ފުރަތަމަ މެޗު ހަނދާން ނައްތާލައި ރެބްރޯވްގެ ފޯކަސް ނަތީޖާއެއް ނެރެން

Jun 21, 2024, 8:58 AM
ފުރަތަމަ މެޗު ހަނދާން ނައްތާލައި ރެބްރޯވްގެ ފޯކަސް ނަތީޖާއެއް ނެރެން

ޑަސެލްޑޯފް (ޖޫން 21) - ޔޫރޯގެ ގުރޫޕް އީގައި ކުޅުނު ފުރަތަމަ މެޗުގައި ރޫމޭނިއާ އަތުން ލަދުވެތި ގޮތަކަށް ބަލިވި މެޗުގެ މަތިން ހަނދާން ނައްތާލައި، މި ގުރޫޕްގައި މިރޭ ސްލޮވާކިއާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރަން ޓީމު އެކަތިގަނޑަކަށް ވާންޖެހޭ ކަމަށް ޔޫކްރެއިންގެ ކޯޗު ސާހޭއި ރެބްރޯވް ބުނެފި އެވެ.

މި ގުރޫޕްގައި ޔޫކްރެއިނުން ކުޅުނު ފުރަތަމަ މެޗުގައި ރޫމޭނިއާ އަތުން އެ ޓީމު ބަލިވީ 3-0 އިންނެވެ.

އެހެންކަމުން، މި މުބާރާތުގައި ކުރިއަށް ދިއުމަށް މިރޭ ސްލޮވާކިއާއާ ދެކޮޅަށް ކުޅޭ މެޗުގެ މުހިންމުކަން ޔޫކްރެއިން އަށް ބޮޑެވެ.

މެޗުގެ ކުރިން ވާހަކައްކަމުން ރެބްރޯވް ބުނީ ދެ ވަނަ މެޗަށް ނުކުންނައިރު ފުރަތަމަ މެޗުގެ ނަތީޖާ ހަނދާން ނައްތާލަންޖެހޭ ކަމަށެވެ.

"އެންމެންނަށް ވެސް އަހަރަމެންގެ ކުޅުން ރަނގަޅުކުރަން ޖެހޭކަން. މި އަށް ވުރެ ވަރުގަދަ ރޫހެއް ބޭނުންވާކަން. ފުރަތަމަ މެޗުން ބަލިވުމުގެ ޒިންމާ އެންމެންވެސް އުފުލާ. އަހަރެން ވެސް އަދި ކުޅުންތެރިން ވެސް،" ރެބްރޯވް ބުންޏެވެ.

ރެބްރޯވް ބުނީ ފުރަތަމަ މެޗަށްފަހު އެ ޓީމުގެ ޗޭންޖިން ރޫމުން ހުރިހާ އޮފިޝަލުން ނެރެ، ކުޅުންތެރިން ވަކިން މީޓިން އެއް ބޭއްވި ކަމަށެވެ.

"ފަހަރެއްގައި މިއީ ޖަރުމަންގައި މިއީ އާންމު ކަމެއް ނޫން. އެކަމަކު، ޔޫކްރޭންގައި މިއީ ކުރާ ކަމެއް. އެންމެން ވަކިން ތިބެގެން ގޯސްކޮށް ކުރެވުނު ކަންތައްތަކާމެދު މަޝްވަރާކޮށް، ސުވާލުކޮށް ހެދުން،" ރެބްރޯވް ބުންޏެވެ.

މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން މޮޅުވެ ސްލޮވާކިއާ އޮތީ ތިން ޕޮއިންޓާ އެކު އެވެ. މިރޭގެ މެޗުން މޮޅުވެއްޖެނަމަ، ސްލޮވާކިއާ އަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭނެ އެވެ. ޔޫކްރެއިނުން މިރޭގެ މެޗުން މޮޅެއް ނުވަތަ މަދުވެގެން ޕޮއިންޓެއް ބޭނުންވެ އެވެ.

ޔޫކްރެއިނާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ތިން މެޗުން ސްލޮވާކިއާ ވަނީ ބަލިވެފަ އެވެ. ދެ މެޗުން ސްލޮވާކިއާ މޮޅުވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. މިއީ މި ދެ ޓީމުން މުބާރާތެއްގައި ބައްދަލުކުރާ ފުރަތަމަ ފަަހަރެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox