މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތައް ހުރި ކަމަށް މުއިއްޒު ގަބޫލުކުރައްވާ: ތަރުޖަމާނު

Oct 16, 2023, 6:50 AM
އިންތިހާބީ ރައީސް މުއިއްޒު (ކ-2): ރާއްޖެ އަޑިއަށް ދާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވުމުން ފާޑުކިއުން އަމާޒުވި. --ފޮޓޯ: އަދަދު

އިންތިހާބީ ރައީސް މުއިއްޒު (ކ-2): ރާއްޖެ އަޑިއަށް ދާނެ ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވުމުން ފާޑުކިއުން އަމާޒުވި. --ފޮޓޯ: އަދަދު

ކަނޑުގެ ލޮނުގަނޑު އުފުލި ދިވެހިރާއްޖެ އަޑިއަށް ހިނގައިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު 'އަލް ޖަޒީރާ' ގައި ވިދާޅުވި ބަހުގެ މުރާދަކީ އެއީ ނޫން ކަމަށާއި މޫސުމީ ބަދަލުތަކުގެ އަސަރު ރާއްޖެ އަށް ކުރާކަން އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ތަރުޖަމާނު މުހައްމަދު ފިރްޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެން ފަހުން މުއިއްޒު ބޭރުގެ މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް އެންމެ ބޮޑަށް ކޮށްފާނެ ކަމަށް ބެލެވޭ ގެއްލުން ނަފީކުރެއްވުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭން ގެންގުޅޭ އަޑުހަރު ސިޔާސަތު އާ ސަރުކާރާ އެކު ބަދަލުވުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި އެވެ.

އިންގާލީ މަރުހަލާގެ ތަފްސީލުތައް ދެއްވުމަށް ފިރްޒުލް ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އެ ސުވާލު އަމާޒުވުމުން އޭނާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ހުރި ގޮންޖެހުންތަކާއި، އެކަމަށް ތައްޔާރުވާން ކުރަން ޖެހޭ މަސައްކަތްތައް ހުރިކަން މުއިއްޒު ގަބޫލުކުރައްވަވާ ކަމަށާއި އެކަން އެ އިންޓަވިއުގައި ވެސް ފާހަގަކުރެއްވި ކަމަށެވެ.

Advertisement

"އަޅުގަނޑަށް ހީވަނީ އިންތިހާބީ ރައީސް ދެއްކެވި ވާހަކައެއް މަހްފުމޫން ބޭރުން މާނަކުރެވުނީމާ ހެން އެ ގޮތަށް މާނަކުރެވުނީ،" ފިރްޒުލް ވިދާޅުވި އެވެ.

ރާއްޖެ އަޑިއަށް ދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވީ، ފިރްޒުލް އިޝާރާތްކުރެއްވި ގޮތުގައި ތިމާވެށީގެ މައްސަލަތަކާ އެކު ވެސް، ރާއްޖެ މިދިޔަ ޒަމާންތަކުގައި ގައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި ދެމި އޮތް ގޮތަށް އޮންނާނެ ކަމުގެ ޔަގީންކަން ދެއްވުމަށެވެ. އަދި އެއީ ރާއްޖެ ނެތިދާނެކަމުގެ ބިރުގައި ބޭރުގެ އިންވެސްޓަރުން ނާންނާނެ ކަމަށް ވާހަކަ ދެކެވޭތީ، އެ ފަދަ ފަރާތްތައް ރާއްޖެ އަށް ގެނައުމުގެ މިސްރާބަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެއްވުމުގެ ބޭނުމުގައި ވިދާޅުވި ބަސްފުޅެއް ކަމަށް ވެސް ފިރްޒުލް އިޝާރާތްކުރެއްވި އެވެ.

"އިންތިހާބީ ރައީސް ވިދާޅުވި ރާއްޖެ އަކީ ބޮޑެތި އިގްތިސާދުތަކުގެ އަމަލުތަކުގެ ސަބަބުން ތިމާވެށީގެ މައްސަލަތަކުގައި ވިކްޓިމައިޒްވެފައި ތިބި ބައެއް ކަމަށް. އަދި ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމުގެ މަގަށް ކުރާ މަސައްކަތް ބައްޓަން ކުރަން ގެންގުޅޭނެ ސިޔާސަތުގެ ވާހަކަ ވެސް ވިދާޅުވެދެއްވި،" ފިރްޒުލް ވިދާޅުވި އެވެ.

"އެހެންކަމުން އިންތިހާބީ ރައީސް ތިމާވެށީގެ ބަދަލުތަކާއި ލިބޭ ގެއްލުންތައް ގަބޫލުފުޅުނުކުރައްވާ ކަމަށް މާނަކުރުމުގެ ޖާގައެއް އޮތް ކަމަށް ނުދެކެން."

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox