ޑްރޯން މައްސަލައިގައި ކެނަޑާ ޓީމަށް ފީފާ އިން ފިޔަވަޅުއަޅައިފި

Jul 28, 2024, 8:37 AM
ކެނަޑާ އަންހެން ޓީމުގެ ކޯޗަކީ، ބެވަލީ ޕްރީސްޓްމަން: އޭނާއާ މެދު ފީފާ އިން ވަނީ ފިޔަވަޅު އަޅައިފައި.-

ކެނަޑާ އަންހެން ޓީމުގެ ކޯޗަކީ، ބެވަލީ ޕްރީސްޓްމަން: އޭނާއާ މެދު ފީފާ އިން ވަނީ ފިޔަވަޅު އަޅައިފައި.-

ޕެރިސް (ޖުލައި 28) - ނިއު ޒީލެންޑް އަންހެން ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކުރިއަށްދަނިކޮށް، އެ ތަނުގެ މަތިން، ކެނަޑާ ޓީމުގެ އޮފިޝަލަކު ޑްރޯން ދުއްވި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ފީފާ އިން ކެނަޑާ ޓީމަށް ފިޔަވަޅު އަޅައިފި އެވެ.

މިދިޔަ ހޯމަ ދުވަހު، ސެއިން އެޓިއެންގައި ނިއު ޒީލެންޑުން ޕްރެކްޓިސް ކުރަމުން ދިޔަ ވަގުތެއްގައި ކެނަޑާ އޮފިޝަލަކު ވަނީ މަތިން ޑްރޯން ދުއްވައި، ވީޑިއޯ ކޮށްފަ އެވެ. ނިއު ޒީލެންޑް ޓީމުން މި މައްސަލަ، ޕޮލިހުންނަށް ރިޕޯޓްކުރުމާ އެކު، ޑްރޯން އެރުވި ފަރާތް، ފުލުހުން ހިފެހެއްޓިއިރު، އެއީ ކެނަޑާ ޓީމު އޮފިޝަލެކެވެ.

ކެނަޑާ އޮލިމްޕިކް ކޮމިޓީން ބުނީ، ފުލުހުން ހިފެހެއްޓި، ކެނަޑާގެ ޓީމު އޮފިޝަލަކީ މި ފަހަރުގެ މުބާރާތަށް އެކްރެޑިޓްކޮށްފައިވާ އޮފިޝަލެއް ނޫން ކަމަށެވެ. އެކަަމަކު، މި ފަދަ ކަމެއް ހިނގުމަކީ ދެރަ ކަމެއް ކަމަށާއި މި ކަމާ ނިއު ޒީލެންޑްގެ ކިބައިން މާފަށް އެދޭ ކަމަށެވެ. ކަންތައްތައް ދިމާވި ގޮތުން، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އެންގުމާ އެއްގޮތަށް، ކެނަޑާ އިން ވަނީ، އެ ޓީމުގެ އެސިސްޓަންޓް ކޯޗު، ޖާސްމީން މެންޑާ އާއި އެކްރެޑިޓްކޮށްފައިނުވާ، އެނަލިސްޓް، ޖޯސެޕް ލޮމްބާޑީ ގެއަށް ފޮނުވާލައިފަ އެވެ.

Advertisement

ޓޯކިޔޯ 2020 އޮލިމްޕިކްސްގެ (ކޮވިޑް-19އާ ހެދި 2021 ގައި ބޭއްވި އޮލިމްޕިކްސް)، އަންހެން ފުޓްބޯޅައިން ރަން މެޑަލް ހޯދި ކެނަޑާ އަންހެން ޓީމުގެ ކޯޗަކީ، ބެވަލީ ޕްރީސްޓްމަން، 38، އެވެ. އޭނާ ވަނީ ޓީމު އޮފިޝަލުން ކުރި ކުށުގެ ޒިންމާ ނަގާ ކަމަށް ބުނެ، ފުރަތަމަ މެޗުގައި، ޓީމަށް އިރުޝާދުދިނުމުގައި ބައިވެރިނުވާން ނިންމައިފަ އެވެ. އެކަމަކު، ފަހުން ކެނަޑާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޕްރީސްޓްމަން، މަގާމުން އެކަހެރިކޮށްފަ އެވެ.

ފީފާ އިން މި މައްސަލަ ބެލުމަށް ފަހު ނިންމީ، 175،720 ޕައުންޑުން، ކެނަޑާ ފުޓްބޯޅަ އެސޯސިއޭޝަން ޖޫރިމަނާ ކުރުމަށާއި ޕްރީސްޓްމަން، މެންޑާ އަދި ލޮމްބާޑީ އެއް އަހަރަށް ސަސްޕެންޑްކުރަން ނިންމައިފަ އެވެ.

ކެނަޑާގެ މީޑިއާގައި އާންމުވި ރިޕޯޓްތަކަކީ، ކެނަޑާގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުން، މީގެ ކުރިން މުބާރާތްތަކުގައި ވެސް އިދިކޮޅު ޓީމުތަކުގެ މައުލޫމާތު ހޯދަން ޑްރޯން ދުއްވާފައިވާ ކަމެވެ.

މި ކަންތައްތަކާ ހެދި، ކެނަޑާ އޮލިމްޕިކް ކޮމިޓީގެ ޗީފް އެގްޒެކްޓިވް، ޑޭވިޑް ޝޫމޭކާ ވަނީ، ކެނަޑާ އަންހެން ޓީމަށް އެންމެ ފަހުން އޮލިމްޕިކްސްގައި ލިބުނު ރަން މެޑަލް އަތުލަފާނެ ކަމުގެ މައުލޫމާތުތަކެއް އޭނާ އަށް ވެސް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު، މި ކަންކަމުގެ ސީދާ މައުލޫމާތު ލިބޭނީ، ކުރިއަށްދާ ތަހުގީގުތައް ނިމުމަށް ފަހު ކަމަށް ޝޫމޭކާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox