ކޯލިޝަނަކަށް މުއިއްޒު ތައްޔާރު، ގޮތް ނިންމާނީ ޑިމޮކްރެޓްސްއިން

ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން ކޯލިޝަން ހަދައި އެކަން އިއުލާނުކުރުމަށް ބޭއްވި ޕްރެސް ބްރީފިންގައި ޑރ. މުއިއްޒު ވާހަކަަދައްކަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީން ކޯލިޝަން ހަދައި އެކަން އިއުލާނުކުރުމަށް ބޭއްވި ޕްރެސް ބްރީފިންގައި ޑރ. މުއިއްޒު ވާހަކަަދައްކަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނުކުންނައިރު ދަ ޑިމޮކްރެޓްސް އާއެކުވެސް ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވި ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަންވީ ޑިމޮކްރެޓްސް އިން ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާއެކު، ކޯލިޝަން އެއްބަސްވުން ގާއިމުކޮށް އެކަން އިއުލާނުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ޕްރޮގްރެސިވް ކޯލިޝަން މިހާތަނަށް ފެންނަމުން އައީ އަބަދުވެސް ހިޔާލު ތަފާތު ދެ ސިޔާސީ ފިކުރެއް ގޮތުގަ އެވެ. ނަމަވެސް, ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއެކުވެސް ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެ ކޯލިޝަނުން އަންނަނީ ކުރަމުންނެވެ.

އިންތިހާބު ކާމިޔާބުކުރުމަށް އެކީގައި މަސައްކަތްކުރަން ރައީސް ނަޝީދާއެކު އެއްބަސްވުމަކަށް އާދެވިދާނެކަމުގެ ފުރުސަތެއް އެބައޮތްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޑރ. މުއިއްޒު ވިދާޅުވީ ދިވެހީންގެ ރާއްޖެއަށް ދިއުމަށް އެ ޕާޓީން ފަށައިގެން އުޅޭ ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ޕާޓީތައަކަށް ވެސް އޮތް ކަމަށެވެ.

އަދި އެ ފުރުސަތު ރައީސް ނަޝީދު އާއި ދަ ޑިމޮކްރެޓްސް އަށްވެސް އޮތްކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ "ބޯލް އިސް އިން ދެއާ ކޯޓް" ކަމަށެެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދަ ޑިމޮކްރެޓްސް އާއެކު ކުރަމުންދާ މަޝްވަރާތަކުގައި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޑިމޮކްރެޓްސް އިން ޝަރުތުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު އެކަމަށް ޕީޕީއެމް/ޕީއެންސީން އެއްބަސްވެދާނެތޯ ސުވާލުކުުރުމުން މުއިއްޒު ސީދާ ޖަވާބެއް ނުދެއްވަ އެވެ. އަދި ވިދާޅުވީ މިވަގުތު ދައްކަނީ ނިޒާމުގެ ވާހަކަ އެއް ނޫން ކަމަށާއި މިއީ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކާ ވަގުތު ކަމަށެވެ.

އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތުތަކާއި ގަބޫލުކުރާ ހަމަތަކުގެ މަތިން މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ފަރާތަކަށް އޮތީ ފުރުސަތު ހުޅުވާލެވިފައި. ދެން މީކީ ނިޒާމުގެ ވާހަކައެއް ނޫން މިއަދު މީ ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކާ ދުވަސް," މުއިއްޒު ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ޝަރުތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮންމެ ބަޔަކުވެސް އެއްބަސްވުމެއް ގާއިމުކުރަން ވާހަކަދައްކަމުން ދާއިރު ދެ ފަރާތުންވެސް އެކިި ކަންތައް ހުށަހަޅާނެ ކަމަށެވެ. އަދި އެ ހުށަހެޅުންތަކާ މެދު ޖެހޭނީ އިތުރަށް ވާހަކަދައްކައި އެއްބަސްވުމަކަށް އަންނަން ކަމަށާއި ދަ ޑިމޮކްރެޓްސްއާއެކު އަދި އެއްބަސްވުމަކަށް ނާދެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox