ކްލަބް މޯލްޑިވްސް އިން ބާއްވާ މުބާރާތްތަކުގައި 64 ޓީމު ބައިވެެރިވެއްޖެ

Jul 24, 2024, 7:55 AM
މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އާރްއާރްސީ އާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އާރްއާރްސީ އާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު

މި އަހަރުގެ ކްލަބް މޯލްޑިވްސް އިން ބާއްވާ މުބާރާތްތަކުގައި 64 ޓީމު ބައިވެރިވެފައިވާ ކަމަށް ކްލަބް މޯލްޑިވްސް އިން ހާމަކޮށްފި އެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް އިން ބާއްވާ މުބާރާތައް ފަށާނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.

ކްލަބް މޯލްޑިވްސް އިން މިއަދު ހާމަކުރި ގޮތުގައި، މި ފަހަރު ބާއްވަން ނިންމާފައިވާ ތިން މުބާރާތުގައި މިހާތަނަށް ވަނީ 64 ޓިމު ބައިވެރިވެފަ އެވެ.

އަންނަ މަހު، 31 ގައި ކްލަބް މޯލްޑިވްސް ކްލަސިކާއި އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާ ފަށާއިރު، ކްލަބް މޯލްޑިވްސް ކަޕް ފަށަނީ ސެޕްޓެމްބަރު 19 ގައި ކަމަށް ކްލަބް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

އެ ގޮތުން، އެންމެ ފުރަތަަމަ އަންނަ މަހު ފަށާ ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާ، ކްލަބް މޯލްޑިވްސް ކަޕްގެ ކުރިން ނިންމާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް ކުޅޭ ގޮތަށް މި ވަގުތު ތާވަލުކޮށްފައި އޮތީ، އޮކްޓޫބަރު 12 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރު އެއިޓީންތާޓީ ފުޓްސަލް ފިއެސްޓާގެ ވެސް ކްލަސިކް މުބާރާތެއް ބޭއްވި ނަމަވެސް، ކްލަބް މޯލްޑިވްސް އިން މި ފަހަރު ބާއްވާނީ އަންހެން ޑިވިޝަނަށް އެންމެ މުބާރާތެކެވެ.

ކްލަބް މޯލްޑިވްސްގެ މިދިޔަ އަހަރުގެ މުބާރާތްތައް ކާމިޔާބުކުރި ޓީމުތަކަށް ބަލާއިރު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)ގެ މައްޗަށް 5-3 އިން ކުރިހޯދުމަށް ފަހު ކްލަބް ވެމްކޯ އިން ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން އެއިޓީންތާޓީ މުބާރާތުގެ ފައިނަލުގައި ޕޮލިސް ކްލަބް އަތުން 3-1 އިން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ޓީމު ފެނަކަ އިންނެވެ.

ކްލަސިކް މުބާރާތްތަކަށް ބަލާއިރު، ކްލަބް މޯލްޑިވްސް ކަޕްގެ ކްލަސިކްގެ ޗެމްޕިއަންކަން، ފައިނަލުގައި ކްލަބް 220ގެ މައްޗަށް 7-2 އިން ކުރިހޯދައިގެން ކާމިޔާބުކުރީ ޓީމު ޑީޖޭއޭ އިންނެވެ. އަދި އެއިޓީންތާޓީ ކްލަސިކް މުބާރާތުގެ ފައިނަލުގައި ޓީމު އެމްއޭސީއެލް 3-0 އިން ބަލިކޮށް ކްލަބް ވެމްކޯ އިން ތަށި އުފުލާލި އެވެ.

ކްލަބް މޯލްޑިވްސް ކަޕަކީ 2006 ވަނަ އަހަރުން ފެށިގެން ގަވާއިދުން ބާއްވަމުން އަންނަ މުބާރާތެވެ. ކޮވިޑް-19ގެ ސަބަބުން އެކި ކަންކަމަށް އައި މެދުކެނޑުމާ ހެދި 2020 ވަނަ އަހަރު ކްލަބް މޯލްޑިވްސް ކަޕް ނުބޭއްވުނެވެ. އެކަމަކު، އަލުން ފަށައި ފާއިތުވި ތިން އަހަރު އެ މުބާރާތް ވަނީ ކާމިޔާބުކަމާ އެކު ބާއްވައިފަ އެވެ.

ކްލަބް މޯލްޑިވްސް އިން ބުނީ، ކުރިއަށް އޮތް މުބާރާތްތައް ވެސް ފޯރިގަދަ ކުުރުމުގެ ގޮތުން ކަންތައްތަކެއް ރޭވިފައިވާ ކަމަށާއި، މުބާރާތް ފެށުމުގެ ގޮތުން ހާއްސަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox