ހަންޏާސް ކަޕް: ގޯޅި ބަލިކޮށް މަގުކޮޅު ސްޕޯޓްސް ސެމީ އަށް

ހަންޏާސް ކަޕް: ގޯޅި ބަލިކޮށް މަގުކޮޅު ސްޕޯޓްސް ސެމީ އަށް

މައިނާ ހަންޏާސް ކަޕް 2024 ގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި އެފްސީ ގޯޅި ބަލިކޮށް މަގުކޮޅު ސްޕޯޓްސް ކުލަބުން ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.

ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގޯޅީގެ މައްޗަށް މަގުކޮޅުން ކުރިހޯދީ 7-6 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ތިންވަނަ މިނެޓުގައި ގޯޅިން ވަނީ ގޯލު ޖަހާ ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަލީ އަޒުމީ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ގޯޅިން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ އަހުމަދު ހުމާމް އެވެ.

އެކަމަކު، އޭގެ މިނެޓެއް ފަހުން މަގުކޮޅުގެ ކެޕްޓަން މުހައްމަދު ޖައިލަމް (އޮގީ) ގޯލެއް ޖަހާ ފަރަގު ކުޑަކުރި އެވެ. މެޗުގެ 16 ވަނަ މިނެޓުގައި އަޒުމީ ވަނީ އިތުރު ގޯލެއް ޖަހާ ގޯޅީގެ ލީޑު ފުޅާކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އޮގީ ވަނީ ލިބުނު ހިލޭ ޖެހުމަކުން ގޯލު ޖަހާ އަލުން ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު، އަޒުމީ ވަނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ގޯލު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ގޯޅީގެ ލީޑު އަލުން ފުޅާކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މަގުކޮޅުގެ އަހުނަފް ޒާހިރު ވަނީ ގޯލު ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އަދި އޭގެ މިނެޓެއް ފަހުން އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެކަމަކު، އޭގެ ތިން މިނެޓު ފަހުން އަޒުމީ ވަނީ އިތުރު ގޯލެއް ޖަހާ އަލުން ގޯޅި އަށް ލީޑު ނަގާދީފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އަބްދުالله ޝިފާޒް ގޯލު ޖަހާ ގޯޅީގެ ލީޑު ފުޅާކުރި އެވެ.

މެޗުން މަގުކޮޅު މޮޅުކޮށްދިން ދެ ގޯލު ޖެހާ އަހުނަފް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ މަގުކޮޅުން ނުކުންނާނީ, ގްރޫޕް އޭގެ އެއް ވަނަ ރޯޔަލް ނައިޓްއާ ދެކޮޅަށެވެ. ދެ ވަނަ ސެމީގައި އެންމެ ފަހުގެ ޗެމްޕިއަން ލަކުޑިން ނުކުންނާނީ ރައިވަލްސް ޔުނައިޓެޑްއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox