ކްލޮޕް، އެމެރިކާ އަށް ނޫނެކޭ ބުނެފި

Jul 12, 2024, 12:33 PM
ކްލޮޕް، އެމެރިކާ އަށް ނޫނެކޭ ބުނެފި

ޑޯޓްމަންޑް (ޖުލައި 12) - އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން ދާދި ފަހުން ލިވަޕޫލްގެ ކޯޗުގެ ވަޒީފާ ދޫކޮށްލި ޖަރުމަނުގެ ކޯޗު ޔާގަން ކްލޮޕަށް ލިބުނު ފުރުސަތު ދޫކޮށްލައިފި އެވެ.

ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވެ، ކްލޮޕް ވަނީ ޔޫރަޕްގެ ގަދަ ޓީމަކަށް އެ ޓީމުން އަލުން ހަދައިފަ އެވެ. އެ ޓީމަށް 491 މެޗުގައި އިރުޝާދުދިން، ކްލޮޕް މިދިޔަ ސީޒަނަށް ފަހު، އެ ޓީމު ދޫކޮށްލީ ކޯޗިންގައި ކުރިއަށްދާން "ހަކަތަ" ނެތް ކަމަށް ބުނެ، ބްރޭކެއް ނެގުން މުހިންމު ކަމަށް ފެންނާތީ އެވެ.

Advertisement

ކްލޮޕް އަށް ޖަރުމަނުގެ ގައުމީ ކޯޗުކަން ވެސް ހުށަހެޅި އެވެ. އެއީ، މި ފަހަރުގެ ޔޫރޯ ފަހު ހަވާލުވާ ގޮތަށެވެ. އެކަމަކު، އެ އަށް ކްލޮޕް ނޫނެކޭ ބުނުމުން، ޔޫރޯގެ ކުރިން ޖަރުމަނުން ވަނީ އެ ޓީމުގެ ކޯޗަކަށް ހުރި ހޫލިއަން ނާގަލްސްމަންގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

އެމެރިކާ އިން މި ފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ނެރުނު ދަށް ނަތީޖާތަކަށް ފަހު، އެ ޓީމުގެ ކޯޗުގެ މަގާމުން ގްރެގް ބާހޯލްޓާ ވަނީ ވަކިކޮށްފަ އެވެ. އެ އަށް ފަހު، އެމެރިކާ އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފެށީ 2026 ވަނަ އަހަރު އެ ގައުމު ހިމެނޭ ގޮތަށް ހޯސްޓްކުރާ ފީފާ ވޯލްޑް ކަޕަށެވެ. އެ ގޮތުން، އެމެރިކާ އިން ފުރަތަމަ ވެސް ޓާގެޓް ކުރީ ކްލޮޕް އަށެވެ.

އެކަމަކު، އިނގިރޭސި އަދި ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކްލޮޕް ވަނީ މަޝްވަރާއެއް ވެސް ކުރުމެއް ނެތި އެމެެރިކާ އިން ހުށަހެޅި ޕްރޮޕޯސަލް މި ވަގުތަށް ދޫކޮށްލައިފަ އެވެ.

ކުރިން މައިންޒާއި ޑޯޓްމަންޑަށް ކޯޗުކޮށްދިން ކްލޮޕް ދިން އިންޓަވިއުއެއްގައި ވަނީ، ދެން ކޯޗިންގައި އިތުރަށް ނުފެނުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox