ހައްވަ އާއި އަރީޝާ އަދި މާޖިދާ ފުލުފުލުގައި އިންޓަނޭޝަނަލް ދެ މުބާރާތަށް

ހައްވަ އާއި އަރީޝާ އަދި މާޖިދާ ފުލުފުލުގައި އިންޓަނޭޝަނަލް ދެ މުބާރާތަށް

އަންހެން ގައުމީ ވޮލީބޯލް ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)، އައިޝަތު މާޖިދާ (މާޖީ) އަދި އައިމިނަތު އަރީޝާ (އަރީ) ކުރިއަށް އޮތް ކާވާ ވިމެންސް ނެޝަނަލް ލީގު (އިންޑޯ މުބާރާތް) އަދި ބޫޓާންގައި ފަށާ ކާވާގެ ބީޗް ވޮލީބޯޅަ މުބާރާތުގައި ކުޅޭނެ ކަމަށް ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ސޮފްވާން އަހުމަދު ބުނެފި އެވެ.

އިންޑޯ ވޮލީބޯޅަ ޓީމު ކުޅޭ ނޭޝަންސް ލީގު ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގަ އެވެ. އެ މުބާރާތައް ގައުމީ ސީނިއާ ޓީމު ފުރާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ. އޭގެ ކުރިން، ބީޗްވޮލީ ޓީމުން ބޫޓާނުގައި ކުރިއަށްދާ ބީޗް ވޮލީބޯޅަ މުބާރާތައް ފުރާނެ އެވެ. އެ މުބާރާތް ނިމޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ބީޗް މުބާރާތް ނިންމުމަށް ފަހު ސީނިއާ އަންހެން ޓީމުގެ މުހިންމު ތިން ކުޅުންތެރިންކަމަށްވާ ހައްވަ, މާޖިދާ އަދި އަރީޝާ ޓީމާ ގުޅޭނީ ނޭޕާލުން ކަމަށް ގައުމީ ޓީމުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވެ، ފުރަތަމަ މުބާރާތަށް ތައްޔާރުވަމުން އަންނަ ސޮފްވާން ވަނީ ބުނެފަ އެވެ.

Advertisement

"އަރީ, މާޖި އަދި ހައްވަ ފުރަތަމަ ކުޅޭނީ ބީޗް މުބާރާތުގައި. އެ މީހުން އެ މުބާރާތައް ކުރީބައިގައި ދަތުރުކުރާނެ. އަދި އިންޑޯ މުބާރާތް ފެށޭ ދުވަހު އިންޑޯ ޓީމާ ޖޮއިން ކުރާނެ. ބޫޓާން އާ ނޭޕާލާ މި އޮންނަނީ ކައިރީގަތާ." ސޮއްޕެ ބުންޏެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުން ސީނިއާ އަންހެން ވޮލީ ޓީމުން ނޭޝަންސް ލީގު ކުޅެނީ ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ. އެއީ، ސެޕްޓެމްބަރު މަހު ރާއްޖޭގައި ކުރިއަށް ދާ ސެންޓްރަލް ޒޯން ވޮލީބޯލް މުބާރާތައް ތައްޔާރުވުމުގެ ގޮތުން ރާއްޖެ އިން ބައިވެރިވި މުބާރާތެކެވެ.

ވީއޭއެމްގެ އޮފިޝަލަކު "އަދަދު" އަށް ބުނީ، ޓްރެއިނިންގް ކޭމްޕެއް ކުރުމަށް ވުރެ މި ކަހަލަ މުބާރާތެއްގައި ބައިވެރިވުން އެއީ ވީއޭއެމުން ދެކޭ ގޮތުގައި ޓީމަށް މާ ފައިދާ ބޮޑު ގޮތެއް ކަމަށެވެ.

ނޭޕާލުގައި އޮތް ކާވާ ވިމެންސް ނޭޝަންސް ލީގުގައި ވާދަކުރާ ޓީމުތަކަކީ، އިންޑިއާ، އީރާން، ނޭޕާލް އަދި ސްރީ ލަންކާ އެވެ. މީގެއިން ކޮންމެ ޓީމަކީ ވެސް، ރޭންކިން އަށް ބަލާއިރު، ރާއްޖެ އަށް ވުރެ ރަނގަޅު ޓީމުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox