ވީއޭއެމް ކަޕް: ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ ފައިނަލަށް

އެސޯސިއޭޝަން ކަޕް ސެމީ ފައިނަލުގައި ޔޫތު ނިއު ޖެނެރޭޝަން އާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

އެސޯސިއޭޝަން ކަޕް ސެމީ ފައިނަލުގައި ޔޫތު ނިއު ޖެނެރޭޝަން އާއި ވެމްކޯ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

މިހާރު ކުރިއަށްދާ ވީއޭއެމް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގައި ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި، ކްލަބް ވެމްކޯ އިން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ވެމްކޯ އިން ކާމިޔާބުކުރީ ފަހަތުން އަރާ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 23-25, 25-23, 25-17 އަދި 25-17 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ރަނގަޅަށް ފަށާ ފަސް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެކަމަކު، މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ ޔޫތު ނިއުޖެނެރޭޝަނުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އަދި ސެޓުގެ މެދު ތެރެއިން ޔޫތު ނިއު ޖެނެރޭޝަނުން ވަނީ ހަ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މި ސެޓުގެ ފަހު ކޮޅު ވެމްކޯ އިން ޓައިމް-އައުޓްގެ ބޭނުންހިފައި ނަތީޖާ އަނބުރާލެވޭތޯ ބެލި ނަމަވެސް މި ސެޓު ޔޫތު ނިއު ޖެނެރޭޝަނުން ވަނީ 25-23 އިން ކާމިޔާބު ކޮށްފަ އެވެ.

Advertisement

ވެމްކޯ ޓީމުގެ އަރީޝާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އަތޫފް އާތިފް / އަދަދު

ދެ ވަނަ ސެޓު ވެސް ވެމްކޯ އިން ފެށީ ރަނގަޅަށެވެ. މި ސެޓުގައި ވެމްކޯ އަށް މާ ބޮޑު ލީޑެއްގައި އޮވެގެން ކުޅެވޭ ގޮތް ނުވި އެވެ. އެކަމަކު، އެ ޓީމުން ވަނީ ސެޓު ފަށައިގެން ވެސް ދެ ޕޮއިންޓްގެ ލީޑަކާ އެކު ކުޅެފަ އެވެ. މި ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-23 އިންނެވެ.

ޖެހިގެން އައި ދެ ސެޓުގައި ވެސް ވެމްކޯ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންގެ ތަފާތު މޮޅު ކުޅުމެވެ. އެ ގޮތުން، ވެމްކޯގެ ސެޓަރު ޖޫޒާން ޒަރީރް, އައިޝަތު މާޖިދާ (މާޖި) އަދި އައިމިނަތު އަރީޝާގެ މޮޅު ކުޅުން މި ދެ ސެޓުގައި ތަފާތުކޮށް ފެނިގެންދިޔަ އެވެ. އެއާ އެކު ވެމްކޯ އިން މި ދެ ސެޓު ކާމިޔާބުކުރީ 25-17 އިންނެވެ.

ވެމްކޯއާ އެކު ފައިނަލުގައި ކުޅޭނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީގެ މެޗަށް ފަހުގަ އެވެ. ދެ ވަނަ ސެމީގައި ޕޮލިސް ކުލަބުން ނުކުންނާނީ އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox