ެދެވަނަ ބުރުގައި ވޯޓުލައްވަން މާފުށީ ޖަލަށް ޔާމީން ރީރަޖިސްޓްރީ ކުރައްވައިފި

ރައީސް ޔާމީން މީގެ ކުރިން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރެއްވި ދުވަހެއްގައި؛ ދެވަނަ ބުރުގައި ވޯޓު ލައްވަން ޔާމީން މާފުށީ ޖަލަށް ރީރަޖިސްޓްރީކުރައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޔާމީން މީގެ ކުރިން ކަރެކްޝަންސްގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރެއްވި ދުވަހެއްގައި؛ ދެވަނަ ބުރުގައި ވޯޓު ލައްވަން ޔާމީން މާފުށީ ޖަލަށް ރީރަޖިސްޓްރީކުރައްވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ސެޕްޓެމްބަރު 30، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލައްވަން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ބަހައްޓާ ވޯޓު ފޮށްޓަށް ރީރަޖިސްޓްރީ ކުރައްވައިފި އެވެ.

ޔާމީންގެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ ބުރުގައި ޔާމީނަށް ވޯޓު ލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަތް ނަމަވެސް ދެވަނަ ބުރުގައި ވޯޓު ލެއްވުމުގެ އިންތިޒާމު ހަމަޖައްސަވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޔާމީނު ވޯޓު ލައްވަން އޮތީ އެމަނިކުފާނުގެ ދާއިމީ އެޑްރެސް މއ. ކާމިނީގެ ހުޅަނގު ބައި ނިސްބަތްވާ މައްޗަންގޯޅި އުތުރު ދާއިރާގެ ދެ ނަންބަރު ވޯޓު ފޮއްޓަށެވެ.

ދެވަނަ ބުރުގައި ވޯޓު ލެއްވުމަށް ޔާމީން ރީރަޖިސްޓްރީކުރެއްވިއިރު ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ވެސް އެމަނިކުފާނު ލީޑްކުރައްވާ ކޯލިޝަންގައި ހިމެނޭ ޕީއެންސީން ނެރުއްވި ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން 101,635 ވޯޓު މުއިއްޒު ހޯއްދެވިއިރު އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86,161 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ.

ޔާމީން މި ވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެމަނިކުފާނު ރިޝްވަތު ނަންގަވައި މަނީ ލޯންޑަ ކުރެއްވި ކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ.

އެ ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތް އިރު ޔާމީނަކީ އެންމެ ފުރަތަަމަ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމާ ހަމައަށް ވެސް އެ ހުކުމް ދެމިއޮތުމުން އެމަނިކުފާނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ވާދަނުކުރެއްވޭނެ ކަން ޔާމީނަށް ޔަގީންވުމުން ފުރަތަމަ ލަފާ ދެއްވީ ޕީޕީއެމުން އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އޭރު ބެކްއަޕް ކެންޑިޑޭޓަކަށް ޕީއެންސީގެ ކެންޑިޑޭޓެއް ތައްޔާރުކޮށް، އަދި ވަގުތު ލިބިއްޖެނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެވޭނެ ކަމަށް އެ ދެ ޕާޓީ ހިމެނޭ ކޯލިޝަންގެ ލީޑާޝިޕުން ދިޔައީ ބުނަމުންނެވެ.

މާފުށީ ޖަލުން އެމަނިކުފާނު ފޮނުވި ސިޓީއާ ގުޅިގެން، ޕީޕީއެމް ސެނެޓުގައި އެ ބަހުސް ބޮޑުވެ ހަމަނުޖެހުން ވެސް އުފެދުނެވެ. ފަހުން ސެނެޓުން ފާސްކުރީ، ޔާމީން މިނިވަން ކުރެވެން ވެސް އޮތީ ރިޔާސީ އިންތިހާބުގައި އެ ޕާޓީ އިސްވާ ކޯލިޝަނަކުން ވާދަކޮށް އިންތިހާބު ކާމިޔާބުކޮށްގެން ކަމަށެވެ.

ސެނެޓުގެ 67 މެންބަރަކު ބޮއިކޮޓް ކުރުމާ ދެކޮޅަށް ވޯޓު ދިންއިރު، ބޮއިކޮޓް ކުރަން ވޯޓު ދިނީ 45 މެންބަރެކެވެ. ސެނެޓުގެ ނިންމުން ބަދަލުކުރުމަށް ވެސް ޔާމީން އެދިވަޑައިގަތުމަށް ފަހު އެމަނިކުފާނު ދެން ނިންމެވީ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަށް ތާއީދުކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox