ސިޓީ ކައުންސިލުން ހުޅުމާލެއާ ހަވާލުވިޔަސް ވަޒީފާގެ ޔަގީންކަން އޮންނާނެ: މުއިއްޒު

ެއިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު: މުއިއްޒު ވިދާޅުވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލޭގެ މިލްކުވެރިކަން އޮންނަނީ މާލެ ސިޓީ ކައުންސިލަށް ކަމަށް -- ފޮޓޯ/ޕީޕީއެމް

ެއިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު: މުއިއްޒު ވިދާޅުވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހުޅުމާލޭގެ މިލްކުވެރިކަން އޮންނަނީ މާލެ ސިޓީ ކައުންސިލަށް ކަމަށް -- ފޮޓޯ/ޕީޕީއެމް

އާބަންކޯ އަތުން ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އަތުލައި މާލެ ސިޓީ ކައުންސިލުގެ ދަށަށް ބަދަލު ކުރިއަސް އެތަނުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ވަޒީފާ ގެއްލި، މުސާރަ ކުޑަވުން ކަހަލަ ކަމެއް ނުހިނގާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ހުށަހެޅުއްވި މެނިފެސްޓޯގައި މުއިއްޒު ވަނީ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް ބެލެހެއްޓުން މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން ހިމަނާފަ އެވެ. އެގޮތުން އިދިކޮޅުގެ މެނިފެސްޓޯގައި ހުށަހަޅާފައި ވަނީ، މިކަން ކުރަން ބޭނުންވާ ބަޖެޓާއި ވަސީލަތްތައް އާބަންކޯއިން ހޯދައިގެން ސިޓީ ކައުންސިލުން އެ މަސައްކަތްތައް ކުރާ ގޮތަށެވެ.

ނަމަވެސް، ސަރުކާރާއި އާބަންކޯގެ ވެރިން އޭނާ ދެއްކެވި ވާހަކަ އޮޅުވާލައިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ގެންދާ ކަމަށް، ށ. ކަނޑިތީމުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ތުހުމަތުކުރެއްވި އެވެ.

"[އާބަންކޯއަކީ] ގާތްގަނޑަކަށް ހާހެއްހާ މުވައްޒަފުން އުޅޭ ތަނެއް އެއީ. އެ މުވައްޒަފުންނަށް ބިރު ދައްކަނީ ސަރުކާރުން. ތިބޭފުޅުން، މުނިސިޕަލް ޑިޕާޓްމަންޓުގައި އުޅޭ 500 އެއްހާ މުވައްޒަފުން ކައުންސިލަށް ބަދަލުކުރަންށޭ އެ އުޅޭނީ. ބަދަލުކުރީމައި މިހާރު ތި ލިބޭ ބޮޑު މުސާރައެއް ނުލިބޭނެޔޭ. ވަޒީފާ ގެއްލޭނެޔޭ. މަގުމަތި ވާނެޔޭ." އޭނާ ވިދާޅުވި އެވެ.

މިހެން ބަޔަކު 'ދޮގު' ވާހަކަ ފެތުރި ނަމަވެސް އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނެތް ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ. އަދި 'ރިސޯސަސް' އޭނާ ބޭނުންކުރެއްވީ މުނިސިޕަލް ހިދުމަތްތައް ދިނުމަށް ބޭނުންވާ މެޝީނަރީ އާއި އާލާތްތަކަށް ކަމަށާއި، ވަޒީފާ އަދާކުރާ ތަން އިހުތިޔާރު ކުރުމުގެ ހައްގު ކޮންމެ މުވައްޒަފަކަށް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބަޖެޓު ބަދަލުވީމައި އެ ބަދަލުވާން ބޭނުންވާ މުވައްޒަފުން ބަދަލުކޮށްފަ، ދެން އިތުރަށް ބޭނުންވާ މުވައްޒަފުން އެ ބަޖެޓު ތެރެއިން އަޅުގަނޑުމެން އިއުލާންކޮށްގެން ނަގާނަމޭ. އެއްވެސް މީހެއްގެ ވަޒީފާއެއް ނުގެއްލޭނެ. އަދި މުސާރައެއް ވެސް ކުޑައެއް ނުވާނެ," މުއިއްޒު ވިދާޅުވި އެވެ.

މުނިސިޕަލް ހިދުމަތްތައް ބަދަލުކުރުމުގެ އިތުރުން، ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި މާލެ ސިޓީ ކައުންސިލްގެ ބަހާނުލާ ހުޅުމާލެއިން ބިން ވިއްކުން ނުވަތަ ކުއްޔަށްދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގޭނެ ކަމަށް ވެސް އިދިކޮޅުގެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.

މާލެ ސިޓީގެ މޭޔަރު ކަމާ ހަވާލުވެޑައިގަތުމަށް ފަހު ވެސް މުއިއްޒު ވަނީ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް މަސައްކަތް ކުރައްވާފަ އެވެ. އޭރު އުފެދުނު މައްސަލަގަނޑުގެ ތެރެއިން މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ވެސް ބާތިލުކުރި އެވެ.

އެ ނިންމުން ބާތިލުކުރީ އާބަންކޯއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ސިޓީ ކައުންސިލުން ހައިކޯޓުގައި މި ނިންމުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox