ވޮލީ އެސޯސިއޭޝަން ކަޕްގެ މެދުތެރެއިން ގަވައިދަށް އަނެެއްކާ ވެސް ބަދަލެއް

ވޮލީ އެސޯސިއޭޝަން ކަޕްގެ މެދުތެރެއިން ގަވައިދަށް އަނެެއްކާ ވެސް ބަދަލެއް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދާ ވީއޭއެމް ކަޕްގެ އަންހެން ޑިވިޝަން މުބާރާތުގެ މެދުތެރެއިން ގަވައިދަށް ބަދަލެއް ގެނެސްފި އެވެ.

މި ފަހަރުގެ މުބާރާތް ފެށީވެސް ގަވައިދަށް ބޮޑު ބަދަލެއް ގެނައުމަށް ފަހު ގަ އެވެ. މި އަހަރުގެ މުބާރާތުގެ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ އިންޑިއާގައި ކުޅެމުން އަންނަ ޕްރައިމް ވޮލީބޯލް ލީގާ އެއްގޮތައް މި މުބާރާތުގެ ގަވައިދު ބައްޓަން ކުރުމެވެ. އެއީ، ޕަވާ ޕޮއިންޓް ރެލީ ސިސްޓަމް އަށެވެ.

އެކަމަކު, ވީއޭއެމް މިއަދު ވަނީ އިންޓާނަލް މެމޯ އެއް ނެރެ, މި މުބާރާތުގެ ސެމީ ފައިނަލުން ފެށިގެން މެޗުތައް ކުޅެމުން އަންނަ ގަވައިދަށް އިތުރު ބަދަލެއް ގެނަސްފަ އެވެ. އެއީ 25 ޕޮއިންޓަށް ކުޅުމަށެވެ.

މި މެމޯގައި ވަނީ 25 ޕޮއިންޓަށް މެޗުތައް ކުޅުނު ނަމަވެސް, "ސުޕަ ޕޮއިންޓް" ނެގޭނެ ކަމަށް ބުނެފަ އެވެ. މިހާރު ގަވައިދަށް ގެނަސްފައިވާ ބަދަލާއެކު, ސުޕަ ޕޮއިންޓް ނެގޭނީ 21 ޕޮއިންޓާ ހަމައަށެވެ. އަދި ފަސް ވަނަ ސެޓުގައި ސުޕ ޕޮއިންޓް ނެގޭނީ 11 ޕޮއިންޓާ ހަމައަށެވެ.

މުބާރާތުގެ ތެރެއިން ގަވައިދަށް ބަދަލުގެނައީ ކީއްވެ ކަމެއް ވީއޭއެމުން ހާމައެއް ނުކުރެ އެވެ. އެކަމަކު, މިހާރު ކުޅެމުން އަންނަ ގަވައިދަށް ވޮލީގެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

އެ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އާ ވާހަކަ ދެއްކި ކުޅުންތެރިއަކު ބުނީ މި ފޯމެޓުން ރާއްޖޭގެ ވޮލީ އަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށެވެ. އަދި މިއީ ކުދި މުބާރާތްތައް ނޫނީ އަވަސް އަރުވާލައިގެން ބާއްވާ މުބާރާތްތަކަށް ކަމުދާ ފޯމެޓެއް ކަމަށެވެ.

ވީއޭއެމް ކަޕްގެ ފުރަަތަމަ މެޗަށް، އަލްމާ ސްޕޯޓްސް ކްލަބް ހާޒިރެއްނުވެ އެވެ. އެހެންވެ، އެ މެޗު ފޯފެއިޓްކުރުމަށް ފަހު، އިދިކޮޅަށް އޮތް، އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ވެމްކޯ އަށް ވަނީ މެޗު ލިބިފަ އެވެ. މެޗު ހާޒިރުނުވި، އަލްމާ ސްޕޯޓްސް ކްލަބާ މެދު ފިޔަވަޅެއް އަޅާ ކަމަށް ވީއޭއެމް އިން ހާމައެއް ނުކުރެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox