ސަރުކާރުން ހާމަކުރި އިންޑިއާ ސިފައިންގެ އަދަދުތަކުގެ ސައްހަކަމާ މެދު "ޔާމީން ކޮމިޓީ" އިން ސުވާލު އުފައްދައިފި

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ "އިންޑިއާ އައުޓް" ރެލީއެއްގައި ވާހަކަ ދައްކަވަނީ: ހުރިހާ އެއްބަސްވުންތައް ހާމަވުމުން އިންޑިއާ ސިފައިން އަސްލު އަދަދުތައް އެނގޭނެ ކަމަށް އެ ކޮމިޓީގައި އިސްކޮށް އުޅުއްވާ އައްބާސް އާދިލް ރިޒާ ވިދާޅުވި -- ފޮޓޯ/އަދަދު

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ "އިންޑިއާ އައުޓް" ރެލީއެއްގައި ވާހަކަ ދައްކަވަނީ: ހުރިހާ އެއްބަސްވުންތައް ހާމަވުމުން އިންޑިއާ ސިފައިން އަސްލު އަދަދުތައް އެނގޭނެ ކަމަށް އެ ކޮމިޓީގައި އިސްކޮށް އުޅުއްވާ އައްބާސް އާދިލް ރިޒާ ވިދާޅުވި -- ފޮޓޯ/އަދަދު

ރާއްޖޭގައި ތިބީ 77 އިންޑިއާ ސިފައިން ކަމަށް މި ސަރުކާރުން ބުނި ބުނުމާ މެދު ސުވާލުއުފައްދައި، ކުރީ ސަރުކާރުން ވެފައިވާ "ސިއްރު" އެއްބަސްވުންތަކުގެ ދަށުން އިންޑިއާގެ އިތުރު ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ޕީޕީއެމް ހިންގަން، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ނެންގެވި ސްޓިއަރިން ކޮމިޓީ, "ޔާމީން ކޮމިޓީ" އިން ބުނެފި އެވެ.

ޔާމީންގެ އިރުޝާދުގެ މަތިން ޕީޕީއެމް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ ކަމަށް ބުނާ ސްޓިއަރިން ކޮމިޓީއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިހެން ވިދާޅުވީ ޕީޕީއެމްގެ މެމްބަރު އައްބާސް އާދިލް ރިޒާ އެވެ.

ޕީޕީއެމް އިސްވެ ހިންގި "އިންޑިއާ އައުޓް" ކެމްޕެއިންގެ ތެރެއިން ރާއްޖޭގައި ހާހުން އިންޑިއާގެ ސިފައިން ތިބި ކަމަށް ދެކެވުނެވެ. މި އަދަދުތަކުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބުގައި ހަމައެކަނި 77 ސިފައިން ތިބި ކަމަށް ބުނި ބުނުން އައްބާސް މާނަކުރެއްވީ "ޖޯކެއް" ގޮތަށެވެ. އެހެން ވިދާޅުވާ ސަބަބު އޭނާ ގުޅުވައިލެއްވީ އިންޑިއާއާ އެކީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކާ އެވެ.

ސަރުކާރާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވަނީ، ޕްރޮޖެކްޓުތައް ހިންގުމަށް ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި އިންޑިއާ އެކީ 100 އެއްބަސްވުން ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ދިރާސާ ކުރުމަށް ފަހު ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށް ވިދާޅުވެ އޭނާ އެ ދުވަހު އެ އެއްބަސްވުންތަކުގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އައްބާސް ތުހުމަތު ކުރެއްވި ގޮތުގައި މި ހުރިހާ އެއްބަސްވުންތަކަކީ ވެސް ގާނޫނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަކާ ނުލައި ސިއްރުން ވެފައިވާ އެއްބަސްވުންތަކެކެވެ.

"ގާނޫނު އަސާސީގެ 115 ވަނަ (ފ) ގެ 2 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެއްވެސް އެއްބަސްވުމެއް ބޭރުގެ ފަރާތަކާ އެކީ ވަންޏާ އަދި އެ އެއްބަސްވުމަކުން ރައްޔިތުންނަށް އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ ކަމެއް އެކަމުގައި އޮތިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން އެ ފާސް ކުރަން ޖެހޭނީ. 100 އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށް ނުފޮނުވާ ސިއްރުން ކޮށްފައި މިއޮތީ" އޭނާ ވިދާޅުވި އެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ސަރުކާރުން ހާމަކުރި އިންޑިއާ ސިފައިންގެ އަދަދުތަކަކީ މަތިންދާބޯޓާއި ހެލިކޮޕްޓަރުތައް ބަލަހައްޓަން ތިބި އަދަދު ކަމަށެވެ. އެގޮތުން އަސްލު އަދަދު ނޭނގޭ ކަމަށް ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ތިބި އަސްލު އަދަދު އެނގޭނީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރުމުން ކަމަށެވެ.

"ރާޑަރުތައް އެބަހުރި. އެތަން ތަނެއްގައި ރާޑަރު ޖަހައިގެން އެ ބަލަހައްޓަން ތިބެނީ އިންޑީއާ މީހުން. ދިވެހިރާއްޖޭގައި ބޮޑު މިލިޓަރީ އެއާޕޯޓެއް އެބަައަޅާ ހަނިމާދޫގައި. މިލިޓަރީ އެއާޕޯޓެއް މިއަޅަނީ. އަދި އޭގެ އެއްބަސްވުން އަޅުގަނޑުމެންނަށް ފެންނަން ޖެހޭ. އުތުރުތިލަފަޅުގައި ވެސް އެބަ ތިބި. އޭގެ އެއްބަސްވުން ވެސް އަޅުގަނޑުމެންނަށް ފެންނަން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުންތައް ހާމަވުމުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަސްލު އަދަދާއި އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން ދެއްކި ވާހަކަަތަކުގެ ހަގީގަތް ރައްޔިތުންނަށް އެނގޭނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

"ވަގު 100 އެއްބަސްވުން ރައްޔިތުންނަށް ހާމަވެގެން ދިޔައިމަ އެނގޭނެ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ ވަރަށް މިކަން އޮތީ ހިނގާފަކަން. އަދި މިއީ އަޅުގަނޑުމެން ހަދައިގެން ދެއްކި ވާހަކައެއް ނޫންކަން." އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާ ސަރުކާރާ އެކީ ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަކީ މި ސަރުކާރުގެ މުހިންމު ވައުދެކެވެ. އަދި މުޅި ކެމްޕެއިން ބިނާކުރެއްވި އެއް އަސާސަކީ ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން ރައީސް މުއިއްޒު ވަނީ އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އެއްބަސްވުންތައް ހާމަކުރާނީ ދިރާސާކުރުމަށް ފަހު އޭގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ނުހިމެނޭ ނަމަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox