ކިއޭސާ ހިމެނެނީ ޔުވެންޓަސް އިން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި

Aug 4, 2024, 10:35 AM
ކިއޭސާ ހިމެނެނީ ޔުވެންޓަސް އިން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި

ޓިއުރިން (އޮގަސްޓް 4) - ޔުވެންޓަސް އަށް ކުޅެމުން އަންނަ އިޓަލީ ގައުމީ ޓީމުގެ ވިންގް، ފެޑެރީކޯ ކިއޭސާ، އެ ޓީމުން ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި ހިމަނައިފި އެވެ.

ކިއޭސާ، 26، ގެ ކަކުލަށް މީގެ އަހަރެއް ކުރިން، ލިބުނު އަނިޔާ އަކާ ހެދި ކުޅުމާ ދުރުގައި ވެސް އަހަރެއްހާ ދުވަހު ހުންނަންް ޖެހުނެވެ.

އިޓަލީން 2020 ޔޫރޯ ކާމިޔާބުކުރިއިރު ތަފާތު ދެއްކި ކިއޭސާ، އަލުން ކުޅުމަށް އެނބުރި އައިސް، ކުރިން ދައްކަމުން އައި ލެވަލްގެ ކުޅުމެއް ދެއްކިފައިނުވެ އެވެ. ޔުވެންޓަސްގައި ކިއޭސާގެ މުސްތަގުބަލާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ.

ޔުވެންޓަސްއާ ހަވާލުވި އާ ކޯޗު ތިއާގޯ މޮޓާ ވަނީ، އެންމެ ފަހުން ކުޅުނު ޕްރީ ސީޒަން މެޗުގެ ސްކޮޑުގައި ކިއޭސާ ނެތީ، އޭނާ އަކީ ޓީމުގެ ކުރިއަށް އޮތް ޕްލޭނުގައި ނުހިމެނޭ ކުޅުންތެރިއެއް ކަމަށް ވުމުންކަން ހާމަކޮށްފަ އެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓްސްއާ އެކު ކޮންޓްރެކްޓް ހަދާފައިވާ ކިއޭސާ އަށް އިނގިރޭސި ދެ ކްލަބެއްގެ ޝައުގުވެރިކަން އެބަހުއްޓެވެ. އޭގެ ތެރެއިން، ކިއޭސާ އަށް ބިޑްކުރާނެ ކަމަށް ބެލެވެނީ، އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް އިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކިއޭސާ ވިއްކާލަން ޔުވެންޓަސް އިން 30 މިލިއަން ޑޮލަރުގެ ފީ އަކަށް ޑިމާންޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެެވެ.

އިޓަލީގެ މީިޑިއާ ރިޕޯޓްތައް ބުނާގޮތުން، ކިއޭސާ އަށް ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގުގެ) ކްލަބަކުން އޮފާއެއް ލިބުނަސް އެ ގަބޫލުކުރަން ކިއޭސާ ބޭނުމެއް ނުވެ އެވެ. ސަބަބަކީ، ޔޫރަޕްގައި ފުޓްބޯޅަ ކެރިއަރު ކުރިއަށްގެންދަން ބޭނުންވުމެވެ.

ޖަރުމަނުގައި މި ފަހަރު ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކިއޭސާ ވަނީ އިޓަލީ ގައުމީ ޓީމަށް ކުޅެފަ އެވެ. ކިއޭސާ އަށް އިޓަލީގެ ޓީމެއްގެ އޮފާ ލިބުނަސް، ޔުވެންޓަސް އިން އެ ޑީލް ކުރިއަށްގެންދާނެ ކަމަށް ނުބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox