ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ މާޗް މަހަށް ތާވަލުކޮށްފި

Jan 30, 2026, 2:39 PM
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު، 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ހޯދި ރަން މެޑަލް ހިފައިގެން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު، 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ހޯދި ރަން މެޑަލް ހިފައިގެން.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

ތަކުރާރުކޮށް އެކި ސަބަބުތަކާ ހެދި ފަސްކުރަން ޖެހުނު، ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ މާޗް މަހު ޕާކިސްތާންގައި ބާއްވާ ގޮތަށް ތާވަލުކޮށްފި އެވެ.

ޕާކިސްތާން އާއި ދެކުނު އޭޝިއާގެ އެކި މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ ގައުމުތަކުން ދާދި ފަހުން، އުޒްބެކިސްތާންގައި ކުރިއަށްދިޔަ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ޖެނެރަލް އެސެމްބްލީގެ ހަވާސާފައި ވަނީ ބައްދަލުކޮށްފަ އެވެ. އަދި، އެ ބައްދަލުވުމުގައި ނިންމާފައިވަނީ، އަންނަ އަހަރު މާޗް މަހުގެ 23-31 އަށް ކުރިން ވެސް ރޭވުނު ގޮތަށް ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ހޯސްޓްކުރުމަށެވެ.

މި ބައްދަލުވުމުގައި، ޕާކިސްތާނުން ވަނީ ގައުމުތަކުގެ އޮފިޝަލުންނަށް މި އަހަރުގެ މެއި މަހު އެ ގައުމަށް ދިއުމަށް ދައުވަތު ދީފަ އެވެ. އެއީ، ގޭމްސްގެ ތައްޔާރީތަކާ ގުޅޭ ފަހުގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުންނެވެ.

Advertisement

އެންމެ ފަހުން، ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އެ އަށް ފަހު، އެންމެ ފުރަތަމަ 2023 ވަނަ އަހަރު ބާއްވަން ނިންމި ސައުތު އޭޝިއަން ގޭމްސްގެ 14 ވަނަ އެޑިޝަން، އެކި ސަބަބުތަކާ ހުރެ ހަ ފަހަރެއްގެ މަތިން މި ވަނީ ފަސްކޮށްފަ އެވެ.

ކުރިން ތާވަލުކުރި ގޮތަށް މި އަހަރު ސައުތު އޭޝިއަން ގޭމްސް ބޭއްވޭތޯ ޕާކިސްތާނުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބުވާ ގޮތެއްނުވި އެވެ. އެ ގޮތުން، ގޭމްސްގެ ކަންކަން ހަމަޖައްސަން، ޕާކިސްތާން ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅުގައި ކޮމިޓީއެއް އެކުލަވާލި އެވެ. އެއީ، ޕާކިސްތާންގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި އޮލިމްޕިކް ކޮމިޓީގެ ރައީސް، ރާނާ މަޝްއޫދު އަހުމަދު ހާން ހިމެނޭ ގޮތަށް ހެދި ކޮމިޓީ އެކެވެ.

ރިޕޯޓްތައް ބުނާގޮތުން، ގޭމްސް ފަސްކުރަން އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވެސް ސަރުކާރުން ހުށަހެޅިއެވެ.

ސައުތު އޭޝިއަން ގޭމްސްގައި، ޖުމްލަ އެކު، 27 ކުޅިވަރު ހިމަނާފައިވާ ކަމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ މި އަހަރު ރިޕޯޓްކޮށްފަ އެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox