"އުއްމީދު ކުރި ނަތީޖާ ނުލިބުމަކީ ދެރަ ކަމެއް، މާޔޫސްނުވެ ދެވަނަ ބުރަށް މަސައްކަތް ފަށްޓަވާ"

Sep 9, 2023, 4:20 PM
ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ކެމްޕެއިނުގެ ތެރެއިން: ވިދާޅުވީ ދެ ވަނަ ބުރަކަށް މަސައްކަތް ކުރުމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ކެމްޕެއިނުގެ ތެރެއިން: ވިދާޅުވީ ދެ ވަނަ ބުރަކަށް މަސައްކަތް ކުރުމަށް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އުއްމީދު ކުރި މިންވަރަށް ވޯޓު ނުލިބުމުން ދެރަ ކަމަށާއި ނަމަވެސް ހިތްވަރު އެލުވާނުލުމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުތައް ގުނާ ނިމެން ގާތްވެފައިވާއިރު، 87،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެން ކުރީގައި އުޅުއްވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ.

އެއާއެކު މިރޭ ފައްޔާޒް ވިދާޅުވީ ދެ ވަނަ ބުރެއް ކަށަވަރުވެފައިވާ ކަމަށާއި މިހާރު މަސައްކަތް ކުރަންވީ ސެޕްޓެމްބަރު 30، ގައި ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އުއްމީދު ކުރި ނަތީޖާ ނުލިބުމަކީ ދެރަ ކަމެއް. އެހެނަސް ﷲގެ އިރާދަފުޅާއެކު ދެ ވަނަ ބުރެއްގެ ފުރުސަތު އެބަ ލިބޭކަން މިހާރު ކަށަވަރު އެބަވޭ. ވީމާ އަނެއްކާވެސް އަތްކުރި އޮޅާލައި، އިހުނަށްވުރެ ވަރުގަދައަށް މަސައްކަތް ފަށަންވީ،" ފައްޔާޒް ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގެ ކުރިން ރައީސް ސޯލިހާއި އެމްޑީޕީގެ ކެމްޕެއިނުން މަސައްކަތް ކުރީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށެވެ. ރައީސް ސޯލިހު ވިދާޅުވެފައި ވަނީ އެމަނިކުފާނަށް 130،000 ވޯޓު ކަށަވަރުވާ ކަމަށެވެ.

"ފުރިހަމަ ޔަގީންކަން އެބަ އޮތް މި އިންތިހާބު އެއްބުރުން ނެގޭނެ ކަމަށް. 90 ޕަސެންޓު މީހުން ވޯޓުލާނެ ކަމަށް ބެލިޔަސް މިއަދު ވެސް މިތިބީ 130,000 ވޯޓު ކަށަވަރު ކޮށްގެން. މިއަކީ އެއްވެސް ވާދަވެރިޔަކަށް ކުރިއަށް އޮތް ތަނުގައި އަރާ ހަމަ ކުރެވޭނެ އަދަދެއް ނޫން," ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

މިއަދު އިންތިހާބު ކުރިއަށްދަނިކޮށް ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ވޯޓު ލިބުމުގެ ހައްގު ލިބޭ 282,395 މީހުންގެ ތެރެއިން ގާތްގަނޑަށް 90 ޕަސެންޓު މީހުން ވޯޓުލާން ނުކުންނާނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާފައި ވަނީ ގާތްގަނޑަކަށް 75 ޕަސެންޓު މީހުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox