ޓެކްނިކަލް މައްސަލައެއް ދިމާވެގެން ރައީސްގެ ވާހަކަ މެދުކެނޑި، ޖަލްސާގެ ލައިވް ކަނޑާލައިފި

Dec 20, 2023, 6:14 PM
ކަންގަތި އެވޯޑް ދިނުމުގެ ރަސމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވީ. ފޮޓޯ: ރައީސް އޮފީސް

ކަންގަތި އެވޯޑް ދިނުމުގެ ރަސމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވީ. ފޮޓޯ: ރައީސް އޮފީސް

މިރޭ ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަފުޅުގެ މެދުތެރެއިން "ޓެކްނިކަލް މައްސަލައެއް" ޖެހިގެން ވާހަކަ ނުދައްކަވާ ފަސް މިނެޓު ހުންނެވުމުން، ޖަލްސާގެ ލައިވް ކަނޑާލަންޖެހިއްޖެ އެވެ.

ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ދޭ "ކަންގަތި އެވޯޑް" ޖަލްސާއަށް ރައީސް މުއިއްޒު ވަޑައިގަތީ އެ ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުންނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަން ފެއްޓެވުމަށްފަހު އަށް މިިނެޓާއި 13 ސިކުންތު ފަހުން ރައީސްގެ ވާހަކަ މެދުކެނޑުނެވެ.

އިރުކޮޅެއް ހުންނެވުމަށްފަހު ރައީސް ވިދާޅުވީ "މާފު ކުރައްވާ، ކުޑަކުޑަ ޓެކްނިކަލް މައްސަލައެއް، މިކަހަލަ ނިޒާމެއްގައި ދިމާވެދާނެ" ކަމަށެވެ. ވާހަަކަ ނުދައްކަވާ ޕޯޑިއަމް ކައިރީ ރައީސް ފަސް މިނެޓާއި 15 ސިކުންތު ހުންނެެވި އެވެ. އޭގެ ފަހުން ޖަލްސާގެ ލައިވް ކަނޑާލީ އެވެ.

އަލުން ޖަލްސާ ދައްކަން ފެށިއިރު ވާހަކަ ދައްކަނީ އެހެން ބޭފުޅެކެވެ. ނަމަވެސް ފަހުން ރައީސް ވަނީ އެމަނިކުފާނުގެ ތަގުރީރުގެ ބާކީ ބައި ފުރިހަމަކުރައްވައިފަ އެވެ.

މިރޭގެ ވާހަކައިގައި ރައީސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި ސަރުކާރުން އެދުނު ގޮތަށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަށް ކަނޑައަޅައިދޭން އެދުނު ބަޖެޓު ރައްޔިތުންގެ މަޖިލީހުން އުނި ކުރުމުން އެކަމުގެ ކަންބޮޑުވުން ވެސް ރައީސް ފާޅުކުރެއްވި އެވެ.

"އަޅުގަނޑުގެ މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހީންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން. ދެން ތިޔަ ބޭފުޅުން ހުރިހައި ދިވެހި ރައްޔިތުން ވިސްނަވާ. މި ކަންކަން ކުރެވޭނީ ބަޖެޓު ލިބިގެން. ފައިސާ ލިބިގެން. އެކަމަކު މި ފަދަ ފުން ހައްސާސީ މައްސަލައަކަށް ހިމެނިފައިވާ ބަޖެޓު އޮތް ގޮތަށް އުނިކޮށްލުމަކީ ކޮންފަދަ ކަމެއްތޯ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox