ވަގުތީ ނަތީޖާ ދައްކާގޮތުން 21 ޕަސެންޓު މީހުން ވޯޓުލާން ނުނުކުމޭ، މާނައަކީ ކޮބާ؟

ކުރެހުން: ރައްޔާން މުހައްމަދު/އަދަދު

ކުރެހުން: ރައްޔާން މުހައްމަދު/އަދަދު

މިއަދު ބޭއްވި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނުކުތީ ޖުމުލަ 222،509 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 79 ޕަސެންޓު މީހުންނެވެ. މާނައަކީ 21 ޕަސެންޓު މީހުން މިއަދުގެ އިންތިހާބުގައި ވޯޓުނުލާކަމެވެ. ގޮތެއް ނުނިންމާ ކަމެވެ.

އިންތިހާބުގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ތެރެއިން އިނގިރޭސިވިލާތުގައި ބެހެއްޓި ފޮށި ފިޔަވާ ހުރިހާ ފޮއްޓެއްގެ ނަތީޖާ ލިބިފައިވާއިރު، ވޯޓުގައި ބަހެއް ނުބުނެ 59،000 އެއްހާ މީހުން އެބަ ތިބިކަމަށް ފެނެ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ބަޔަކު ރިޔާސީ އިންތިހާބެއްގައި ވޯޓުނުލާ ތިބި ފުރަތަމަ ފަހަރެވެ. މައި ދެ ފިކުރަށް ވާދަވެރިކޮށް, ހަމަހަމައަށް ބެހުނު މިއަދުގެ އިންތިހާބުގައި ކުރި ހޯދި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބުނީ 100،322 ވޯޓެވެ. ދެ ވަނަ އަށް ދިޔަ އެމްޑީޕީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ލިބުނީ 85،045 ވޯޓެވެ.

ވޯޓުނުދިން ބޮޑު އާބާދީގެ 20 ޕަސެންޓުގެ ވޯޓުން ވެސް މިއަދުގެ އިންތިހާބު ބަދަލުކުރެވުނީހެވެ. ނަމަވެސް, އެ ފަރާތްތަކުން ވޯޓުލާން ނުނިކުތުމަކީ ގައުމަށް ދޭ ބޮޑު މެސެޖެކެވެ. ސިޔާސީ ޕާޓީތަކުން ވިސްނަންޖެހޭ ކަމެކެވެ.

މީގެ ކުރިން ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 134,705 ވޯޓެވެ. ޕީޕީއެމަށް ލިބުނީ 96,052 ވޯޓެވެ. މިއަދުގެ އިންތިހާބުގައި ޕީޕީއެމުން އެއަށްވުރެ އިތުރަށް 4270 ވޯޓު ހޯދި އެވެ.

އަނެއްކޮޅުން އެމްޑީޕީއަށް އޭރު ލިބުނު ވޯޓަށްވުރެ މިއަދުގެ ވޯޓުގައި 49،660 ވޯޓު މަދެވެ. އެ ޕާޓީން ވަކިވެ އާ ޕާޓީއެއް އުފެއްދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސްއަށް ލިބުނީ 15،404 ވޯޓެވެ. އޭރު އެ ޕާޓީއާއެކު ދެން އޮތް ޖޭޕީގެ ގާސިމް އިބްރާހިމަށް މިއަދު ލިބުނީ 5,428 ވޯޓެވެ. އެކު ޖުމްލަ އެއީ 20،832 ވޯޓެވެ. އެމްޑީޕީއަށް މަދުވި 49،660 ވޯޓުން އެ ވޯޓުތައް ކެނޑި ނަމަވެސް 28،828 ވޯޓު މަދުވެ އެވެ.

ސިޔާސީ މީހުން ދެކެ ފޫހިވީ؟

މިފަހަރު ވޯޓުދޭ އާބާދީގެ ބޮޑު އިންސައްތައަކީ ޒުވާނުންނެވެ. ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން މި ރިޔާސީ އިންތިހާބާ ހަމައަށް ވެއަތު މިވީ 15 އަހަރު ދުވަހުގެ ތެރޭގައި ސިޔާސީ މީހުންނާއި ސިޔާސީ ވައުދުތައް ދެކެ ދިވެހިން ފޫހިވެއްޖެ އެވެ. ސިޔާސީ ކަންކަމުގައި ޝާމިލުވާ މީހުންގެ އަދަދުވެސް ބޮޑުތަނުން މަދުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުން ރަށްރަށަށް ކުރާ ދަތުރުތަކުގައި މަރުހަބާ ދަންނަވަން ނުކުންނަ މީހުންގެ އަދަދު ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް މަދެވެ. ރަށްރަށުގައި ސިޔާސީ ކަންކަމުގެ ފޯރިވެސް އެހާވަރަކަށް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އެކަން އޭރު ސިފަ ކުރެއްވީ ރާއްޖޭގައި އޮތް ސިޔާސީ ހަމަޖެހުމުގެ ނަތީޖާގެ ގޮތުގަ އެވެ. އެހެންނަމަވެސް ވޯޓުގެ ނަތީޖާއިން ފެންނަނީ އެ މަންޒަރެއް ނޫނެވެ.

ދެ ވަނަ ބުރަކަށް މި މަހު 30 ގައި އެމްޑީޕީ އަދި ޕީއެންސީއިން ނިކުންނައިރު, ދެ ޕާޓީން ވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ވޯޓުނުލާ ތިބި މީހުންގެ ވޯޓުތައް ހޯދުމަށް ކަމަށް ބެލެވެ އެވެ. ދެ ޕާޓީގެ ދޭތެރޭގައި އޮތް ފަރަގު ބަދަލުކޮށްލެވޭނެ އެންމެ ފަސޭހަ ގޮތެއްގެ ގޮތުގައި މިހާރު ފެންނަން އޮތީ ވޯޓު ނުލި އާބާދީ ނެރެ, އަނެއް ކެންޑިޑޭޓު ބަލި ކުރުމެވެ. ދެ ކެންޑިޑޭޓުންވެސް އަމާޒު ހިފާނީ އެކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox