19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ރާއްޖެ އާއި ޕާކިސްތާން އެއްވަރު

Sep 23, 2023, 11:31 AM
ޕާކިސްތާން ކޮޅަށް ގޯލު ޖެހުމަށް ފަހު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ސާފް

ޕާކިސްތާން ކޮޅަށް ގޯލު ޖެހުމަށް ފަހު 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ސާފް

ނޭޕާލުގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން 1-1 އިން ޕާކިސްތާނާ އެއްވަރުވެއްޖެ އެވެ.

ރާއްޖެ ހިމެނެނީ ޕާކިސްތާނާއި ނޭޕާލާ އެކު ގްރޫޕް އޭގަ އެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުން ޕާކިސްތާން ވަނީ 1-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. އެހެންކަމަށް ވުމާ އެކު، މިއަދުގެ މެޗުން ރާއްޖެ އަތުން ޕާކިސްތާން ހޯދި ޕޮއިންޓާ އެކު އެ ޓީމަށް ވަނީ ސެމީ ފައިނަލްގެ ޖާގައެއް ޔަގީންވެފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ރާއްޖެ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި އޮތް ނޭޕާލަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މި ގްރޫޕުން ދެން ސެމީ ފައިނަލްގެ ޖާގަ ލިބޭ ޓީމެއް އެނގޭނީ މި މަހު 25 ވަނަ ދުވަހު ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗުންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީގެ ފުރުސަތު ލިބޭނެ އެވެ.

ރާއްޖެ ޓީމުގެ ލޫތު (ވ) އަތުން ބޯޅަ ހޯދަން ޕާކިސްތާންގެ ކުރްޝިދު މަސައްކަތްކުރަނީ.--- ފޮޓޯ: ސާފް

ކަތުމަންޑޫގެ ދަޝްރަތު ސްޓޭޑިއަމްގައި މިއަދު މެންދުރު ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް މެޗުގެ ކޮންޓްރޯލް ގެއްލުނަނުދީ ރަނގަޅަށް ކުޅެވޭތޯ މަސައްކަތް ކުރި އެވެ.

ރާއްޖެ އަށް މި މެޗުގައި ލީޑުނަގައިދިނީ ޓީމުގެ ކެޕްޓަން ޝަނާން ރަޝާދު އެވެ. ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އަންނަ ޝަނާން މި ގޯލު ޖެހީ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. އޭރިއާ ތެރެއިން ޖާގައެއް ހޯދުމަށް ފަހު ޝަނާން ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު، ޕާކިސްތާން ކީޕަރު ސާހިލް ގުލް އަށް އެ ބޯޅަ އަށް ހަރަކާތް ވެސް ނުކުރެވުނެވެ.

ޕާކިސްތާނުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗުގެ ފުރިހަަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި ހުއްޓަ އެވެ. އެ ޓީމުގެ ގޯލު ޖެހީ 84 ވަނަ މިނިޓްގައި ޝާހް ޖަހާން އެވެ.

މި މެޗުގައި ދެ ޓީމަށް ވެސް ހޫނުގަދަ ވުމުގެ ސަބަބުން ރަނގަޅަށް ކުޅެން އުނދަގޫވި އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރީ އަހުމަދު ޝާކިރު (ޝާކިއްޓެ) އެވެ. މި މުބާރާތަށް ގައުމީ ޓީމުން ވަނީ ދުރާލާ ގިނަ ޕްރެކްޓިސްތަކެއް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސާފަށް އާ ގިނަ ކުޅުންތެރިންނާ އެކު ރާއްޖޭގެ ސްކޮޑު ފައިނަލް

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަދު ފުރައިފި. މި ފަހަރުގެ ސްކޮޑުގައި އަލަށް މި މުބާރާތުގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު، ޓީމުގެ ކެޕްޓަނަކީ ސަމޫހު އަލީ. ރާއްޖޭން މި ފަހަރުގެ ސާފްގައި ވާދަކުރަން ޖެހެނީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގައި.

ފޯވާޑް މަރުވަން ދިމާވި ފައުލުކުރި ކީޕަރުގެ މައްސަލަ ބަލަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ މެޗެއްގެ ތެރެއިން ކީޕަރު ޖީސޫސް އޮވޯނޯ ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް، ޓެނެރިފްގެ ފޯވާޑް ޖީސޫސް ޑި މިގުއެލް ވަނީ މަރުވެފައި. މި ހާދިސާގައި ކީޕަރު ގަސްދުގައި ގެއްލުމެއް ދީފައިވޭތޯ ބެލުމަށް ސްޕެއިންގެ ފުލުހުން މިހާރު ވަނީ ތަހުގީގެއް ފަށާފައި

ކްރިކެޓް ތަރި މެކްސްވެލް ގައުމީ ޓީމުން ރިޓަޔާކޮށްފި

އޮސްޓްރޭލިއާގެ މަޝްހޫރު އޯލް ރައުންޑަރު ގްލެން މެކްސްވެލް، އެއްވެސް ފަރާތެއްގެ ޕްރެޝަރެއް ނެތި ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ. އޮސްޓްރޭލިއާއަށް ދެ ފަހަރު ވަންޑޭ ވޯލްޑް ކަޕް އަދި އެއް ފަހަރު ޓީ20 ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެކްސްވެލްގެ އެންމެ ފަހު މެޗަކީ މިއަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޮމާނާ ދެކޮޅަށް ކުޅުނު މެޗެވެ.

17 މިނިޓް ތެރޭ 4 ގޯލު ޖަހައިގެން ޕީއެސްޖީ މޮޅުވެއްޖެ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 17 މިނިޓް ތެރޭ ހަތަރު ގޯލު ޖަހައި، 6-0 ގެ ބޮޑު ތަފާތަކުން ވިޔަރެއާލް ބަލިކޮށް ޕީއެސްޖީން ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި. މި މެޗުގައި ފަބިއަން ރުއީޒް ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗުގެ ކުރިން ވަނީ ދާދިފަހުން މަރުވި ސްޕެއިންގެ ފޯވާޑް ޖީސޫސް ޑި މިގުއެލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައި

ރޯމާ އަތުން މޮޅުވެ ޔުނައިޓެޑަށް ހަމަނޭވައެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޯމާ އަތުން 3-2 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ކުރިމަތިވި ނާކާމިޔާބީތަކަށް ނިމުމެއް ގެނެސްފި. ރޯމާއިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ ބްރޫނޯ ފެނާންޑޭސްގެ ޕެނަލްޓީއަކާއި މަޓެއުސް ކޫންޏާ ޖެހި ދެ ލަނޑުން

ގޮންޖެހުން ހުއްޓަސް ގައުމީ ފުޓްސަލް ޓީމުގެ ވިސްނުން ޕޮޒިޓިވްކޮށް

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގައި އިންޑޯ ދަނޑެއް ނުލިބުމުގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ގައުމީ ޓީމު އޮތީ ރަނގަޅު ވިސްނުމެއްގައި މުބާރާތަށް ތައްޔާރަށް. ކެޕްޓަން އިންމި ބުނިގޮތުގައި ފަރިތަކުރުންތައް މަދުވި ނަމަވެސް، ކުޅުންތެރިންގެ ތަޖުރިބާއާއެކު މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދު އެބައޮތް

ވެމްކޯ އަށް ބަލިނުވެ ސީޒަންގެ ތިން ތަށި، އަދީލް އިސްކުރީ ޓީމު

ކްލަބް ވެމްކޯ އިން މި އަހަރުގެ އަންހެން ވޮލީބޯޅަ ސީޒަނުގެ ތިން މުބާރާތްވެސް އެއްވެސް މެޗަކުން ބަލިނުވެ ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑަކާއެކު ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ކޯޗު އަހުމަދު އަދީލް (ބޭބެ) ގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައި.

Newsletter

Get the latest news delivered straight to your inbox