ވެރިކަމަށް 18 ދުވަސް ފާއިތުވި އިރުވެސް އިންޑިއާ ސިފައިންގެ އަދަދު ރައީސަށް ޔަގީންނުވާތީ މެމްބަރުންގެ ފާޑުކިޔުން

ރައީސް ޑރ.މުހައްމަދު މުއިއްޒު އިދިކޮޅުގައި ހުންނެވި އިރު، ޕީޕީއެމުން ހިންގި "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބި ސީދާ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފާޑުވިދާޅުވި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ރައީސް ޑރ.މުހައްމަދު މުއިއްޒު އިދިކޮޅުގައި ހުންނެވި އިރު، ޕީޕީއެމުން ހިންގި "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބި ސީދާ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު އިއްޔެ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ފާޑުވިދާޅުވި. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

އާ ސަރުކާރަށް 18 ދުވަސް ފާއިތުވި އިރުވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ޔަގީންކަމާއެކު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ރައީސް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރީ އިންޑިއާ ސިފައިންގެ ސީދާ އަދަދު އެނގިވަޑައިގަންނަވާތޯ އެވެ. އެހެންނަމަވެސް، އެ އަދަދު ޔަގީންކަމާއެކު ވިދާޅުވާން ރައީސަށް އެނގިވަޑައިނުގެންނެވި އެވެ. މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު މެމްބަރުންް ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

"އެ އަދަދު އެއަށްވުރެ ވެސް އިތުރު ވެދާނެކަމަށް ގަބޫލު ކުރިން، އެހެންނަމަވެސް، ވެރިކަން ބަދަލު ވެގެން 20 ދުވަސް ވެގެން ދިޔައިރު ރާއްޖޭގެ ރައީސް ވިދާޅުވަނީ 89 ސިފައިންނޭ މިހާރު ތިބީ، ހަތިޔާރު އޮތުމާއި ނެތުން މުހިންމެއް ނޫނޭ، އެކި ވުޒާރާތަކުން ދެއްވަނީ އެކި އަދަދޭ، އެހެންވީމަ އަދަދު ސާފު ނުވެގެނޭ މިއުޅެނީ،" އިއްޔެ ރައީސް ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވައި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވި އެވެ.

Advertisement

ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގައި ތިބީ 77 ސިފައިން ކަމަށް މީގެ ކުރިން ސަރުކާރުން ހާމަ ކޮށްފައިވެ އެވެ. ނަމަވެސް ރައީސް އިއްޔެ ވިދާޅުވީ ކުރިން ސަރުކާރުން ހާމަކުރި އަދަދަށްވުރެ އިންޑިއާ ސިފައިން އިތުރުވުން އެކަށީގެންވާ ކަމަށެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޒިޔާދު ވިދާޅުވީ، ބިރުވެރިކަމަކީ 77 އިން 89 އަށް 15 ދުވަސް ތެރޭ ސިފައިންގެ އަދަދު އިތުރުވެގެން ދިޔުމެވެ. މި އަދަދު އިތުރުވަނީ ކިހިނެއްތޯ ބެލުން މުހިންމު ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ. ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ މިއަދު ކުރަން ޖެހޭ އެންމެ މުހިންމު ސުވާލަކީ އެއީ ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"ޑޮކްޓަރުންނާއި ނަރުހުންނާ ލައިގެން ވެސް އެބޭފުޅުން އެ ވިދާޅުވާ އަދަދު ހަމައެއް ނުވޭ،" ޒިޔާދު ވިދާޅުވި އެވެ.

އޭގެ އިތުރުން، އިންޑިއާ ސިފައިން ތިބި އަދަދު ނޭނގޭތީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވެސް ވަނީ މިއަދުގެ ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

"18 ދުވަސް ފަހުން ތިބީ ކިހާ އަދަދެއްތޯ ބަލަން ސުވާލުކުރީމަ މި ބުނަނީ އަދި ބަލާލަންށޭ ޖެހޭނީ، ހަތިޔާރު އެޅި ސިފައިން ހޯދާ ވާހަކަ މި ދައްކަނީ. ހޮރުތަކުގައި ތިބި މީދާތަކެއް ހޯދާ ވާހަކައެއް ނޫން،" ޝަހީމް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ ސަރުކާރާމެދު ވެފައިވާ އެއްބަސްވުންތައް ހާމަކޮށްފައިނުވާތީ ވެސް ޝަހީމް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.

"ކޮޕް ސަމިޓަށް ވަޑައިގެން އިންޑިޔާ ސިފައިން ފޮނުވާލުމަށް އެވީ އެއްބަސްވުން ހާމަ ކުރާށޭ، ރާއްޖޭގެ މިލްކުވެރިކަމާއި އިސްތިގްލާލާއި މިނިވަންކަން ގެއްލޭ ފަދަ ގޮތަށް ކުރީ ސަރުކާރުން ވެފައިވާ ކަމަށް އެ ބުނާ އެއްބަސްވުންތައް ހާމަ ކުރާށޭ، އެ މާއްދާތައް ވެސް ހާމަ ކުރާށޭ،" ޝަހީމް ވިދާޅުވި އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް، އިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ރާއްޖޭގައި އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox