ރިޔާސީ އިންތިހާބާ ގުޅޭ ލިޔުންތަކާއި ހަނދާންތައް

Oct 6, 2023, 4:22 AM
ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހަފުލާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރިޔާސީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ހަފުލާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ނިމިގެން އެ ދިޔައީ ތާރީހީ އިންތިހާބެކެވެ. ފެހި ގާނޫނު އަސާސީގެ ދަށުން ބޭއްވި ހަތަރު ވަނަ ރިޔާސީ އިންތިހާބުގައި ޖުމުލަ އަށް ކެންޑިޑޭޓުން ވާދަ ކުރެއްވި އެވެ. އެމްޑީޕީގެ ޓިކެޓު އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވި ނަމަވެސް، އެމްޑީޕީ ދެ ފަޅިވެ، ނަޝީދު ދަ ޑިމޮކްރެޓްސް އުފެއްދި އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކެންޑިޑެސީ ގެއްލި، ޕީޕީއެމް/ޕީއެންސީގެ އެ ޓިކެޓަށް ތައްޔާރުވެވަޑައިގެން ހުންނެވި މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ޓިކެޓު ހޯއްދެވީ ޕީޕީއެމް ދޫކުރައްވައި، ޕީއެންސީއަށް ބަދަލުވެވަޑައިގެންނެެވެ.

އާ ޕާޓީއަކާ ގުޅިވަޑައިގެންނެވިތާ އެންމެ ކުރު ވަގުތެއްގައި ރިޔާސީ ޓިކެޓު ހޯއްދެވި ކެންޑިޑޭޓަކަށް މުއިއްޒު ވެގެން ދިޔަ އެވެ. އިންތިހާބު ކާމިޔާބު ކުރެއްވުން ވެގެން ދިޔައީ މެމްބަރުން މަދު ޕާޓީއަކަށް އިންތިހާބު ކާމިޔާބުވި ފުރަތަމަ ފަހަރަށް ވުމެވެ.

ފުރަތަމަ ބުރުގެ ނަތީޖާއިން ހައިރާންކަން ލިބިގެން ދިޔައީ، ރައީސް ސޯލިހުގެ މައްޗަށް މުއިއްޒު ހޯއްދެވި ކާމިޔާބީގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އާއި، އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރު، ގާސިމަށް ވުރެ ގިނަ ވޯޓު ހޯއްދެވުމެވެ.

މި އިންތިހާބުގެ ކަވަރޭޖު، "ނިންމުން 2023" ގެނެސް ދިނީ ހަބަރާއި ރިޕޯޓާއި ވީޑިއޯ، އަދި ނަތީޖާ ގެނެސްދިނުމަށް ތައްޔާރު ބަލާލަން ފަސޭހަ ވެބްސައިޓުންނެވެ. ކަވަރޭޖުގެ އެންމެ ފަހުކޮޅުގައި މުޅި ރާއްޖޭގައި ވެސް އެންމެ ބޮޑަށް ނަން ހިންގައިގެން ދިޔައީ ސްކީލާން ޑޮކިއުމެންޓްރީ އެވެ.

މި ލިޔުމުގައި މި ގެނެސްދެނީ މިފަހަރުގެ ކަވަރޭޖަށް ތައްޔާރުކުރި މުހިންމު ބައެއް ކޮންޓެންޓެވެ.

ފާހަގަކޮށްލެވޭ ބައެއް ލިޔުންތައް

ވީޑީއޯތައް

ފޮޓޯތައް

s

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox