ގްރީޒްމަން ބުނީ ސްޕެއިން ދެކެ ފްރާންސުން ޖެހިލުމެއްނުވާނެ ކަމަށް

Jul 9, 2024, 6:35 AM
ގްރީޒްމަން ބުނީ ސްޕެއިން ދެކެ ފްރާންސުން ޖެހިލުމެއްނުވާނެ ކަމަށް

މިއުނިކް (ޖުލައި 9) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭގެ މެޗަށް ނުކުންނަޓީއިރު، ސްޕެއިން ދެކެ ފްރާންސް އިން ޖެހިލުމެއްނުވާ ކަމަށް އެ ޓީމުގެ ވައިސް ކެޕްޓަން، އެންޓޮއިން ގްރީޒްމަން ބުނެފި އެވެ.

ފްރާންސް އިން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަަލަށް ދަތުރުކުރިއިރު، އެ ޓީމަކީ މުބާރާތުގެ ތާރީހުގައި ވެސް އޯޕަން ޕްލޭއިން އަމިއްލަ ޓީމުގެ ކުޅުންތެރިއަކު ލަނޑެއް ނުޖެހި ސެމީ އަށް ދަތުރުކުރި ފުރަތަމަ ޓީމެވެ. އަނެއްކޮޅުން، ސްޕެއިނަކީ ސެމީ ފައިނަލުގައި ކުޅޭ ހަަތަރު ޓީމުގެ ތެރެއިން ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެ ހިސާބަށް ދިޔަ ފުރަތަމަ ޓީމެވެ.

ސްޕެއިނަކީ މިރޭގެ މެޗުގެ ފޭވަރިޓުންގެ ގޮތުގައި ވާހަކަ ދައްކަމުން އަންނައިރު، ފްރާންސްގެ ތަރި ގްރީޒްމަން ބުނީ އެ ކަމަށް ނުވިސްނާ ކަމަށެވެ.

"ސްޕެއިނުގައި އެ އޮތީ ވަރުގަދަ ޓީމެއް. އެކަމަކު އަހަރެމެން ޖެހިލުންވާންޖެހޭ ސަބަބެއް ނެތް. އަމިއްލަ ނަފްސާ މެދު އިތުބާރު އެބައޮތް، ފައިނަލަށްދާން ކުރެވޭނެ ހުރިހާ މަސައްކަތެއް އަހަރެެމެން ކުރާނަން،" ގްރީޒްމަން ބުންޏެވެ.

"އެންމެ މެޗެއް މި އޮތީ ފައިނަލާ ދެމެދު. ވަރަށް ހާއްސަ ކަމެއް ހަގީގަތުގައި ސެމީ ފައިނަލަށް ދެވުމަކީ ވެސް. މިހާރު އޮތް ފްރާންސް ޓީމު ވަރަށް ޝައުގުވެރި، އެއީ މި ޓީމަށް މޮޅުވެވޭނެ ކަމަށް އެންމެން ވެސް ގަބޫލުކުރެވޭ،"

ފްރާންސުން ސްޕެއިނާ ދެކޮޅަށް ކުޅުނު 13 މެޗުން މޮޅުވެފައިވާއިރު، ހަތް މެޗުން އެއްވަރުވި އެވެ. އަދި 16 މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނީ 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގަ އެވެ. އެ މެޗުން، ފްރާންސް ވަނީ 2-1 އިން މޮޅުވެފަ އެވެ.

ސްޕެއިނާއި ފްރާންސް ކުޅޭ ސެމީ ފައިނަލް އޮތީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox