ކެންޑިޑޭޓުން ވިދާޅުވީ ވެރިކަން ލިބިވަޑައިގަތަސް ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށް

ރިޔާސީ އިންތިހާބުގައި ވާދަކުރާ އަށް ކެންޑިޑޭޓުން; ހުރިހާ ކެންޑިޑޭޓުން ވެސް ވިދާޅުވީ ކުށެއް ނުކުރަނީ ކުރީގެ ރައީސަކު ޖަލަށް ނުލާނެ ކަމަށް -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ އިންތިހާބުގައި ވާދަކުރާ އަށް ކެންޑިޑޭޓުން; ހުރިހާ ކެންޑިޑޭޓުން ވެސް ވިދާޅުވީ ކުށެއް ނުކުރަނީ ކުރީގެ ރައީސަކު ޖަލަށް ނުލާނެ ކަމަށް -- ފޮޓޯ: އިޔާން/ އަދަދު

ވެރިކަން ލިބިވަޑައިގެންފި ނަމަ ބަދަލު ހިފުމުގެ ރޫހެއްގައި ކުރީގެ ރައީސަކާމެދު އަމަލެއް ނުކުރައްވާނެ ކަމަށް ހޮނިހިރު ދުވަހު ބައްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުން ވިދާޅުވެއްޖެ އެވެ.

މިރޭގެ ރިޔާސީ ބަހުސްގައި ހުރިހާ ކެންޑިޑޭޓުންނަށް އަމާޒުކުރި އެއް ސުވާލަކީ ވެރިކަން ލިވަޑައިގެންފި ނަމަ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މެދު އަމަލުކުރައްވާނެ ގޮތަކީ ކޮބާތޯ އެވެ.

މި ސުވާލަށް ފުރަތަމަ ޖަވާބު ދެއްވި އުމަރު ނަސީރު ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން ޖަލަށްލާންޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި, ނަމަވެސް ކުށެއް ކޮށްފި ނަމަ ޖަލަށް ލާން ޖެހޭނެ ކަމަށެވެ. އަދި ސިޔާސީ މީހަކަށް ވީތީ ކުށް ކުރުމުގައި އިސްތިސްނާއެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު ކުރިން އޮތް އަނދިރިކަން ސިފަކޮށް ދެއްވުމަށް ފަހު ރައީސް ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެކަން ބަދަލުވި ގޮތް ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އޭރުގެ ނާމާން ކަމާއި ބިރުވެރިކަމުގެ ތެރެއަށް ރައްޔިތުން އަލުން ދާން ބޭނުން ނުވާ ކަމަށެވެ.

އެ މޭރުމުން ރައީސް ވިދާޅުވީ އެ މަނިކުފާނުގެ މި ވެރިކަމުގައި އެއްވެސް މީހަކު ސިޔާސީ މައްސަލައެއްގައި ބަންދުކޮށްފައި ނޯންނާނެ ކަމަށާއި, ދެން ވެސް ކަން ކުރައްވާނީ އެހެން ކަމަށެވެ. އަދި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ ބަހުސްގައި ރައީސް ސޯލިހު; ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދެއްކެވި -- ފޮޓޯ: އިޔާން/ އަދަދު
ރިޔާސީ ބަހުސްގައި ރައީސް ސޯލިހު; ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދެއްކެވި -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ ބަހުސްގައި ރައީސް ސޯލިހު; ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދެއްކެވި -- ފޮޓޯ: އިޔާން/ އަދަދު

ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި އަދުލުވެރިކަން ފެނިގެންދާނެ ކަމަށެވެ. އަދި ގާނޫނުއަސާސީގައިވާ ގޮތަށް ކުށެއް ކޮށްފި ނަމަ ރައީސްކަން ކުރި މީހަކަށް ވިޔަސް, އާންމު ރައްޔިތަކަށް ވިޔަސް ތަފާތު ނުކޮށް އަދަބު ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ބަދަލު ހިފުމުގެ ރޫހު ނިމުމަކަށް އަންނާނެ. މިހާރު މިފެންނަ އަނިޔާވެރިކަން ނިމުމަކަށް އަންނާނެ. ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު މި ފެންނަހެން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސް, މިނިވަން އިންސާފުވެރި ޝަރީއަތެއް ހިންގާ, ކޮންމެ މީހަކު ކުށެއް ކުރި ނަމަވެސް ކުށަށް އަދަބު ދޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަދަބު ދޭނީ ވަކި މީހަކަށް ބަލާފައި ނޫން ކަމަށާއި, ކޮންމެ މީހަކަށް ވިޔަސް އަދަބު ދޭނީ ކުރި ކުށަކަށް ކަމަށެވެ.

ރިޔާސީ ބަހުސްގައި ރައީސް ސޯލިހު; ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދެއްކެވި -- ފޮޓޯ: އިޔާން/ އަދަދު
ރިޔާސީ ބަހުސްގައި ރައީސް ސޯލިހު; ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދެއްކެވި -- ފޮޓޯ: އިޔާން/ އަދަދު

ރިޔާސީ ބަހުސްގައި މުއިއްޒު; ސިޔާސީ މަސްރަހާ ބެހޭގޮތުން ވާހަކަދެއްކެވި -- ފޮޓޯ: އިޔާން/ އަދަދު

ކުށް ކުރާ މީހުންނަށް އަދަބު ލިބެންޖެހޭކަން ފާހަގަކުރައްވާ ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވީ, ރައީސް ސޯލިހު ވެސް ކުށެއް ކުރައްވާފައި އޮތްނަމަ, އަދި އެކަން މީހަކު ހުށަހަޅައިފި ނަމަ މައްސަލަ ބަލައި ކުށަށް ދޭން ޖެހޭ އަބަދު ދެއްވާނެ ކަމަށެވެ.

އަމިއްލަ ގޮތުން ކުރިމަތިލައްވާ ފާރިސް ވިދާޅުވީ ރައީސްކަން ކުރައްވާ ބޭފުޅުންނާމެދު އަމަލު ކުރަން ޖެހޭނީ އާންމު ރައްޔިތުންނާ ތަފާތުކޮށް ކަމަށެވެ. އެހެން ނަމަވެސް އެ ބޭފުޅުންނަސް ވެސް ގާނޫނުން މައްޗަށް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ. ފާރިސް ވިދާޅުވީ ވެރިކަން ކޮށްފައިވާ ބޭފުޅުންގެ ކުށްތައް ސާބިތުވާން ޖެހޭނީ އާންމު ރައްޔިތުންނަށް ވުރެ މަތީ މިންގަނޑަކުން ކަމަށެވެ.

ވެރިކަން ލިބުނަސް ވަކި ރައީސް ސޯލިހުގެ މައްސަލަ ބަލަން ނުފޮނުއްވާނެ ކަމަށް ފާރިސް ވިދާޅުވިއިރު, ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް އަދި އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވެސް ވިދާޅުވީ ކުރީގެ ރައީސެއް ފަހަތުން ދުވުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި, އެކަމަށް ޝައުގުވެރިކަން ވެސް ނެތް ކަމަށެވެ.

ރައީސް ޔާމީނުގެ ސުވާލު ހިތާ ގާތުން

ސިޔާސީ ހަލަބޮލިކަމުގެ މައުލޫގައި ކެންޑިޑޭޓުންނާ ކުރިމަތި ކުރި އަނެއް ސުވާލަކީ, ރައީސް ސޯލިހުގެ ވެރިކަމުގައި, ކުރީގެ ރައީސް ޔާމީނު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދިއުމާ ގުޅޭ ގޮތުންނެވެ.

ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ ޔާމީނުގެ މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫން ކަމަށެވެ. އަދި އެއީ ކޮރަޕްޝަނުގެ މައްސަލައެއްގައި އައި ހުކުމެއް ކަމަށާއި, އެކަން ނިންމީ ކޯޓުން ކަމަށެވެ.

"އެމަނިކުފާނުގެ މައްޗަށް އައި ހުކުމަކީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން އައި ހުކުމެއް ނޫން. ކޮރަޕްޝަނުގެ މައްސަލައެއް. ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުން. އެއީ ކޯޓުން ނިންމި ނިންމުމެއް." ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި މުއިއްޒު; ރިޔާސީ ބަހުސްގައި ދެ ބޭފުޅުން ވަނީ ސިޔާސީ މަޟްރަހުގެ މައުޟޫއަށް ވާހަކަދައްކަވާފައި -- ފޮޓޯ: އިޔާން/ އަދަދު
ރައީސް ސޯލިހާއި މުއިއްޒު; ރިޔާސީ ބަހުސްގައި ދެ ބޭފުޅުން ވަނީ ސިޔާސީ މަޟްރަހުގެ މައުޟޫއަށް ވާހަކަދައްކަވާފައި -- ފޮޓޯ: އިޔާން/ އަދަދު

ރައީސް ސޯލިހާއި މުއިއްޒު; ރިޔާސީ ބަހުސްގައި ދެ ބޭފުޅުން ވަނީ ސިޔާސީ މަޟްރަހުގެ މައުޟޫއަށް ވާހަކަދައްކަވާފައި -- ފޮޓޯ: އިޔާން/ އަދަދު

މިރޭގެ ބަހުސްގައި މޮޑެރޭޓަރު ވަނީ ޔާމީންގެ ސަރުކާރުގައި ސިޔާސީ ވެރިން ޖަލުގައި ތިބި ތިބުމަށް އިޝާރާތްކޮށް މުއިއްޒުއާ ސުވާލު ކުރައްވާފަ އެވެ. އޭރު ސިޔާސީ ލީޑަރުން ޖަލަށްލީ ގާނޫނުގެ ތެރެއިންތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ, ޔާމީނުގެ ސަރުކާރުގައި ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ހައްޔަރުކޮށް, ބަންދުކޮށް, އަދަބު ދެވިފައި ނުވާނެ ކަމަށެވެ.

"އެއްވެސް ބޭފުޅަކު, ރައީސް ޔާމީނުގެ ސަރުކާރުގައި ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ހައްޔަރުކޮށް, ބަންދުކޮށް, އަދަބު ދެވިފައެއް ނުވާނެ. ގާނޫނީ އުސޫލުތަކުގެ ތެރެއިން ޝަރުއީ ދާއިރާއިން ނޫން ގޮތަކަށް އެއްވެސް ކަމެއް ކުރެވިފައިވާ ތަނެއް ނޯންނާނެ ފެންނާކަށް." މުއިއްޒު ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ޔާމީނުގެ ވެރިކަމުގައި ގާނޫނުއަސާސީއާ ހިލާފަށް އޭނާއަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނިކޮށް އޭރު ކޯޓުން ހުކުމް ކުރީ, އޭރުގެ ސަރުކާރުގެ ބާރާއި ނުފޫޒުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox