ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް މަޝްވަރާކުރަން ޑިމޮކްރެެޓުން ކޮމިޓީއެއް ނަގައިފި

ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތު އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު ބަލަހައްޓަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމުގެ ރިޔާސަތު އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު ބަލަހައްޓަވަނީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ދަ ޑިމޮކްރެޓްސް ގެ ފަރާތުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މަސައްކަތް ކުރާނެ ގޮތެއް ނިންމުމަށް ޓަކައި ޕާޓީތަކާ މަޝްވަރާކުރާނެ ކޮމިޓީއެއް ނަގައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުުން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީއެއް އެކުލަވައިލީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ދެ ކެންޑިޑޭޓުންގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދުކުރަން ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމުމުގެ ކުރިން ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމަށެވެ. ޕާޓީތަކާ މަޝްވަރާކުރަން ޑިމޮކްރެޓުން ނެގީ އަށް މެމްބަރުންގެ ކޮމިޓީ އެކެވެ.

މަޝްވަރާކުރާ ކޮމިޓީގެ މެމްބަރުން

  1. ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް
  2. އިލްޔާސްގެ ރަނިންމޭޓްގެ ގޮތުގައި ނުކުންނެވި ހުސައިން އަމްރު
  3. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފު
  4. ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ
  5. ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް
  6. ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
  7. ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު
  8. މުހައްމަދު އަންސަރު

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފުރަތަމަ ހަ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ބަޝީރާއި އަންސަރުގެ ނަން ކޮމިޓީއަށް އިތުރުކުރީ އޭގެ ފަހުން ހުށަހެޅި ހުށަހެޅުމަކުންނެވެ. ކޮމިޓީ ފާސްކުރީ އިންޓެރިމް ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި 56 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ތާއީދާ އެކުގަ އެވެ.

ބައްދަލުވުން ނިންމަވައިލައްވަމުން ހަސަން ލަތީފު ވިދާޅުވީ މިއަދު ނެގި ކޮމިޓީން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ކައުންސިލާ ހިއްސާކުރައްވަމުން ގެންދަވާނެ ކަަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕާޓީތަކާ އެކު މަޝްވަރާކުރަން ޑިމޮކްރެޓުން ކޮމިޓީއެއް ނެގި ނަަމަވެސް މިއަދު ބޭއްވި ކައުންސިލް ބައްދަލުުވުމުގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox