މިމަހުގެ 16 ގައި ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށަނީ

Nov 14, 2023, 9:00 AM
ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓޤރީ އާއި ކުޅުނު މެޗެއްގެ ތެރެއިން

ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓޤރީ އާއި ކުޅުނު މެޗެއްގެ ތެރެއިން

މިދިޔަ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުގެ ފަހުން މެދުކަނޑާލާފައި އޮތް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިދިޔަ އޮގަސްޓް މަހަށްފަހު މެދުކަނޑާލީ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅޭ މެޗުތަކަށާއި، ވޯލްޑް ކަޕް/އޭޝިއަން ކަޕްގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ ދެ މެޗަށެވެ. މި ދެމެޗަށް ފަހު އަލުން ކުޅުން ފަށަން ނިންމާފައި އޮތީ އޮކްޓޯބަރު 28ގަ އެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހިންގަމުން އަންނަ އެފްއޭއެމްގެ ތަހުގީގުގެ ސަބަބުން ލީގުގެ ކުޅުން އަނެއްކާވެސް މެދުކަނޑާލި އެވެ. އެފްއޭއެމުން ބުނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އިދާރާއަށްވަދެ ގިނަ ލިޔެކިޔުންތަކާ ހާޑް ޑްރައިވްތަކެއް ގެންގޮސްފައިވާތީ ލީގު ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

ފުލުހުން ވަނީ މާ ގިނަ ދުވަސްތަކެއް ނުވެ ލިޔެކިޔުންތަކާއި ހާޑް ޑްރައިވްތައް އެފްއޭއެމްއާ ހަވާލުކޮށްފަ އެވެ. އޭގެ ފަހުން ލީގާ ގުޅޭގޮތުން މައުލޫމާތެއް ނުލިބި އޮތުމަށްފަހު އަންނަ ބުރާސްފަތި ދުވަހު ލީގުގެ ކުޅުން ފެށުމަށްވަނީ ނިންމާފަ އެވެ.

ލީގުގެ ކުޅުން އަލުން ފަށާނީ ކްލަބް އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު ވެލެންސިޔާ ވާދަކުރާނެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗު ކުޅުމުގެ ކުރިން އޭއެފްސީ ކަޕްގައި މާޒިޔާ ރަށުން ބޭރުގައި ބަޝުންދަރަ ކިންގްސްއާ ދެކޮޅަށް ކުޅޭ މެޗަށް ހަފްތާއަކަށް ލީގުގެ ކުޅުން މެދުކަނޑާލާނެ އެވެ. އެ މެޗު ކުޅޭނީ ނޮވެމްބަރު 27ގަ އެވެ.

ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ޑިސެމްބަރު ފަހެއްގަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ ކުލަބު އީގަލްސް އެވެ. ނުވަ މެޗުން 23 ޕޮއިންޓް އީގަލްސްއިން ހޯދާފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއަށްވަނީ އަށް މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox