ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފެބްރުއަރީ އަށް ތާވަލްކޮށްފި

Jul 16, 2024, 8:29 AM
އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ސާއިދު: އޭނާ އަކީ އެ ގޭމްސްގެ ތާރީހުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އެންމެ ފަހުން ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތެރެއިން ސާއިދު: އޭނާ އަކީ އެ ގޭމްސްގެ ތާރީހުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ތަކުރާރުކޮށް ފަސް ކުރަން ޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ޕާކިސްތާން އޮލިމްޕިކް ކޮމިޓީން އެދިފައިވާ ގޮތަށް ކުރިއަށް ދިއުމަށް، ސައުތު އޭޝިއާގެ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދި ނިއުސް އިން ރިޕޯޓްކުރާ ގޮތުގައި، ޕާކިސްތާން އޮލިމްޕިކް ކޮމިޓީން ނިންމާފައިވަނީ ފެބްރުއަރީ އެކެއް ނޫނީ ދެ ވަނަ ދުވަހު މުބާރާތް ފެށުމަށެވެ.

ޕާކިސްތާނުގައި މިދިޔަ އަހަރު ބާއްވަން ނިންމާފައި އޮތް ސައުތު އޭޝިއަން ގޭމްސް މި އަހަރަށް ފަސްކުރަން ނިންމީ، 2022 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ)ގެ ބައްދަލުވުމެއްގަ އެވެ.

Advertisement

ސާދަ ވަނަ ސައުތު އޭޝިއަން ގޭމްސް، ޕާކިސްތާންގައި ބާއްވަން ކުރާ މަސައްކަތުގައި އެއްބަސްނުވެވި އޮތް އެންމެ ބޮޑު ކަމަކީ، ގޭމްސްގެ މުބާރާތްތައް ކުޅޭނެ، ވެނިއުސްތަކެއް ކަނޑައަޅުމާއި ސަރުކާރާ ގުޅިގެން، ފަންޑް ހޯދައި، ގޭމްސްގެ މައިގަނޑު ހަބްތަކެއްގެ ގޮތުގައި ކަނޑައަޅާނެ ސިޓީތަކެއް ނިންމުމުގަ އެވެ. އެކަމަށް އެއްބަސްވުންތަކަކާ ހަމައަށް އާދެވުނީ މި އަހަރު ކުރީކޮޅުގަ އެވެ. އެ ގޮތުން، ގޭމްސްް ކުރިއަށްދާނެ މައިގަނޑު ދެ ސިޓީ އަކީ، އިސްލާމްއާބާދާއި ލާހޯރް އެވެ. ލާހޯރްގައި 18 އިވެންޓެއް ކުރިއަށްދާއިރު، އިސްލާމްއާބާދާއި ރާވަލްޕިންޑީގައި ނުވަ އިވެންޓެއް ބާއްވާނެ އެވެ. އަދި ހޭންޑްބޯލް އިވެންޓް ރާވާފައި އޮތީ، ފައިސަލްއާބާދުގައި ކުރިއަށްދާ ގޮތަށެވެ.

"ފެބްރުއަރީ ކުރީކޮޅުގައި ގޭމްސް ބާއްވަން ގައުމުތަކުގެ ރުހުން ލިބިފައި ވަނީ، މިހާރު ފުރުސަތު ބޮޑީ، ފެބްރުއަރީ 1 ނޫނީ 2 އިން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ގޭމްސް ކުރިއަށް ގެންދިއުން. އެކަމަކު، ތާރީހުތައް ސީދާ ފައިނަލް ވެގެންދާނީ، ޕާކިސްތާން ސަރުކާރާ މަޝްވަރާ ކުުރުމަށް ފަހު،" ޕާކިސްތާން އޮލިމްޕިކް ކޮމިޓީގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވެ އެވެ.

ގޭމްސް ހޯސްޓްކުރަން، ތިން މިލިއަން ޑޮލަރުގެ ބަޖެޓެއް ޕާކިސްތާން އޮލިމްޕިކް ކޮމީޓީން އެ ގައުމުގެ ސަރުކާރަށް ހުށަހެޅި ނަމަވެސް، ސަރުކާރުން ވިސްނާފައި އޮތީީ، 2.5 މިލިއަން ޑޮލަރުގެ ބަޖެޓެއް ދޭ ގޮތަށެެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox