ހާސްކަން ފިލުވާލައި ސްކޮޓްލެންޑުން ތައްޔާރުވަނީ އާ ޕްލޭނަކާ އެކު

Jun 19, 2024, 5:17 AM
ހާސްކަން ފިލުވާލައި ސްކޮޓްލެންޑުން ތައްޔާރުވަނީ އާ ޕްލޭނަކާ އެކު

ކޮލޯން (ޖޫން 19) - ޔުއެފާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗަށް ސްކޮޓްލެންޑުން ނުކުންނަނީ އާ ޕްލޭނަކާ އެކު ބޮޑެތި ބަދަލުތަކެއް ގެނެސްގެން، ފުރަތަމަ މެޗުގެ އެ ކަންކަމުން ދިމާވި ހާސްކަން ހަނދާނުން ފޮހެލައިގެން ކަމަށް އެ ޓީމުގެ ކޯޗުގެ ސްޓީވް ކްލާކް ބުނެފި އެވެ.

ސްކޮޓްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން, މުބާރާތް ބާއްވާ ގައުމު ޖަރުމަނު އަތުން 5-1 އިން ވަނީ ބަލިވެފަ އެވެ. މި މެޗުގައި ސްކޮޓްލަންޑްގެ ރިޔާން ޕޯޓެއުސް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އަދި ސްކޮޓްލެންޑުން ގްރޫޕް ސްޓޭޖުގައި ދެން ކުޅެން ޖެހޭ ދެ މެޗުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.

މި ކަމަށް އިޝާރާތްކޮށް ކްލާކް ބުނީ, މިއީ ލިބުނު ހައިރާން ކަމެއް ކަމަށެވެ. އެކަމަކު، ސްކޮޓްލެންޑުން މުބާރާތައް ނުކުތީ މާޔޫސްވާން ނޫން ކަމަށާއި, ސްވިޒަލެންޑާ ދެކޮޅަށް ނުކުންނާނީ މުޅިން އާ ޕްލޭނަކާ އެކުގައި ކަމަށެވެ.

"ޕޯޓުއެސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް އައުން އެއީ މުޅި ސްކޮޓްލެންޑް ޓީމަށް ލިބުނު ހައިރާން ކަމެއް. އެކަމަކު، އެކަމާ ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރަން އަހަރެން ބޭނުމެއް ނޫން. އަހަރެން ކުރިއަށް މި އޮތް މެޗަށް (ސްވިޓްޒަލެންޑާ ދެކޮޅަށް ނުކުންނަ މެޗު) އަށް ނުކުންނާނީ މުޅިން އާ ޕްލޭނަކާ އެކު" ކްލާކް ބުންޏެވެ.

އިނގިރޭސި ފުޓްބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ކޯޗު ކްލާކް ބުނީ ޖަރުމަނު އަތުން ބަލިވުމުގައި، މާ ގިނަ އެއްޗެހި ކުޅުންތެރިންނަށް ކިޔައިދެވުމުން، ކަންކަމުގައި ރިއެކްޓްކުރާނެގޮތް ކުޅުންތެރިންނަށް ނުވިސްނުނީ ކަމަށެވެ. އެހެންވެ، އެ ކަންކަމުން ކުރިމަތިވި ހާސްކަމުން އަރައިގަނެ، ވީހާވެސް ވިސްނުންތެރިކަމާ އެކު ދެން ކުރިއަށްދާން ޖެހޭ ކަމަަށެވެ.

ސްވިޓްޒަލަންޑަކީ ވަރުގަދަ ޓީމެއް ކަމަށާއި މި ގްރޫޕްގެ އެއްވެސް މެޗެއް ފަސޭހަ ނުވާނެ ކަމަށް ކްލާކް ގަބޫލުކުރެ އެވެ.

ކްލާކް ބުނީ ސްކޮޓްލަންޑުން ފުރަތަމަ މެޗުގައި ދެއްކި ދަށް ކުޅުން ދެ ވަނަ މެޗުގައި ތަކުރާރުވާން އެ ޓީމުން އެއްގޮތަކަށް ވެސް ނޭދޭ ކަމަށެވެ. އެއީ ސްވިޓްޒަލަންޑް މެޗު ކާމިޔާބު ކުރަން ލިބޭ "މޯޓިވޭޝަނެއް" ކަމަށް ކްލާކް ދެކެ އެވެ.

ކްލާކް ބުނީ, ސްކޮޓްލެންޑުން ފަހު ދެ މެޗަށް ނުކުންނައިރު, އެ ޓީމުގެ ޓާގެޓަަކީ މި ދެ މެޗުން މަދުވެގެން ހަތަރު ޕޮއިންޓް ހޯދުން ކަމަށެވެ. އަދި އެކަން ހާސިލް ކުރެވޭ ފެންވަރު ސްކޮޓްލެންޑް ޓީމުގައި އެބަހުރި ކަމަށް ކްލާކް ގަބޫލުކުރެ އެވެ.

ސްކޮޓްލެންޑަށް އަދި ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވެ އެވެ.

ސްކޮޓްލެންޑާއި ސްވިޒަލެންޑް ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox