ހައްގުތައް ލިބޭކަން ޔަގީންކުރާ މުއައްސަސާއެއް އުފައްދަން މުއިއްޒު ވަައުދުވެއްޖެ

އުނގޫފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އުނގޫފާރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު ވާހަކަ ދައްކަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ހައްގުތައް ކޮންމެ ފަރުދަކަށް ވެސް ކަށަވަރުވެފައިވާ ކަން ޔަގީންކޮށް، ހައްގުތައް ގެއްލޭ މީހުންނަށް އެ ހައްގު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަން މުއައްސަސާއެއް ހަމަޖައްސަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނުގައި މިރޭ ރ. ހުޅުދުއްފާރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ސަރުކާރު ހިންގުމުގެ ނިޒާމުގެ ތެރެއިން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް ކަށަވަރުކޮށް ކޮންމެ ފަރުދަކަށް ވެސް ހައްގުތައް ލިބޭކަން ޔަގީންކުރަން ޖެހޭ ކަމަށެވެ.

"ސަރުކާރުގެ ހިންގުމުގެ ނިޒާމުގެ ތެރޭގައި، ހައްގެއް ނުލިބޭ ކަމުގެ ޝަކުވާ ހުށަހެޅޭނެ ތަނެއް ހުންނާނެ، ސިވިލް ރައިޓްސް ޑިޕާޓްމަންޓް ބޭރު ބައެއް ގައުމުތަކުގައި ހުރޭ، އެ ފަދަ މުއައްސަސާއެއް، މީގައި މުހިންމީ ނަމެއް ނޫން، ކަން ވުން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ ވެރިކަމެއްގައި އެ ކަމަށް ގެންގުޅޭނެ ސިޔާސަތަކީ "ސިވިލް ރައިޓްސް އިންސްޓިޓިއުޝަން" ފަދަ މުއައްސަސާއެއް ގާއިމްކޮށް އެ މުއައްސަސާއަށް ޝަކުވާ ހުށަހެޅި، ހުށަހެޅޭ ޝަކުވާތައް ބެލުމުގެ ނިޒާމެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވެރިކަމަކީ ބޮޑު އިއްޒަތެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށާއި އެއީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެ ޒިންމާ އަދާކުރުމުގައި ފަރުވާތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ވާނީ ހުރިހާ ހައްގުތަކެއް، ކަށަވަރުކޮށްދޭ ސަރުކާރަކަށް، މި ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން އެ ކަން ކަށަވަރު ނުވޭ،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ ގާތްކޮށް މި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތާއި އިންޑިއާގެ އަސްކަރީ އެހީ ހޯދަން ގެންގުޅޭ ސިޔާސަތަށް މުއިއްޒު މިރޭ ވެސް ފާޑުވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އަމިއްލަވަންތަކަން ގެއްލިފައިވާ ކަމަށާއި ދިވެހި ސަރުކާރަކީ މިހާރު ސިޔާސީ ބާރުވެރިކަން އޮތް ސަރުކާރެއް ނޫން ކަމަށެވެ.

އެހެންކަމުން ދެވަނަ ބުރުގެ ވޯޓުގައި ގައުމީ ވިސްނުމެއްގައި ގިނަ ރައްޔިތުން ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ ވިސްނުން އެއް ގޮތް ކުރަން އެބަ ޖެހޭ، ގައުމުގެ ކަންކަން ހުރި ގޮތަށް ބަލާއިރު ސަރުކާރަށް އަމިއްލަ ބަސް ނުބުނެވޭ، ސަރުކާރުގައި ނެތް ސިޔާސީ މިނިވަން ކަމެއް، ޑިމޮކްރެސީގައި އަޅުގަނޑުމެންނަށް މި ލިބިދޭ ބާރުގެ ބޭނުން ކުރަން ޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާއިން ނަގާފައިވާ ލޯނުތައް މެދުވެރިކޮށް ހިންގާ މަޝްރޫއުތައް ރަނގަޅު ދުވެއްޔެއްގައި ނުހިނގާތީ އެ ކަމަށް ވެސް މުއިއްޒު ފާޑުވިދާޅުވި އެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ ކަނެކްޓިވިޓީ ބްރިޖާއި، ގުޅީފަޅުގައި ހަދާ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް ނުހިނގާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މާލެ އާއި ތިލަމާލެއާ ދެމެދު އަޅާ ބްރިޖް 500 މިލިއަން ޑޮލަރުގެ ބްރިޖް، 193 މިލިއަން ޑޮލަރު ހަރަދުކުރި އިރު ބްރިޖުގެ އެންމެ ތަނބެއް ވެސް ނެތް ފެންނަން، މިއީ ކަންބޮޑުވާން ޖެހޭ ކަންކަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެދިވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނުގެ ތެރޭގައި ރައްޔިތުންނާ ހަމައަށްދާ ވަގުތުތަކުގައި މި ކަންކަމާ ގުޅޭ ގޮތުން އެމަނިކުފާނާ ސުވާލު ކުރެއްވުމަށެވެ. އަދި އެމަނިކުފާނު ދެއްވާ ޖަވާބުތަކަށް ފުންކޮށް ވިސްނެވުމަށް ފަހުގައި ވޯޓު ދެއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox