިކް ލެވަލް ވަންގެ (އަމްޕަޔަރު) ޓްރެއިނިން ކޯސް މިހާރު ދެވޭނެ،" ރިޒާން ބުންޏެވެ.

ވަރަށް ޒުވާން އިރުގައި، އަމްޕަޔަރުކަމުގެ ކެރިއަރު ފެށުމަކީ ރިޒާނަށް ލިބިފައިވާ ވަރަށް ބޮޑު ހިތްހަަމަ ޖެހުމެކެވެ. ރަސްމީކޮށް ކުޅެމުން ކްރިކެޓްގެ ތެރެއިން ކުރިއަށްދާން ފުރުސަތެއް ހޯދުމަކީ ހަގީގަތުގައި ދިގު މުއްދަތަކަށް ކްރިކެޓަށް ހިދުމަތް ކުރުމުގެ ޝައުގު ހުރުމުން ރިޒާން އަށް ހާސިލްކުރެވުނު ކަމެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox