އަންޗެލޮޓީ ބުނަނީ ރެއާލަށް ޓްރާންސްފާ ބާޒާރު ނިމިފައިވާ ކަމަށް

Aug 1, 2024, 3:24 AM
އަންޗެލޮޓީ ބުނަނީ ރެއާލަށް ޓްރާންސްފާ ބާޒާރު ނިމިފައިވާ ކަމަށް

މެޑްރިޑް (އޮގަސްޓް 1) - ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް މިހާރު ޓްރާންސްފާ މާކެޓް ބަންދުވެފައިވާ ކަމަށާއި, އަންނަ ސީޒަނަށް އެ ކުލަބުން އިތުރު ކުޅުންތެރިޔަކު ނުގެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ރެއާލުން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވަނީ ހިލޭ އެއްބަސްވުމެއްގެ ދަށުން ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ސޮއި ހޯދައިފަ އެވެ. ރެއާލަށް އެމްބާޕޭ ބަދަލުވީ ޕީއެސްޖީއާ އެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ނިމުމުންނެވެ. މިދިޔަ ތިން ސީޒަނުގައި ވެސް ރެއާލުން ވަނީ އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތް ކޮށްފަ އެވެ.

މީގެ އިތުރުން އަންނަ ސީޒަނުގައި ރެއާލުގެ ސްކޮޑުން ފެންނާނެ އިތުރު ކުޅުންތެރިޔަކީ ބްރެޒިލްގެ ޒުވާން ފޯވާޑް އެންޑްރިކް އެވެ. އަންޗެލޮޓީ ދެކޭ ގޮތުގައި މި ޓްރާންސްފާ މާކެޓުގައި މި ދެ ކުޅުންތެރިން ޓީމާ ގުޅުމުން އިތުރު ކުޅުންތެރިޔަކު ދެން ސްކޮޑަށް ބޭނުން ނުވެ އެވެ.

"އަހަރެމެންގެ ސްކޮޑު މިހާރު މި އޮތީ އަންނަ ސީޒަނަށް ތައްޔާރުވެފައި، މި ސްކޮޑަށް އިތުރު ކުޅުންތެރިޔަކު ބޭނުމެއް ނުވޭ. ވެލޯހޯ އަހަރެމެންނާ ގުޅިއްޖެ. ދެން ޑޭވިޑް އަލަބާ ވެސް އަންނަނީ ރަނގަޅުވަމުން. އަހަރެމެންގެ އެބަތިބި ޒުވާން ތަރިން." އަންޗެލޮޓީ ބުންޏެވެ.

މީގެ އިތުރުން އެންޑްރިކް މިހާރު އަންނަނީ ރެއާލްގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ކަމަށާއި، ރެއާލްގެ ޖާޒީގައި ފުރަތަމަ ފަހަރަށް އެންޑްރިކް މިއަދު ފެންނާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ. އެންޑްރިކްގެ ފަރާތުން ފަރިތަކުރުންތަކުގައި ފެންނަނީ ޕޮޒިޓިވް ކަންތައްތަކެއް ކަމަށާއި ރެއާލްގެ ޖާޒީގައި އެންޑްރިކްގެ ހުނަރު ފެނިގެންދާނެ ކަމުގެ ޔަގީންކަން އަންޗެލޮޓީ ދިނެވެ.

މިދިޔަ އަހަރުތަކުގައި ރެއާލުން ފެނުނު ކުޅުންތެރިންގެ ތެރެއިން އަންނަ ސީޒަނުގައި ނުހުންނާނެ އެންމެ ބޮޑު ނަމަކީ، ޖަރުމަނުގެ ތަރި ޓޯނީ ކްރޫސް އެވެ. ކްރޫސް ވަނީ މި ފަހަރުގެ ޔޫރޯ އަށް ފަހު ފުޓްބޯޅައިން ރިޓަޔާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox