އިންގްލެންޑުން ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ޝޯޓްލިސްޓުގެ ކުރީގައި އޮތީ ހޯވް

Jul 17, 2024, 3:08 AM
އިންގްލެންޑުން ކޯޗެއް ހޯދަން ކުރާ މަސައްކަތުގައި ޝޯޓްލިސްޓުގެ ކުރީގައި އޮތީ ހޯވް

ލަންޑަން (ޖުލައި 18) - އިންގްލެންޑްގެ ކޯޗުގެ މަގާމުން ގަރެތު ސައުތުގޭޓް އިސްތިއުފާ ދިނުމާ އެކު، އެ މަގާމަށް އާ ކޯޗެއް ހަމަޖައްސަން ކުރާ މަސައްކަތުގައި އިނގިރޭސި އެފްއޭގެ ޝޯޓްލިސްޓުގެ ކުރީގައި އޮތީ ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު، އެޑީ ހޯވް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖެހިޖެހިގެން ދެ ޔޫރޯ ފުޓްބޯޅަ މުބާރާުތުގެ ފައިނަލުން ބަލިވުމާ އެކު، ސައުތުގޭޓް ވަނީ އަށް އަހަރަށް ފަހު، އިންގްލެންޑްގެ ކޯޗުކަން އަމިއްލަ އަށް ދޫކޮށްލައިފަ އެވެ. ސައުތުގޭޓް، އިންގްލެންޑާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ވެސް އޮތީ މި އަހަރުގެ ނިޔަލަށެވެ.

އިނގިރޭސި އެފްއޭ އިން ބުނެފައިވަނީ، އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، އިންގްލެންޑުން ވާހަކަ ދައްކާ ކޯޗުންގެ ތެރޭގައި ހޯވްގެ އިތުރުން، ޗެލްސީ އަށް ކުރިން އިރުޝާދުދިން ތިން ކޯޗުން ކަމަށްވާ ގްރަހަމް ޕޮޓާ، މައުރީސިއޯ ޕޮޗެޓީނޯ އަދި ތޯމަސް ޓުޗެލް ހިމެނެ އެވެ.

މީގެ ތެރެއިން، އިންގްލެންޑްގެ ޓެކްނިކަލް ޑިޕާޓްމަންޓުން ލަފާދެނީ، ހޯވް، 46، އާ އިންގްލެންޑް ހަވާލުކުރުމަށެވެ. މީގެ ކުރިން، ހޯވް ވަނީ އިންގްލެންޑާ ހަވާލުވާން ފުރުސަތު ލިބިއްޖެނަމަ ފުންކޮށް ވިސްނާނެ ކަމަށް ބުނެފަ އެވެ.

ކުރިން ބޯންމައުތަށް ކޯޗުކޮށްދިން ހޯވް، މި ވަގުތު ނިއުކާސަލްއާ ހަވާލުވެ ހުރީ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. އެ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީއެއް ސީދާ ހިމަނާފައިނުވާއިރު، ރިޕޯޓްތައް ބުނާގޮތުން، ހޯވް ގެންދާނަމަ، އިންގްލެންޑުން 10 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ އެވެ.

އެކަމަކު، ނިއުކާސަލްގެ ސީއީއޯ، ޑަރެން އީގަލްސް ވަނީ، ހޯވް ދޫކޮށްނުލާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox