ހުލާސާކޮށް އިއްޔެ: ކެމްޕޭނު ފައިސާ އާއި ހަރަދު ކެންޑިޑޭޓުން ހާމަ ނުކުރި

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އަށް ކެންޑިޑޭޓުން

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އަށް ކެންޑިޑޭޓުން

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، ކެމްޕެއިނަށް ފައިސާ ހޯއްދަވާ ގޮތާއި ހަަރަދުކުރައްވާ ގޮތުގެ ތަފްސީލު ހޯދަން، އެ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންނަށް ހުށަހެޅުމުން އެ ތަފްސީލު ނުދެއްވައި އެންމެ ބޭފުޅުން ވެސް މައުލޫމާތު ހިފެއްޓި ކަމަށް އިއްޔެ ރިޕޯޓު ކުރި އެވެ.

ކެމްޕޭނަށް ފައިސާ ހޯއްދަވާ ގޮތާއި ހަރަދުކުރައްވާ ގޮތުގެ ތަފްސީލު ދެއްވުން އެދި "އަދަދު" އިން އަށް ކެންޑިޑޭޓުންނަށް ވެސް ފޮނުވީ ސިޓީ އެކެވެ. އެ ތަފުސީލު ހޯދަން ބޭނުންވާ ހަ ސުވާލެއް އެ ސިޓީގައި ހިމަނާފައި ވާނެ އެވެ.

ކެމްޕެއިނަށް ހަރަދުކުރައްވާ ގޮތާ ގުޅޭ ސުވާލުތައް

  • ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް (އޮގަސްޓު 15 ވަނަ ދުވަހުގެ ނިޔަލަށް) ލިބިފައިވާ ފައިސާގެ އަކީ ކިހާވަރެއްތޯ؟
  • ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފައިސާ ނުހިމެނޭ ގޮތަށް ލިބިފައިވާ އެހެނިހެން އެހީތަކަކީ ކޮބައިތޯ ؟
  • ކެމްޕޭނަށް ފައިސާ އާއި އެހެނިހެން ގޮތް ގޮތުން އެހީ ދީފައިވަނީ ކޮން ފަރާތްތަކަކުންތޯ ؟ (އެ ފަރާތްތަކުން ދީފައިވާ އެހީ އެނގޭ ގޮތަށް)
  • އަމިއްލަ ބަޖެޓުން ކެމްޕޭނަށް މިހާތަނަށް ހޭދަކުރީ ކިހާވަރެއްތޯ ؟
  • މި އޮގަސްޓު 15ގެ ނިޔަލަށް ކެމްޕޭނުގެ އެކިއެކި ކަންކަމަށް ހަރަދު ކުރެވިފައިވަނީ ކިހާ ވަރެއްތޯ؟
  • ކެމްޕޭނު ހަރަދުގެ މައިގަނޑު ދާއިރާތަކާއި ހަރަދު.
  • އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އަނެއް ހަ ކެންޑިޑޭޓުންނަށް ވެސް މި ސުވާލުތައް ފޮނުވުމުން އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވަ އެވެ.

Advertisement

ޕާޓީތަކުން ބުނަމުން ދަނީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައިވާ ގޮތުގެ މަތިން، މި އިންތިހާބު ނިމުމުން އެ ހަަރަދުތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަ،

މާލެ ސަރަހައްދަށް އެކަނި 65,000 ގެދޮރު, އެއީ ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި ހިމަނައިގެން ގާއިމުކޮށްދިނުން އަޅުގަނޑުމެންގެ ޕްލޭނަކީ. އެއީ ގުޅީފަޅާއި, ގިރާވަރު ފަޅާއި, ފުށިދިއްގަރު ފަޅާއި, މާލެ ރީޑެވެލޮޕް ކުރީމާ ހުސްވާ ބިންތަކާއި, މި ހުޅުމާލޭ އާއި ވިލިމާލެ މި ހުރިހާ ތަނަކުން ލިބޭ ބިންތައް އެއްކޮށްލައިގެން 65,000 ގެދޮރު ގާއިމުކޮށްދޭނަން,"

ދުވަހުގެ ފޮޓޯ

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ޑރ. މުއިއްޒުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތު ހާމަކުރަން ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ޑރ. މުއިއްޒުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތު ހާމަކުރަން ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ޑރ. މުއިއްޒުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތު ހާމަކުރަން ހުޅުމާލޭގައި ރޭ ބޭއްވި ޖަލްސާ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox