ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒުގެ ފާޑުކިޔުން މުއިއްޒާއި ޕީޕީއެމް އަށް

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް: އޭނާ މަގާމުން ވަކިކުރީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓު އާންމުކުރުމުން -- ފޮޓޯ/ރައީސް އޮފީސް

ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް: އޭނާ މަގާމުން ވަކިކުރީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓު އާންމުކުރުމުން -- ފޮޓޯ/ރައީސް އޮފީސް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ދައުލަތުގެ ނިޒާމު ހަރާބުކުރަން ފުރުސަތު ދެއްވާފައި ކަމަށް ވިދާޅުވެ، ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ޕީޕީއެމް/ޕީއެންސީ އާއި މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓު ނެރުމުން މަގާމުން ދުރުކުރި ނިޔާޒު، އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވަނީ ޕީޕީއެމް/ޕީއެންސީގައި މިހާރު އިސްކޮށް ތިބި ފަރާތްތަކުގެ ތެރެއިން ސާފު، ކޮރަޕްޝަނުން އެއްކިބާވެފައިވާ ކެންޑިޑޭޓަކު ނުނެރެވޭނެކަން ކަށަވަރުވާ ކަމަށެވެ.

އެއީ ކޮރަޕްޓު އިއްތިހާދެއް ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު ނިޔާޒު ވިދާޅުވީ އެ ދެ ޕާޓީން ނަޒާހަތްތެރި ސިޔާސީ ލީޑަރުން ނެރުމަށް ހައެއްކަ ޖީލުގެ މުއްދަތެއް ބޭނުންވާނެ ކަމަށެވެ.

"މަގާމުގެ ގޮތުން ދައުލަތުގެ އެއްވެސް ހައިސިއްޔަތެއް ނެތް މީހަކު މުޅި ދައުލަތުގެ ނިޒާމުތައް ހަރާބުކުރަން ފުރުސަތު ދީ، އެ މީހާ [ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް] ބުނި ގޮތަށް އޭނަގެ އަރިސް މީހުންނަށް، ނިކަމެތި ރައްޔިތުންނަށް ނުދީ ސޯޝަލް ހައުސިން ފްލެޓުތައް ބަހާލި މީހަކު/ބަޔަކު ނިކަމެތި ރައްޔިތުންނާ ދޭތެރޭ އަދުލުވެރި/އިންސާފުވެރި ވާނެ ކަމަށް ހީކުރުމަކީ ވަރަށް މޮޔަ ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު އެ ދައްކަވާ ވާހަކަތައް ގުޅެނީ އޭރު ހައުސިން މިނިސްޓްރީން ބައެއް ފްލެޓުތައް މުލިއާގެއިން އަންގާ ގޮތަށް ދިން ކަމަށް ކުރެވޭ ތުހުމަތުތަކާއި ސޯޝަލް ހައުސިން ލިބޭ ލިސްޓަށް ލާރި ދިން މީހުން ލައި ދިން ކަމަށް ބުނާ ތުހުމަތުތަކާ އެވެ.

އެގޮތުން އެ ސަރުކާރުގެ ދުވަސްވަރު ދޫކުރި ޓާޓާ ފްލެޓުތަކާއި ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތްކުރުމަށް ފަހު ދޫކުރި ފްލެޓުތަކާއި ހިޔާ ފްލެޓުތައް މިގޮތަށް ދިން ކަމަށް އޭރު ގިނަ ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް މި މައްސަލަތައް ކަމާ ބެހޭ އެއްވެސް އިދާރާއަކުން ތަހުގީގު ކުރި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

އެކަމަކު މި ސަރުކާރުން ވަނީ ފްލެޓު ކޮމިޓީއެއް އުފައްދައި ހިޔާ ފްލެޓުތައް ލިބުނީ ހައްގުވެރި ފަރާތްތަކަށްތޯ ރިވިއުކޮށްފަ އެވެ. އެ ކޮމިޓީން އެހެން އެއްވެސް ފްލެޓަކާ ގުޅޭ މައްސަލައެއް ނުބަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox