މުއިއްޒުގެ ސަރުކާރަށް މަޖިލީސް ތެރެއިން އެއްބާރުލުން ދޭނަން: ރައީސް

Oct 3, 2023, 5:33 PM
ރައީސް ސޯލިހު (ކ) ރައީސް އޮފީހުގައި އިންތިހާބީ ރައީސް މުއިއްޒުއާ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު (ކ) ރައީސް އޮފީހުގައި އިންތިހާބީ ރައީސް މުއިއްޒުއާ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، އާ ސަރުކާރަށް އެމްޑީޕީން އެއްބާރުލުން ދޭނެ ކަމަށާއި އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމްއާ ހިލާފަށް އެމްޑީޕީން ރަނގަޅު މަސައްކަތްތަކެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުން ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާ ވާދަކޮށް ނާކާމިޔާބީ ފަހުން އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، ރައީސް ވިދާޅުވީ، ކާމިޔާބާއި، ނާކާމިޔާބަކީ ހާއްސަކޮށް ސިޔާސީ ކަންކަމުގައި އަބަދުމެ ކުރިމަތިލާން ޖެހޭނެ ކަންކަން ކަމަށާއި މާޔޫސްވާން ޖެހޭ ތަނެއް ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ މި ވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަނީ ސުލްހަވެރިކަމާ އެކު އާ ސަރުކާރަށް ބާރުތައް ބަދަލުކުރުމުގެ މަސައްކަތް ކަމަށާއި އެމްޑީޕީ އަތުގައި ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަމުގައި ވެސް އާ ސަރުކާރަށް އެހީތެރިކަން ދޭނެ ކަމަށެވެ.

އިންތިހާބީ ރައީސްގެ ކެބިނެޓް ފާސްކުރަން މަޖިލީހުގެ އެހީ ބޭނުންވާނެތީ އެކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ އެ ސަރުކާރުގެ ކުރީކޮޅު، ސަރުކާރު އެކުލަވާލަން ކުރަން ޖެހޭ ކަންކަމުގައި އެމްޑީޕީގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ އަމާޒަކަށް ދެން ވާންވީ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށް ވުން ކަމަށާއި، އިދިކޮޅު ޕާޓީއަކީ ޑިމޮކްރަސީއެއްގައި މުހިއްމު ބާރެއް ކަމަށެވެ. ރައީސް ވިދާޅުވީ އެމްޑީޕީ އަކީ އިދިކޮޅު މަސައްކަތްތަކަށް އާ ޕާޓީއެއް ނޫން ކަމަށާއި، އެ ޕާޓީން އިދިކޮޅުގައި އޮވެ މާ ރަނގަޅު މަސައްކަތްތަކެއް ވެސް ކޮށްފައި އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ޕީޕީއެމް ބަލިވުމުން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވެ މަސައްކަތް ފެށީ އަހަރެއްހާ ދުވަސް ފަހުން ކަމަށާއި އެމްޑީޕީ އެހެން ނުވާނެ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރު ވެރިކަން ގެއްލުމުން ޖެހިގެން އައި ދުވަހު އެމްޑީޕީ ނުކުތް ގޮތަށް މި ފަހަރު ވެސް ބަލިވުމުން، ޖެހިގެން އައި ދުވަހު މަސައްކަތް ފެށި ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ޕާޓީ ވަރުގަދަ އޮޕޯޒިޝަން ޕާޓީއެއްގެ ގޮތުގައި އޮތުމަށް ދޭން ޖެހޭ އެހީތެރިކަން އަޅުގަނޑު ބަރާބަރަށް ދޭނަން. އަދި އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބުކުރާށާއި، 2028 ވަނަ އަހަރު އެމްޑީޕީ އަލުން ވެރިކަމަށް ގެނައުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއްގައި ވެސް އަޅުގަނޑުގެ އެއްބާރުލުން ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއީ އެމްޑީޕީ ހިންގުމުގެ ތެރެއަށް އާ ވިސްނުމާއި، ޒުވާނުންގެ ޖޯޝާއި ފޯރި އަދި ރޫހު ގެންނަންވީ ވަގުތު ކަމަށެވެ. ރައީސް ވިދާޅުވީ އިރާދަކުރެވިއްޔާ އެމްޑީޕީ ކުރިއަށްދާނީ ޒުވާނުންގެ ވިސްނުމާ އެއްގޮތަށް ކަމަށާއި ޒުވާނުން ކުރިއަށް ނުކުތުމުން، ދޭން ޖެހޭ ސަޕޯޓް ދޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންތިހާބުން ބަލިވި ސަބަބުތަކުގެ ތަފްސީލުތަކަށް ދިއުން މިވަގުތު މުހިއްމު ނޫން ކަމަށާއި އެކަމަކު މި ސަރުކާރުން ކޮށްދިން ކަންކަން ރައްޔިތުން ބަލައިގަނެ އެ ވާހަކަ މާ ލަސްތަކެއް ނުވެ ދައްކަން ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން މުޅި ރާއްޖޭގެ ތަރައްގީ އަށް މަސައްކަތްކޮށްދިނިން. ނާކާމިޔާބުވީ ދޮގުތަކާއި އޮޅުވާލުންތަކެއް ބަޔަކު ފެތުރުމުން. ހަގީގަތް ހާމަވެ ކޮށްދިން މަސައްކަތް އިހުސާސްކުރެވެން ފެށޭނެ މާ ލަސްތަކެއް ނުވެ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox