އިމްރާން ސިފަކުރި ބޮޑު މަންޒަރު: ޕީއެންސީގެ ވެރިކަމެއްގައި މުއިއްޒު ނޫނީ ޔާމީން އޮންނާނީ ޖަލުގައި

ބ. ތުޅާދޫ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްޑީޕީ

ބ. ތުޅާދޫ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ - ފޮޓޯ: އެމްޑީޕީ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ، މުއިއްޒާއި ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީންގެ ތެރެއިން ކޮންމެ ވެސް އެއް ބޭފުޅަކު ޖަލުގައި އޮންނަވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕޭނުގައި މިރޭ ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި، މުއިއްޒުގެ ވައުދުތައް އިމްރާން ސިފަކުރެއްވީ ރައްޔިތުންގެ ބޭނުންތަކަށް އިސްކަން ދިނުމަށް ވުރެ ވަކި މީހަކަށް އިސްކަންދޭ ވައުދުތަކެއްގެ ގޮތުގަ އެވެ.

އޭނާ އިޝާރާތް އެ ކުރެއްވީ އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދަށެވެ.

"އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓު [މުއިއްޒު] މި ވިދާޅުވަނީ ވަކި ބޭފުޅަކު ޖަލުން ނެރުމަށޭ މި މަސައްކަތް ކުރަނީ، އެ ބޭފުޅާގެ ސިޔާސަތޭ ތަންފީޒުކުރައްވަނީ، ރައްޔިތުންގެ ވާހަކައެއް ނުދައްކަވާ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ދެން ވިދާޅުވީ، މުއިއްޒާއި ޔާމީންގެ މާޒީއަށް ބެއްލުވުމުން އެ ވެރިކަން އޮންނާނެ ގޮތް ސިފަކޮށްލެވޭ ކަމަށެވެ. އޭނާ ލަފާ ކުރައްވާ ގޮތުގައި މުއިއްޒު ވެރިކަމަށް ވަޑައިގެންފި ހާލަތެއްގައި މުއިއްޒު ނޫނީ ޔާމީން އޮންނަވާނީ ޖަލުގަ އެވެ.

"ދެ ބޭފުޅުންގެ މާޒީއާއި ޓްރެކް ރެކޯޑަށް ބަލާއިރު، މުއިއްޒު ވެރިކަމަށް ވަޑައިގެންފިއްޔާ ޔާމީން ނޫނީ މުއިއްޒުގެ ތެރެއިން ކޮންމެ ވެސް އެއް ބޭފުޅަކު އޮންނަވާނީ ޖަލުގައި،" ޔާމީނުގެ ވެރިކަމުގައި ޖަލު ބަންދުގެ ތަޖުރިބާ ކުރައްވަން ޖެހިވަޑައިގަތް އިމްރާން ވިދާޅުވި އެވެ.

ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލި އެވެ. އޭގެ ތެރޭގައި އިމްރާން ވެސް ހިމެނެ އެވެ. އޭގެ އިތުރަށް، އެމްޑީޕީގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، މައުމޫންގެ ދޮށީ ދަރިކަލުން އަދި މި ފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވެސް ޖަލަށް ލި އެވެ.

އިމްރާން ވިދާޅުވީ މިދިޔަ ފަސް އަހަރު ހޯދުނު ހަމަޖެހުން ކުރިއަށް އޮތް ފަސް އަހަރު ވެސް މުހިންމު ކަމަށެވެ. އެއީ ދިވެހިން ވިސްނަވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންކަމުން އަލުން އަނބުރާ ކުރިން އޮތް ހާލަތަށް ދާން ބޭނުން ނުވާތީ މުއިއްޒު ވެރިކަމަށް ނާދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މުޅި ރާއްޖެ ތަރައްގީ ކުރުމުގެ މެނިފެސްޓޯއެއް އޮތީ އަޅުގަނޑުމެންގެ ކެންޑިޑޭޓުގެ އަތުގައި. އެހެން އެއްވެސް ކެންޑިޑޭޓެއްގެ އަތުގައި ނެތް ފުރިހަމަ މެނިފެސްޓޯއެއް، ރައީސްއާ ގާތަށް އާދެވޭ ވަރުގެ އެހެން އެއްވެސް ކެންޑިޑޭޓެއް ނެތް،" އަށް ކެންޑިޑޭޓުންގެ ވާދަވެރި އިންތިހާބު ރައީސް ކާމިޔާބުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox