ސާފްގެ ދެ މުބާރާތެއްގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕަކަށް

Jun 8, 2024, 11:25 AM
ސާފްގެ ދެ މުބާރާތެއްގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕަކަށް

ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން، ސާފް އިން މި އަހަރު ބާއްވާ އުމުރުފުރާ ދެ މުބާރާތެއްގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕެއްގައި ވާދަކުރަން ޖެހިއްޖެ އެެވެ.

ސާފް އިން މި އަހަރު ބާއްވާ ތިން މުބާރާތެއްގެ ގުރުއަތުލުން މިއަދު ވަނީ ކުރިއަށްގެންގޮސްފަ އެވެ. އެއީ، 17 އަހަރުން ދަށުގެ މުބާރާތާއި 20 އަހަރުން ދަށުގެ މުބާރާތުގެ އިތުރުން ސާފް ވިމެންސް ޗެމްޕިއަންޝިޕް އެވެ.

އެ ގޮތުން، އެންމެ ފުރަތަމަ އޮތީ އަންނަ އޮގަސްޓް 16-28 އަށް ނޭޕާލުގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތެވެެ. އެ މުބާރާތުގައި ރާއްޖެ ހިމެނެނީ، އިންޑިއާ އާއި ބޫޓާނާ އެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ މެދުގައި މާދަމާ ފަށާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަކީ، ސާފް 20 އަހަރުން ދަށުގެ މުބާރާތާއި އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ޓީމު އެކުލަވާލުމުގެ އަމާޒުގައި ކުރިއަށްދާ މުބާރާތެކެވެ.

ބޫޓާނުގައި ސެޕްޓެމްބަރު 18-28 އަށް ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ، އިންޑިއާ އާއި ބަންގްލަދޭޝާ އެއް ގްރޫޕެއްގަ އެވެ. އަނެއް ގްރޫޕްގައި ހިމެނެނީ، ބޫޓާން، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާ އެވެ.

މި މުބާރާތައް ތައްޔާރުވާން 16 އަހަރުން ދަށުގެ ޔޫތު މުބާރާތެއް ބާއްވަން އެފްއޭއެމް އިން ޝެޑިއުލްކޮށްފައިވެ އެވެ.

ސާފް ވިމެން ޗެމްޕިއަންޝިޕް މި ފަހަރު އޮތީ އޮކްޓޫބަރު 17-30 އަށް ނޭޕާލުގަ އެވެ. އެ މުބާރާތުގައި ރާއްޖެ ހިމެނެނީ، ނޭޕާލް، ސްރީ ލަންކާ އަދި ބޫޓާނާ އެކު ގްރޫޕް ބީގަ އެވެ. ގްރޫޕް އޭގައ ހިމެނެނީ، އިންޑިއާ އާއި ބަންގްލަދޭޝް އަދި ޕާކިސްތާން އެވެ.

ރާއްޖޭގައި އަންހެން ފުޓްބޯޅަ އަށް ހާއްސަ މުބާރާތެއް ނުބާއްވާތާ ގިނަ އަހަރުތަކެއް ވަނީ ވެފަ އެވެ. އެހެން ނަމަވެސް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ މެޗުތައް އެކި ފަހަރު މަތިން ކުޅެފައިވާއިރު، އެންމެ ފަހުން 2022 ގައި ބޭއްވި މުބާރާތުގައި ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ވެސް ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox