ބެކަމް އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް؟

Oct 10, 2023, 4:35 AM
ބެކަމް އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް؟

މެންޗެސްޓާ (އޮކްޓޫބަރު 10) - ގަތަރުގެ މަހުޖަނު ޝެއިހް ޖާސިމް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބުކުރެވިއްޖެ ނަމަ އެކުލަބުގެ އެމްބެސެޑަރުގެ ގޮތުގައި ކުލަބާ ގުޅުމަށް ޑޭވިޑް ބެކަމް އަށް ފުރުސަތު ލިބިއްޖެ އެވެ.

ބެކަމް އަކީ 1992 އިން 2003 އަށް ޔުނައިޓެޑަށް ކުޅެ، އެ ކުލަބުގެ އެންމެ ވަރުގަދަ ލެޖެންޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޔުނައިޓެޑް ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން ޔުނައިޓެޑާއި ބެކްމާއާ ދެމެދު އެހާ ގުޅުން ރަނގަޅެއް ނޫނެވެ.

ކުލަބުގެ މިހާރުގެ ވެރިން އެކުލަބު ވިއްކާލުމަށް މަސައްކަތް ކުރަމުން އަންނައިރު، ޔުނައިޓެޑް ގަތުމަށް އަތުކުރި އޮޅާލައިގެންހުރި އެއް ފަރާތަކީ ގަތަރުގެ މަހުޖަނު ޝެއިހް ޖާސިމް އެވެ. އޭނާ ވަނީ ޔުނައިޓެޑްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާސް އާއިލާ އިން އެ ކުލަބު ވިއްކާލާނަމަ ގަންނާނެކަމުގެ ޝައުގުވެރިކަން ރަސްމީކޮށް ފާޅުކޮށްފަ އެވެ. ޝެއިހް ޖާސިމްގެ އިތުރުން އިނގިރޭސި ވިލާތުގެ ޖިމް ރެޑްކްލިފް ވެސް ޔުނައިޓެޑް ގަތުމަށް ޝައުގުވެރިވެ އެވެ.

ޝެއިހް ޖާސިމް ވަނި އޭނާ އަށް އެކުލަބު ގަނެއްވިއްޖެ ނަމަ އެމްބެސެޑަރެއްގެ ގޮތުގައި ކުލަބުގެ ލެޖެންޑު ބެކަމް ގެންނަން ނިންމައިފަ އެވެ. ޖާސިމް ގަބޫކުރާ ގޮތުގައި ޔުނައިޓެޑަށް ކުޅުނު އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު ކުޅުންތެރިޔާ ބެކަމް އަކީ އަދިވެސް އެކުލަބު ހަގީގީ މާނައިގައި ތަމްސީލްކުރެވޭނެ އެމްބެސެޑަރެވެ.

މިކަމާ ގުޅޭގޮތުން ބެކަމް ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ހާމަކޮށްފައި ނުވެ އެވެ. ބެކަމް އަކީ އެމެރިކާ ލީގުގެ ކްލަބް، އިންޓަ މިއާމީގެ ހިއްސާދާރެކެވެ.

ގަތަރުގެ އެކި ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ ބެކަމް އަށް އެ ފަދަ މަގާމެއް ދިނުމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރު މަހު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގެ އެމްބެސެޑަރަކީ ވެސް ބެކަމް އެވެ. އަދި ގަތަރުގައި އޮންނަ ބައިނަލްއަގްވާމީ އެކި އިވެންޓުތަކުން ވެސް ބެކަމް އަކީ އާންމު ނަމެކެވެ.

ކާމިޔާބު ކުޅުމުގެ ކެރިއަރަކަށް ފަހު ބެކަމް އިންވެސްޓުކުރަމުން އަންނަނީ ކުޅިވަރު ޓީމްތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox