ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމަކީ ގައުމަށް ޣައްދާރުވުން: ރައީސް މުއިއްޒު

މިރޭގެ ހަފުލާގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ގައުމަށް ލިބޭ ގެއްލުމަކަށް ނުބަލާ މަސައްކަތް ކުރަނީ ފިނޑިން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ހަފުލާގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ގައުމަށް ލިބޭ ގެއްލުމަކަށް ނުބަލާ މަސައްކަތް ކުރަނީ ފިނޑިން ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމުގެ ރައްޔިތުންނާއި ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ނިންމުމަކީ ޣައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރެވޭނެ ފަސޭހަ މަގެއް ހޯދުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތަކެއް ކޮށްފައިވާއިރު، މިރޭ ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "ތިމާމެންގެ އާރާއި ބާރު ދައްކާލަން ބޭނުންވީމާ" ގައުމަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ޣައްދާރުވުން ކަމަށެވެ.

"ގާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ހާއްސަކޮށް ތިމާމެންގެ އާރާބާރު ދައްކާލާން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ގައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ގައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

މިރޭގެ ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ބޭރުގެ އެއްވެސް ދައުލަތެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެ ނުތިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އިންޑިއާ ސިފައިން ރާއްޖޭން އަނބުރާ ގެންދިޔުމަށް ވެރިކަމުގެ ފުރަތަމަ ދުވަހު ދިވެހި ސަރުކާރުން އެ ދައުލަތަށް އެންގިން. އަދި އެކަމާ ބެހޭ އިންތިޒާމުތަކާ ބެހޭ ގޮތުން މަތީފެންވަރުގައި ދެ ދައުލަތުގެ ދެމެދުގައި މަޝްވަރާތައް ކުރިޔަށް އެބަދޭ. އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވާފައިވާ ޔަގީންކަމަކީ އިންޑިއާ ސިފައިން އަނބުރާ ރާއްޖެއިން ގެންދާނެކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސެޕްޓެމްބަރުގައި ނިމިދިޔަ ރިޔާސީ ކެމްޕެއިނުގައި އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމަށެވެ.

"ރަސޫލާ ސަލަﷲ އަލައިހިވަސައްލަމް ހަދީސް ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ މުނާފިގުން ވާހަކަ ދައްކާ ނަމަ ދޮގު ހަދާނެ ކަމަށް. ވައުދެއްވެއްޖެ ނަމަ އެ ވައުދާ ހިލާފުވެ ހިޔާނާތްތެރިވާނެކަމަށް،" ރައީސް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހިރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ އަޅުގަނޑުވެއްޖެ ވައުދަކަށް އަޅުގަނޑު އަމާނާތްތެރިވާނަންކަން."

އިންޑިއާ ސަރުކާރާއެކު ވެފައިވާ ހައިޑްރޮގްރަފީ އެއްބަސްވުން ކުރިއަށް ނުގެންދަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅޭ ގޮތުން ވެސް ރައީސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑީގެ "ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހިންނަށް މަސްލަހަތު ހުރި ކަމެއް ނޫން" ކަމަށެވެ.

"ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް. ދިވެހީންގެ ގައުމީ ވާޖިބެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. "ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން."

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox