ކުޑަޕާޓީއެކޭ ކިޔަނީ ޕީއެެންސީ ނޭނގޭތީ:އަދުރޭ

ޮޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޮޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް މާލޭގެ މޭޔަރް ޑރ. މުހައްމަދު މުއިއްޒު ނުކުމެވަޑައިގެންނެވީ ކުޑަކުޑަ ޕާޓީއަކުން ކަމަށް ބުނެ، އޭނާއަށް އަމާޒުކުރާ ފާޑުކިއުންތަކަށް ޕީއެެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ރައްދު ދެއްވައިފި އެވެ.

މުއިއްޒަކީ ކުޑަ ޕާޓީއަކުން ނުކުމެވަޑައިގެން ހުންނެވި ކެންޑިޑޭޓެއް ކަމަށް އެެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ކެމްޕެއިން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ތަކުރާރުކޮށް ސިފަކުރެއްވި އެވެ.

އައްޑޫގައި މިހާރު ކުރިއަށް ގެންދާ ކެމްޕެއިނުގައި ޕީއެެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ރައްދު ދެއްވީ އެވާހަކަތަކަށެވެ.

Advertisement

"އަޅުގަނޑުމެންގެ ވާދަވެރިން އެބަ ބުނޭ ކުޑަކުޑަ ޕާޓީއަކުން ނުކުމެ ހުރި ބޭފުޅެކޭ، ޕީއެންސީން ނުކުމެ ހުރި ކެންޑިޑޭޓެކޭ. އެހެން އެ ވިދާޅުވާ ބޭފުުޅުންނަށް ޕީއެންސީ އަކީ ކޯއްޗެއް ކަން ނޭނގޭތީ އޭ އަޅުގަނޑު ދަންނަވާނީ އެހެން އެ ވިދާޅުވަނީ. ޕީޕީއެމް އަކީ ޕީއެންސީ، ޕީއެންސީ އަކީ ޕީޕީއެމް. މި ދެޕާޓީއަކީ ރައީސް ޔާމީން،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސްއަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މިލްކުވެރިކަން ހޯއްދަވަން އެޕާޓީގެ ކުރީގެ ޒައީމް، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ކޯޓަށް ވަޑައިގެންނެވުމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެންގެވުމަކަށް ހެދި ޕާޓީ އެކެވެ. ޕީއެންސީ ރަޖިސްޓްރީކުރަން 3،000 މެމްބަރުން ހަމަކުރީ ޕީޕީއެމްގެ ބައެއް މެމްބަރުން އެޕާޓީއަށް ބަދަލުވެގެންނެވެ. ޕީޕީއެމްގެ ލީޑަޝިޕް ބައެއް ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ނެރެން މަސައްކަތްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމުން އެމަނިކުފާނުގެ ޝަރުތުހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި އެވެ. އެ ނިންމުން ބާތިލުކޮށްދޭން އެދިވަޑައިގެން ޔާމީނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކޯޓުން މައްސަލަ ނިންމީ އީސީއާ އެއްކޮޅަށެވެ.

ޔާމީނުގެ ބަދަލުގައި ޕީއެންސީން ކެންޑިޑޭޓަކު ނެރެެން ޕީޕީއެެމް/ޕީއެންސީ ކޯލިޝަނުން ނިންމީ އެހިސާބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox