ޔާމީންގެ މަޝްވަރާ ހޯދާ، އެކަމަކު ގޭބަންދުގައި ހުންނެވުމުން އެދެވޭ ވަރަކަށް ނުކުރެވޭ: އިންތިހާބީ ރައީސްގެ ތަރުޖަމާނު

ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރެއްވި ވަގުތު އެމަނިކުފާނާއެކު އިންތިހާބީ ރައީސް މުއިއްޒު ސަޕޯޓަރުން ކައިރީގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރެއްވި ވަގުތު އެމަނިކުފާނާއެކު އިންތިހާބީ ރައީސް މުއިއްޒު ސަޕޯޓަރުން ކައިރީގައި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާ އާއި ލަފާ ހޯއްދަވަމުން ކަމަށާއި ނަމަވެސް އެންމެ އެދެވޭ ވަރަށް އެެކަން ނުކުރެވޭ ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ޕީޕީއެމް/ޕީއެންސީން ފުރަތަމަ ނިންމި ކެންޑިޑޭޓަކީ ވެސް އެ ކޯލިޝަންގެ ލީޑަރު ޔާމީނެވެ. ނަމަވެސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވުނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތުމުން ވާދަނުކުރެވޭނެ ކަން ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.

ޑރ. މުއިއްޒަކީ، ޔާމީނަށް ވާދަނުކުރެވޭ ހާލަތެއްގައި އިންތިހާބަށް ނެރެން ހަމަޖެއްސި ކޯލިޝަންގެ މައިނޯރިޓީ ޕާޓީ ކަމަށްވާ ޕީއެންސީން ކަނޑައަޅާފައިވާ ބެކްއަޕް ކެންޑިޑޭޓެކެވެ.

Advertisement

އިންތިހާބީ ރައީސްގެ ތަރުޖަމާނު ފިރުޒުލް ކޮންމެ ދުވަހަކު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ޔާމީނާއި މުއިއްޒާ ދެމެދު އެއްވެސް ހިތްހަމަނުޖެހުމެއް އޮތްތޯ ސުވާލު ކުރި އެވެ. އޭގެ ޖަވާބުގައި ފިރުޒުލް ވިދާޅުވީ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށާއި ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހިނގަނީ ޔާމީނުގެ މަޝްވަރާއި ލަފާ ހޯއްދަވައިގެން ކަމަށެވެ.

"އެއްވެސް މައްސަލައެއް ނެތް، އެންމެ އެދިވަޑައިގަންނަވާ ގޮތަށް މަޝްވަރާ ކުރައްވަން ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް، އެ ކަމުގެ މައިގަނޑު ސަބަބަކީ ގާނޫނީ ހާލަތު، އަދި އިންތިގާލީ މަސައްކަތްތަކުގައި އިންތިހާބީ ރައީސް ބުރަ ޝެޑިއުލް،" ފިރުޒުލް ތަފުސީލުކޮށްދެއްވި އެވެ.

ފިރުޒުލް މިހެން ވިދާޅުވިއިރު އިންތިހާބީ ރައީސް މުއިއްޒު ވަނީ ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެއްވައިފަ އެވެ. ނަމަވެސް މަގުމަތީގައި މުޒާހަރާ ނުކުރުމަށާއި ގައުމު ހަލަބޮލިވާނެ އެއްވެސް ކަމެއް ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އިންތިހާބީ ރައީސް އިލްތިމާސްކުރެއްވި އެވެ.

އެކަމަކު، ޔާމީނުގެ ސަޕޯޓަރުން އޭގެ ފަހުން ވެސް އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވެ ޔާމީން މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ. އަދި ޔާމީން ވެސް ވަނީ އެއިން ރެއެއްގައި ކުޑަދޮރު ކައިރި ހުންނަވައިގެން ސަޕޯޓަރުންނާ ވާހަކަ ދައްކަވައިފަ އެވެ.

ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވެފައިވަނީ އާ ސަރުކާރު އެކުލަވާލެވިފައި ވަނީ އެމަނިކުފާނާއި އާންމު ސަޕޯޓަރުންގެ އެތައް މަސައްކަތަކުން ކަމަށެވެ. އަދި އެމަނިކުފާނު މިނިވަން ކުރުމަށް މަގުމަތީގައި އުޅެން، މަގާމުތަކަށް ލިބުނު މީހުންގެ އެ ހިތްވަރު ހުންނަވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އިންސާނީ ތޮބީއަތުގައި ދެރަ ކަމަކަށް މި ވަނީ މަގާމުތަކަށް އައިމަ ހަނދާން ނެތޭތީ،" ވަކި ބޭފުޅެއްގެ ނަން ފާހަގަ ނުކުރައްވައި ޔާމީން ވިދާޅުވި އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އެ މަނިކުފާނު އިޝާރާތް ކުރެއްވީ އިންތިހާބީ ސަރުކާރުގެ އިސް ވެރިންނަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ޝައުގުވެރިވެގެން އަންނަ ބޭފުޅުންކީ އެ މަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތުގައި ސަޕޯޓަރުންނާއެކު ބައިވެރިވި ބައެއްތޯ ބެއްލެވުމަށާއި، ބައިވެރި ނުވާނަމަ ނުވީ ކީއްވެގެންތޯ އާއި އެ ދުވަހު ފިނި ކޮޓަރިތަކުގައި އެ ބޭފުޅުން ތިއްބެވީ ކީއްވެގެންތޯ ސުވާލު ކުރުމަށް ޔާމީން އެދިވަޑައިގަތެވެ.

ޔާމީނު މިިނިވަންވާނީ އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކުރުމުން ކަަމަށް މުއިއްޒު ވަނީ ނުސީދާކޮށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ނޮވެމްބަރު 17، އާ ހިސާބަށް ދާއިރު ރައީސް ޔާމީނު މިނިވަން ވެވަޑައިނުގަންނަވާ ނަމަ އެއީ ކޯޓުތަކަށް ސަރުކާރުގެ ނުފޫޒު އޮތުމުގެ ސަބަބުންވާ ކަމެއް ކަމަށެވެ.

"އަަޅުގަނޑު މި ދަންނަވަނީ [ނޮވެމްބަރު] 17 ވަނަ ދުވަހާ ހަމައަށް ދާއިރު ގައި މިހާރު އޮތް ޕްރޮސެސް އިން [ހައިކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ ޝަރީއަތުން] އެމަނިކުފާނު މިނިވަން ނުވާ ނަމަ މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޫޒު ފޯރުވާތީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވެފައިވަނީ އޭނާ މަގާމާ ހަވާލުވާ ދުވަހަކީ އެ ނުފޫޒު ނިމުމަކަށް އަންނާނެ ދުވަސް ކަމަށެވެ. އަދި އެ ދުވަހުން ޔާމީން މިނިވަން ވާނެ ކަމުގެ ޔަގީންކަން މުއިއްޒު ތަކުރާރުކޮށް ދެއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox