މެޑިކަަލް ޗެކަޕް ހެދުން އަދި އައިވީއެފްގެ ފަރުވާ އާސަންދައިން ހިލޭ ދެނީ

ފިހާރައެއްގެ ބޭރުގައި ހުރި އާސަންދަ ބޯޑެއް; ވައުދުވެވަޑައިގެންނެވި ކަންތައް ތަންފީޒުކުރަން އާސަންދަ ގަވައިދު އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: އަދަދު

ފިހާރައެއްގެ ބޭރުގައި ހުރި އާސަންދަ ބޯޑެއް; ވައުދުވެވަޑައިގެންނެވި ކަންތައް ތަންފީޒުކުރަން އާސަންދަ ގަވައިދު އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: އަދަދު

މެޑިކަލް ޗެކަޕް ހެދުމާއި އައިވީއެފް ހިމެނޭހެން ދަރިމައިވުމުގެ ފަރުވާ އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ހިދުމަތް އާސަންދައިގެ ދަށުން ދިނުމަށް ވެވަޑައިގެންނެވި ވައުދުތައް ތަންފީޒުކުރައްވަން އާސަންދައިގެ ގަވާއިދު އިސްލާހުކޮށް, އުސޫލު އެކުލަވާލައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭން ތެރޭގައި ވައުދުވެވަޑައިގެންނެވި ފަދައިން އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސަން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދިރާސާކޮށް ނިންމާފައިވާ ކަމަށެވެ.

"އެކަން [އައިވީއެފް ޓްރީޓްމަންޓް ހިމެނޭހެން ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް] ހިމެނޭހެން އާސަންދަ ސްކީމުގެ ގަވައިދު އިސްލާހުކޮށް ގެޒެޓު ކުރާނަން. އަދި އައިވީއެފް, އައިޔޫއައި ދެވޭގޮތުގެ އުސޫލެއް އެކުލަވާ އިއުލާނު ކުރާނަން،" ރައީސް ވިދާޅުވި އެވެ.

Advertisement

އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ފަރުވާތައް އަމިއްލަ ހޮސްޕިޓަލްތަކުން ވެސް ހިދުމަތް ދެވޭ ގޮތް ހަމަޖައްސަވައި އަދި އެ މަސައްކަތް ނިމޭއިރު އާސަންދަ ކަވާ ކުރާ ހޮސްޕިޓަލްތައް ކަނޑައަޅާނެ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ދަރިމައިވުމުގެ ފަރުވާގެ އިތުރުން ރާއްޖޭގައި ފާޓިލިޓީ ކެއާއަށް ހާއްސަ ސެންޓަރެއް އެކުލަވާލާ, އެކަމަށް ހާއްސަ ފަންޑެއް ވެސް އެކުލަވާލައްވާނެ ކަމަށެވެ.

"ފާޓިލިޓީ ކެއާއަށް ހާއްސަ ސެންޓަރެއް ގާއިމްކުރެވިގެންދާނެ. އަދި އެކަމަށް ހާއްސަ ފަންޑެއް, 30 މިލިއަން ރުފިޔާގެ ފަންޑެއް ދައުލަތުގެ ބަޖެޓުން ގާއިމްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

މެޑިކަލް ޗެކަޕް ވެސް އާސަންދައިގެ ދަށުން

ރައީސް ވިދާޅުވީ, މެޑިކަލް ޗެކަޕް ހިދުމަތެއްގެ ގޮތުގައި ހިމަނައިގެން އާސަންދައިގެ ދަށުން ހެދޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ކަހަލަ ޕެކޭޖުތައް ތައާރަފުކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޑޮކްޓަރުން ލަފާ ދީފި ނަމަ, އެ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދާދޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކަރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އިތުރުން, ހިދުމަތް ލިބެންހުރި އަދި އާސަންދަ ސްކީމުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލުތަކާއި މަރުކަޒުތަކުން ވެސް ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެއް ސިޔާސަތު، ބަލި ޖެހުމުގެ ކުރިން ބަލިން ރަނގަޅު ކުރާނަމޭ. އެއަށް ވަރަށް ބޮޑު އިސްކަމެއް ދޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ވައުދުވެވަޑައިގެންނެވި އަނެއް ކަމަކީ ބޯންމެރޯ ހަދާ ކުދިން, ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކަށް ބަދަލުވެއްޖެ ނަމަ ދައްކަންޖެހޭ ފައިސާ އާސަންދަ ސްކީމުގެ ދަށުން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.

ރައީސް ވިދާޅުވީ އެކަމަށް ދިރާސާ ކުރުމަށްފަހު މިއަދު ނިންމީ, އާސަންދަ ސްކީމުގައި އެންރޯލް ކޮށްފައިވާ ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑްކުރުމަށް ކަމަށެވެ. އަދި ބަލިމީހާ ބޭނުންވާ ހާލަތުގައި ހޮސްޕިޓަލް ބަދަލުވާއިރު, ގްރޭޑިންއަށް އަންނަ ތަފާތުގެ ސަބަބުން އިތުރަށް ދައްކަން ޖެހޭ ފައިސާ އާސަންދައިގެ ސްކީމުގެ ތެރެއިން ހަރަދު ހަމަޖައްސާ ގޮތަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އާސަންދައާ ބެހޭ މި ނިންމުންތަކާއެކު ނޫސްވެރިޔަކު ސުވާލުކުރީ އާސަންދަ ސްކީމުގެ ދަށުން ސިޔާސީ ބޭނުންތަކަށް ކުރާ ހަރަދުތަކަށް ހޯއްދަވައިދެއްވާނެ ހައްލަކާ ބެހޭގޮތުންނެވެ. ޖަވާބުގައި ރައީސް ވިދާޅުވީ އެކަމުގެ މައުލޫމާތު ކެމްޕޭން ތެރޭގައި ލިބިވަޑައިގެންނި ކަމަށާއި, ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިން އާސަންދަ ބޭނުން ކުރެވޭގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.

"ސީދާ ޗެކް އެންޑް ބެލެންސް ނިޒާމެއްގެ ތެރެއިން އާސަންދަ ބޭނުންކުރެވޭގޮތް ހަދާނަން،" އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox