ކެމްޕެއިނަށް ކުރައްވާ ހަރަދުގެ ތަފްސީލު އެެއްވެސް ކެންޑިޑޭޓަކު ނުދެއްވި!

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން، ކެމްޕެއިނަށް ފައިސާ ހޯއްދަވާ ގޮތާއި ހަަރަދުކުރައްވާ ގޮތުގެ ތަފްސީލު ހޯދަން، އެ އިންތިހާބުގައި ވާދަކުރައްވާ އަށް ކެންޑިޑޭޓުންނަށް ހުށަހެޅުމުން އެ ތަފްސީލު ނުދެއްވައި އެންމެ ބޭފުޅުން ވެސް މައުލޫމާތު ހިފަހައްޓަވައިފި އެވެ.

ކެމްޕެއިނަށް ފައިސާ ހޯއްދަވާ ގޮތާއި ހަރަދުކުރައްވާ ގޮތުގެ ތަފްސީލު ދެއްވުން އެދި "އަދަދު" އިން އަށް ކެންޑިޑޭޓުންނަށް ވެސް ފޮނުވީ ސިޓީ އެކެވެ. އެ ތަފްސީލު ހޯދަން ބޭނުންވާ ހަ ސުވާލެއް އެ ސިޓީގައި ހިމަނާފައި ވާނެ އެވެ.

ކެމްޕެއިނަށް ހަރަދުކުރައްވާ ގޮތާ ގުޅޭ ސުވާލުތައް

  1. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް (އޮގަސްޓު 15 ވަނަ ދުވަހުގެ ނިޔަލަށް) ލިބިފައިވާ ފައިސާގެ އަކީ ކިހާވަރެއްތޯ؟
  2. ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފައިސާ ނުހިމެނޭ ގޮތަށް ލިބިފައިވާ އެހެނިހެން އެހީތަކަކީ ކޮބައިތޯ ؟
  3. ކެމްޕޭނަށް ފައިސާ އާއި އެހެނިހެން ގޮތް ގޮތުން އެހީ ދީފައިވަނީ ކޮން ފަރާތްތަކަކުންތޯ ؟ (އެ ފަރާތްތަކުން ދީފައިވާ އެހީ އެނގޭ ގޮތަށް)
  4. އަމިއްލަ ބަޖެޓުން ކެމްޕޭނަށް މިހާތަނަށް ހޭދަކުރީ ކިހާވަރެއްތޯ ؟
  5. މި އޮގަސްޓު 15ގެ ނިޔަލަށް ކެމްޕޭނުގެ އެކިއެކި ކަންކަމަށް ހަރަދު ކުރެވިފައިވަނީ ކިހާ ވަރެއްތޯ؟
  6. ކެމްޕޭނު ހަރަދުގެ މައިގަނޑު ދާއިރާތަކާއި ހަރަދު.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އަނެއް ހަ ކެންޑިޑޭޓުންނަށް ވެސް މި ސުވާލުތައް ފޮނުވުމުން އެއްވެސް ބޭފުޅަކު ޖަވާބެއް ނުދެއްވަ އެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު އަދި ޑިފެންސް މިިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެމްޕެއިން ހަރަދުތަކާ ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގައިވާ ގޮތުގެ މަތިން، މި އިންތިހާބު ނިމުމުން އެ ހަަރަދުތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ދޭނެ ކަމަށެވެ.

ތަފްސީލު ނުދެއްވި ނަމަވެސް މާރިޔާ ވިދާޅުވީ ރައީސް ސޯލިހުކުރައްވަނީ ސާފު ކެމްޕެއިނެއް ކަމަށެވެ.

"އަދި އަޅުގަނޑުމެންގެ ސަރުކާރުން ސިޔާސީ ހުރިހާ ބޭފުޅުންގެ އެކައުންޓްތައް އަހަރު ނިމޭ އިރު ހުށަހަޅާފައިވާނެ އަދި ރައީސް ވެސް ހަމަ ހުށަހަޅުއްވަމުން އެ ގެންދަވަނީ އޮޑިޓާ ޖެނެރަލް އަށް ވެސް އެހެންވީމާ ރައީސް ޔާމީނުގެ ވީހެން ކެމްޕޭނަށް ދިން ފައިސާއޭ ކިޔާފައި މިލިޔަނުން ޑޮލަރު އޮވެފައި، ކެމްޕޭނަށް ހަރަދު ނުކޮށްފައި އެ ނުޖެހޭނޭ ޕާޓީއަށް ދޭކަށް ކިޔާފައި އެކަހަލަ ވާހަކަތަކެއް ނުދާނެ. ހަމަ ވަރަށް ސާފު ކެމްޕެއިނެއް ރައީސް ސޯލިހު ކުރައްވަމުން އެ ގެންދަވަނީ،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގަައިވާ ގޮތަށް، ކެމްޕޭން ނިމުމުން ހަރަދުތައް "ޑެކްލެއާ ކުރަން ޖެހޭނެ" ކަމަށެވެ. އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކުރި ހަރަދު ވެސް އެގޮތަށް ހާމަކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަކި ބޭންކު އެކައުންޓެއް ހުޅުވައި ހިނގި ހަރަދުބަރަދުގެ މާލީ ބަޔާނެއް ކޮންމެ ކެންޑިޑޭޓަކު ވެސް ހުށަހަޅަންޖެހެ އެވެ. ނަމަވެސް ފައިސާގެ ދެފުށް ފެނި ބެލޭނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނޯވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox