އެމްބާޕޭ ޕްރެކްޓިސް މެޗަކަށް، ފަހު މެޗުގެ ތައްޔާރީތައް ކުރިއަށް

Jun 23, 2024, 6:36 AM
އެމްބާޕޭ ޕްރެކްޓިސް މެޗަކަށް، ފަހު މެޗުގެ ތައްޔާރީތައް ކުރިއަށް

މިއުނިކް (ޖޫން 23) - ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑަށް ލިބުނު އަނިޔާއަކާ ހެދި އެންމެ ފަހުން ކުޅުނު މެޗުގައި ނުކުޅެވުނުއިރު، ގްރޫޕްގެ ފަހު މެޗުގެ ތައްޔާރީތަކުގެ ތެރެއިން ފްރާންސުން ޖަރުމަނުގެ ޕަޑެބޯންގެ 21 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ކުޅެފި އެވެ.

އެ ގޮތުން، އެމްބާޕޭ، 25، ވަނީ ޕަޑެބޯންއާ ދެކޮޅަށް ފްރާންސް އިން ކުޅުނު މެޗުގެ 60 މިނިޓް ކުޅެފަ އެވެ.

ފްރާންސް އިން މި މެޗުގައި، ޕަޑެބޯންގެ ޔޫތު ޓީމާ ދެކޮޅަށް ކުޅުވީ، ގްރޫޕްގެ ދެ ވަނަ މެޗުގައި، ނެދަލެންޑްސްއާ 0-0 އިން އެއްވަރުވި މެޗުގައި ބޭނުންނުކުރާ ކުޅުންތެރިންނެވެ.

ފްރާންސް އިން ގްރޫޕްގެ ފަހު މެޗުގައި، ޕޮލެންޑާ ކުޅޭއިރު، އެ ޓީމު ވަނީ ކަޓައިފަ އެވެ. އެހެންކަމުން، މި މެޗުގައި ފްރާންސް އިން ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ދޭނެ އެވެ.

މި ފަހަރުގެ ޔޫރޯގެ ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތު ކަށިގަނޑަށް ލިބުނު އަނިޔާއާ ހެދި އެ މެޗުގައި އޭނާ ބަދަލުކުރި އެވެ. ގިނަ ޓެސްޓްތަކެއް ހެދިއިރު، އެމްބާޕޭގެ ނޭފަތު ކަށިގަނޑުގެ އޮޕަރޭޝަނެއް ކުރަން ޖެހޭކަން ކަށަވަރުވި ނަމަވެސް އޭނާ ވަނީ ޔޫރޯ އަށް ފަހު އެކަން ކުރަން ނިންމައިފަ އެވެ.

ދާދި ފަހުން ރެއާލަށް ބަދަލުވި އެމްބާޕޭ، ކުޅުމަށް އެނބުރި އަންނަން މާސްކެއް އަޅަން ނިންމިއިރު، އޭނާ ބޭނުންކުރަން ފުރަތަމަ ފަރުމާކުރި މާސް އަޅަން ހުއްދަ ނުލިބުނެވެ. ޔުއެފާގެ ގަވާއިދު ބުނާގޮތުން މެޑިކަލް ކަމެއްގައި ކުޅުންތެރިއަކު ބޭނުންކުރާ މާސްކް ފަދަ އެއްޗެއް ހުންނަން ޖެހޭނީ އެއް ކުލައެއްގަ އެވެ. އެކަމަކު، އެމްބާޕޭ މާސްކް ހެދީ ފްރާންސްގެ ދިދައިގެ ތިން ކުލަޔާއި އޭނާގެ ބްރޭންޑް ނަން ހިމަނައިގެންނެވެ. އެ މާސްކް ބޭނުންކުރަން ޔުއެފާ އިން ހުއްދަ ނުދިނުމުން، އެމްބާޕޭ އެޅީ އެއްކޮށް ކަޅު ކުލައިގެ މާސްކެކެވެ.

ގްރޫޕް ފަހު މެޗުގައި، އެމްބާޕޭ އަށް ކޮންމެ ވެސް ވަރަކަށް ކުޅުމުގެ ފުރުސަތު ދޭން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox