ކެރިއަރުގައި ދަށް އަހަރަކަށް ފަހު ކުޑަ އައްޔަގެ އެނބުރި އައުން ވަރުގަދަ

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ތެރެއިން ކުޑަ އައްޔަ.--- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ މޯލްޑިވްސް ޕްރޯގެ ތެރެއިން ކުޑަ އައްޔަ.--- ފޮޓޯ: އަދަދު

މިދިޔަ އަހަރަކީ ކެރިއަރުގައި ދިމާވި އެންމެ ދަށް އަހަރު ކަމަށާއި މި ފަހަރުގެ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރުގެ ދެ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދުމާ އެކު، ވަރަށް ހިތްހަމަޖެހޭ ކަމަށް ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ބުނެފި އެވެ.

މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ފުރަތަމަ މުބާރާތް ބުރުނު ޝިކާރުގެ މެންސް އޯޕަން އާއި ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ކުޑަ އައްޔަ އެވެ. މިއީ، ކުޑަ އައްޔަ، މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނަކީ، އަޝްރަފް ހަސަން އެވެ.

މި ފަހަރުގެ ކާމިޔާބަށް ފަހު، އައްޔަ ބުނީ، މިއީ 22 އަހަރުވީ އޭނާގެ ކެރިއަރުގައި ދިމާވި އެންމެ ދަށް އަހަރުގެ ކަންކަމުން އަރައިގަނެ، ކުރީގެ ފޯމަށް އެނބުރި ދިއުމަށް ރަނގަޅު ކާމިޔާބެއް ލިބުނު ފަހަރެއް ކަމަށެވެ.

"ވަރަށް ބޮޑަށް ހިތްހަމަޖެހިފައި މި ހުރީ. ދެ ކެޓަގަރީން ވެސް އެއް ވަނަ ލިބުނީމަ، އައްޔަ އަބަދުވެސް ބުނާ ވާހަކައެއް ކޮންމެ މުބާރާތެއްގައި ވެސް ބޭނުންވަނީ އެއް ވަނަ ހޯދަން. އެ އަޒުމުގައި ނުކުމެ މި އަހަރު ވެސް މި ހުރީ، އުފާކުރަން ބުރުނު ޝިކާރު ސީރީސް، ހަ ވަނަ ސީރީސްގެ ދެ ކެޓަގަރީން ވެސް އެއް ވަނަ ލިބުނީމަ،" ކާމިޔާބަށް ފަހު ކުޑަ އައްޔަ ބުންޏެވެ.

ކުޑަ އައްޔަގެ އިސްނެގުމާ އެކު، މީގެ އަށް ވަރަކަށްް އަހަރު ކުރިން، "ރާއްޖެ ބޮޑީބޯޑިން"ގެ ނަމުގައި، ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކްލިނިކްތަކެއް ހިންގައި، ޒުވާން ބޮޑީބޯޑަރުންތަކެއް އުފެއްދުމުގެ މަސައްކަތް ފަށައިގަނެފަ އެެެެވެ. އެ ގޮތުން، ފުވައްމުލަކުގައި ހިންގި، ރާއްޖެ ބޮޑީބޯޑިންގެ ކްލިނިކްތަކުގެ ފައިދާކުރާކަން، މިހާރު ބާއްވާ ގައުމީ މުބާރާތްތަކުގައި ފެންނަ އެތުލީޓުން ފެންނަ ކަމަށް ކުޑަ އައްޔަ ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ބުރުނު ޝިކާރުގެ ފައިނަލްގެ ތެރެއިން ކުޑަ އައްޔަ ރާޅާ އަޅަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު

"ޔަންގް އެތުލީޓުން މީގެ ތެރެއިން ނުކުތީމަ ވަރަށް އުފާވޭ، އައްޔައާ އެއްވަރަށް، އައްޔަ އަށް ވުރެ މޮޅު ރާޅާ އަޅާ ކުދިން އުފެދޭތީ ވަރަށް އުފާވޭ. އެންމެ ކުރިން ވެސް ބޭނުންވާ އެއް ކަންތައް އެއީ، އަންނަ ޖެނެރޭޝަން އައްޔަ އަށް ވުރެ މޮޅަށް ރާޅާ އަޅަން.،" ކުޑަ އައްޔަ ބުންޏެވެ.

"ރާއްޖެ ބޮޑީބޯޑިން ކިޔާ އިވެންޓެއް، ޔަންގް އެތުލީޓުންނަށް ބާއްވަނީ، އޭގަ ކްލިނިކެއްގެ ގޮތުގައި ކިޔައިދެނީ، ވަރަށް އުފާކުރަން އޭގެ ތެރެއިން، އުފެދިގެން މިއައީ، ފުވައްމުލަކުން ވަރަށް ރަނގަޅު، މޮޅު އެތުލީޓުންތަކެއް، ރާއްޖެ ބޮޑީބޯޑިންގެ ނަތީޖާ ފުވައްމުލަކުން ފެންނާތީ ވަރަށް އުފާކުރަން،"

ކުޑަ އައްޔަގެ މި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިއަކަށް އޮތް އެއް ބަޔަކީ، 2005 އިން ފެށިގެން އޭނަގެ ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާ، ސީ ސްޕޯޓްސް އެވެ. ކުޑަ އައްޔަ ވަނީ، މި ފަހަރުގެ ބުރުނު ޝިކާރުގެ ޖޫނިއާ ޗެމްޕިއަން، މުހައްމަދު އަޒާން އަހުމަދު އަށް މަރުހަބާ ކިޔައިފަ އެވެ. އަޒާން ވެސް ވަނީ ސީ ސްޕޯޓްސްގެ އެމްބަސަޑަރެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox