އެސޯސިއޭޝަން ކަޕް ކުޅެނީ "ޕަވާ ޕޮއިންޓް ރެލީ ސިސްޓަމަށް"

ޕޮލިސް ކުލަބާއި, ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ޕޮލިސް ކުލަބާއި, ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ މެޗުތައް އިއްޔެ ފެށިއިރު, މި މުބާރާތުގެ ކުޅުމުގެ ގަވާއިދަށް ބޮޑު ބަދަލުތަކެއް ވަނީ ގެނަސްފަ އެވެ.

މި އަހަރުގެ މުބާރާތުގެ ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބަދަލަކީ އިންޑިއާގައި ކުޅެމުން އަންނަ ޕްރައިމް ވޮލީބޯލް ލީގާ އެއްގޮތައް މި މުބާރާތުގެ ގަވައިދު ބައްޓަން ކުރުމެވެ.

އެއީ، ޕަވާ ޕޮއިންޓް ރެލީ ސިސްޓަމް އަށެވެ.

އެހެންވެ, މިހާރު އޮތް ގޮތުން މެޗުތައް ކުޅޭނީ 18 ޕޮއިންޓްގެ ފަސް ސެޓަށެވެ. އަދި ސީދާ ތިން ސެޓުން މޮޅުވާ ޓީމަކަށް ތިން ޕޮއިންޓް ލިބޭއިރު, އެ ނޫން ގޮތަކަށް މޮޅުވާ ޓީމަކަށް ލިބޭނީ ދެ ޕޮއިންޓެވެ. އަދި ޕޮއިންޓްގެ ގޮތުން ޓޭބަލް އެއްވަރުވެއްޖެ ހާލަތުގައި ބަލާނީ އެންމެ ގިނަ ސެޓު ގެންގޮސްފައިވާ ޓީމަށެވެ.

މިދިޔަ މަހު 12 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، ފަސް ވަނަ މާއްދާގައި ބުނެފައިވަނީ، މުބާރާތް ޕަވާޕޮއިންޓް ރެލީ ސިސްޓަމަށް ކަމަށެވެ.

ޕަވާޕޮއިންޓް ރެލީ އަކީ އެ ރެލީ ކާމިޔާބުކުރާ ޓީމަކަށް ދެ ޕޮއިންޓް ލިބޭ ރެލީއެކެވެ.

މީގެ އިތުރުން މުބާރާތުގެ ގަވާއިދުގައި ހިމެނޭ ހިމެނޭ ފަސް ބައެއް:

1. ހުރިހާ ސެޓެއް ކުޅޭނީ 18 ޕޮއިންޓަށް، ސެޓް ނިމޭނީ ދެ ޕޮއިންޓްގެ ތަފާތުން.

2. ޕަވާޕޮއިންޓް ރެލީ އަށް ދެވޭނީ، އެ ޓީމަކަށް 15 ޕޮއިންޓް ލިބުމުގެ ކުރިން.

3. ޕަވާޕޮއިންޓް ރެލީ އަށް ރިކުއެސްޓްކުރަންޖެހޭނީ ޓީމެއްގެ ހެޑް ކޯޗު.

4. ޕަވާޕޮއިންޓް ރެލީ އަށް ރިކުއެސްޓްކުރަންވާނީ ސާވިސް އަށް އޮތޮރައިޒް ކުރުމުގެ ކުރިއަށް އެކަމަށް ކަނޑައަޅާފައިވާ އާލާތަކުން.

5. ޕަވާޕޮއިންޓް ރެލީ އަށް ސެޓެއްގައި ޓީމަކަށް ދެވޭނީ އެއް ފަހަރު.

ސުޕަ ޕޮއިންޓް އާއި ސުޕަ ސާވް

ސުޕަ ޕޮއިންޓަކީ ކޮންމެ ޓީމަކަށްވެސް އެ ޓީމެއްގެ ޕޮއިންޓް ޑަބަލް ކުރުމަށް ލިބޭ ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭނީ އާންމުކޮށް، 11 ޕޮއިންޓް ޓީމުން ހޯދުމުގެ ކުރިންނެވެ. އެެހެން ނަމަވެސް، ރާއްޖޭގައި ގަވާއިދު އޮތީ 15 ޕޮއިންޓްގެ ކުރިން ނެގޭ ގޮތަށެވެ.

ސުޕަ ޕޮއިންޓް ނަގާފައި އެ ރެލީ އެ ޓީމަކަށް ކާމިޔާބު ނުވެއްޖެ ނަމަ ދެ ޕޮއިންޓް އިދިކޮޅު ޓީމަށް ލިބޭނެ އެވެ. ސުޕަ ސާވް ނަގާއިރު އިދިކޮޅު ޓީމެއްގެ ކުޅުންތެރިއެއްގެ އަތުގައި ނުޖެހި ކޯޓުގެ ތެރެއަށް ބޯޅަ ވައްޓާލާފި ނަމަ ދެ ޕޮއިންޓް ސުޕަ ސާވް ނަގާ ޓީމަށް ލިބޭނެ އެވެ.

މި ފޯމެޓަކީ އިންޑިއާގެ ވޮލީ ލީގުތަކުގައި ބޭނުން ކުރަމުން އަންނަ ފޯމެޓެކެވެ. އެކަމަކު، މިއީ އިންޓަނޭޝަނަލް މުބާރާތްތަކުގައި ބޭނުން ކުރާ ފޯމެޓެއް ނޫނެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގައި ކުޅޭނީ ކުރިންވެސް ރާއްޖޭގައި ކުޅެމުން އައި ފޯމެޓަށެވެ. އެއީ 25 ޕޮއިންޓުން ސެޓު ލިބޭ ފޯމެޓެވެ.

މި ފޯމެޓާއެކު ވޮލީބޯޅަ ގިނަ ކުޅުންތެރިން ވަނީ ފޯމެޓަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް "އަދަދު" އާ ވާހަކަ ދެއްކި ކުޅުންތެރިއަކު ބުނީ މި ފޯމެޓުން ރާއްޖޭގެ ވޮލީ އަށް ލިބޭނެ ކުރިއެރުމެއް ނެތް ކަމަށެވެ. އަދި މިއީ ކުދި މުބާރާތްތައް ނޫނީ އަވަސް އަރުވާލައިގެން ބާއްވާ މުބާރާތްތަކަށް ކަމުދާ ފޯމެޓެއް ކަމަށެވެ.

"އަސްލު މި ފޯމެޓުން ލިބޭނެ އެއްވެސް ފައިދާ އެއް އަހަރެމެން އަކަށް ނެތް. މީތި މި ކުޅެނީ 18 ޕޮއިންޓަށް ދެން މި ފޯމެޓުގައި ކުޅެ ކުޅެފަ އަހަރެމެން މިދާން ޖެހެނީ އިންޓަނޭޝަނަލް މުބާރާތްތައް ކުޅެން. އޭރަށް މި ކުޅެން ޖެހެނީ ހަމަ ކުރީގެ ފޯމެޓަށް" އެ ކުޅުންތެރިޔާ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox