ސަޕޯޓަރުން ޕީޕީއެމުން ޕީއެންސީއަށް ބަދަލުވަނީ އަމިއްލަ އިހުތިޔާރުގައި: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ޕީޕީއެމުން ޕީއެންސީއަށް މެންބަރުން ބަދަލުވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމްގެ ނައިބު ރައީސް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ޕީޕީއެމުން ޕީއެންސީއަށް މެންބަރުން ބަދަލުވަނީ އަމިއްލަ އިހުތިޔާރުގައި ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިބި ބައެއް ސަޕޯޓަރުން އެ ޕާޓީން ޕީއެންސީއަށް ސޮއި ދީފައި އެބަ ހުރި ކަމަށާއި އެއީ އަމިއްލަ އިހުތިޔާރުގައި އެ ގޮތް ބޭނުންވެގެން ބަދަލުވެފައިވާ ސަޕޯޓަރުން ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން، ޕީޕީއެމް/ޕީއެންސީގެ ލީޑަރަކަށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު ޖެހުނު އެންމެ ބޮޑު އެއް މައްސަލައަކީ ޔާމީން އޭރު ނިސްބަތްވާ ޕީޕީއެމުން ޕީއެންސީއަށް މެންބަރުން ބަދަލު ކުރަމުން ދިޔުމެވެ.

ޔާމީންގެ ޝަކުވާއަކަށްވީ، ޕީޕީއެމްގެ ހިންގުން ހުއްޓުވާފައި ބޭއްވުމެވެ. އެ ކަން ނިމުމަކަށް ގެންނަން ވެގެން ޕާޓީ ހިންގަން ކޮމިޓީއެއް ވެސް ނެންގެވި އެވެ. ނަމަވެސް ކޮމިޓީ ހިންގަން އިސްކޮށް ހުންނެވި މުހައްމަދު މަލީހު ޖަމާލު ޕާޓީން ވަކިކުރުމުން، ޔާމީން މިހާރު ވަނީ ޕީޕީއެމް ދޫކޮށްލައްވައިފަ އެވެ.

Advertisement

ޔާމީން ޕީޕީއެމް ދޫކޮށްލެއްވިކަން އިއުލާން ކުރެއްވުމުގެ ކުރިން ޝިޔާމް "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލު ކުރުމުގެ ވިސްނުމެއް ބަހައްޓައިގެން އެފަދަ އެއްވެސް މަސައްކަތެއް ހިނގަމުން ނުދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވެސް އެބަ އޮތް ވިދާޅުވެފަ. ޕީޕީއެމުންނެއް ނޫން، އެހެން ޕާޓީތަކުން ޕީއެންސީއަށް މެންބަރުން ގެނައުމޭ ފޯކަސްގައި އޮތީ،" ރައީސް މުއިއްޒުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރަކަށް ވެސް ހުންނެވި ޝިޔާމް ވިދާޅުވީ އެވެ.

ޕީޕީއެމުން ޕީއެންސީއަށް ބައެއް މެންބަރުން ވަންނަމުންދާ ކަން އެނގެ އެވެ. މި ފަހުން ވެސް ބައެއް ކައުންސިލްތަކުގައި ތިބި ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލަރުން ވަނީ ޕީއެންސީއަށް ވެސް ބަދަލުވެފަ އެވެ. ޝިޔާމް ވިދާޅުވީ އެއީ އެ ގޮތަށް ބޭނުންވެގެން ބަދަލުވާ މެންބަރުން ކަމަށެވެ.

"އެހެންވިޔަސް ވާނެ ގޮތަކީ ޕީޕީއެމްގެ މެންބަރަކު، ޕީއެންސީއަށް ބަދަލު ވަންޏާ، އެއްވެސް ގާނޫނަކުން ވެސް މަނާ ކުރަމެއް ނޫން ވީމަ، ހުއްޓުވޭނެ ކަމެއް ނޫން،" ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީ/ޕީޕީއެމްއަކީ އެއް ސިޔާސީ ފިކުރެއްގެ ދެ ޕާޓީއަކަށް ވުމުން އެއީ މައްސަލައަކަށް ވެސް ވެގެން ނުވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި އެ އިއްތިހާދުގެ ސަރުކާރުގެ ރައީސް ނިސްބަތްވާ ޕާޓީގައި ގިނަ އަދަދެއްގެ މެންބަރުން ތިބުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕީއެންސީ، ޕާޓީގައި މަދުވެގެން 15،000 މީހުން ތިބެން ވާނެ، އެ ކަމުގައި އަޅުގަނޑުމެންގެ އެއް ފިކުރެއްގެ ކޯލިޝަނަކަށް ވާތީވެ މެންބަރުން އިތުރު ކުރަން އެއްބާރު ލުން ދެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމް ނުހިނގާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރެއްވި އެވެ. ސަރުކާރު ހިންގުމުގެ ފޯކަސް ބޮޑުކޮށް، ކުރިއާލައި ނަތީޖާތަކެއް ނެރުމަކީ ވެސް ޕާޓީ ހިންގުމާ ގުޅުން ހުރި ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީ ނުހިނގަނީކީ ވެސް ނޫން، ދެ ޕާޓީ ވެސް އެބަ ހިނގާ، ދެ ޕާޓީއަށް ވެސް މެންބަރުން އެބަ ވަދޭ، ޕީޕީއެމަށް ވެސް އެބަ ވަދޭ، ޕީއެންސީއަށް ވެސް އެބަ މީހުން ވަދޭ،" ޝިޔާމް ވިދާޅުވި އެވެ.

ޕީއެންސީގެ ފަސްފަހަތް

ޕީއެންސީ/ޕީޕީއެމަކީ ދެ ޕާޓީއެއް ނަމަވެސް ޖޮއިންޓް ކައުންސިލެއް އޮވެގެން އެއް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯލިޝަނެކެވެ. ދެ ޕާޓީގެ ވެސް ލީޑަރަކަށް މިވީހާތަނަށް ހުންނެވީ ޔާމީނެވެ.

ޕީޕީއެމަކީ ޔާމީނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. ޔާމީނުގެ ވެރިކަމުގައި ދެބެއިންގެ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ޕާޓީގެ ސުލޫކީ ކޮމިޓީން މައުމޫން ޕާޓީގެ މެންބަރު ކަމުން ވަކިކުރީ އެވެ.

އޭރު މެންބަރަކު ޝަރީއަތަށް ދިޔައީ މައުމޫން ވަކިކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި ޔާމީނަށް ޕާޓީގެ ލީޑަރުކަން ދިނީ ގޯސްކޮށް ކަމަށް ބުނެ އެވެ. އަދި ޕީޕީއެމް އަނބުރާ މައުމޫނަށް ރައްދު ކޮށްދިނުމަކީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ޕީއެންސީއަކީ އޭރު ޝަރީއަތުގައި އޮތް މައްސަލަ ނިމިގެންދާ ގޮތަކުން ޕީޕީއެމްގެ ބާރު ޔާމީނަށް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އޮތުމުން އެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އުފެއްދި ބެކްއަޕް ޕާޓީއެކެވެ.

އޭގެ ފަހުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ/ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ނިންމެވީ ވެސް ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އޮތުމުން ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ޔާމީނަށް ވާދަނުކުރެވޭ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ވެސް ބެކްއަޕް ޕާޓީ، ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ނިންމެވި އެވެ. ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަކީ އެއިރު ޔާމީނަށް ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވި ބެކްއަޕް ކެންޑިޑޭޓެކެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުވި ފަހުން ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފެއްޓެވި އެވެ. ކާނިވާ ސަރަހައްދުގައި ޕީއެންސީއަށް ވަކި ހާއްސަ އޮފީހެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި ޕީއެންސީގެ ރައީސްގެ މަގާމަށް މުއިއްޒު އައްޔަން ކުރި އެވެ.

ޔާމީނާއި މުއިއްޒުއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު މިހާރު ޔާމީން ގެންދަވަނީ މުޅީން އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މާދަމާ އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަނުގައި އެދޭނެ ކަމަށް އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox